ގދ އަތޮޅުމަދަރަސާގެ ދަރިވަރުންގެ ހިނގާލުމެއް ގައްދޫގެ މަގުތަކުގައި ބާއްވައިފި
މިހިގާލުމަކީ މަސްތުވާތަކެއްޗާއި ދެކޮޅުހެދުމުގެ ގޮތުން ބޭއްވި ހިގާލުމެއް.
ގދ. އަތޮޅު މަދަރަސާ އިން އިންތިޒާމް ކުރައްވައިގެން މަސްތުވާތަކެއްޗާއި ދެކޮޅަށް ވަރަށްބޮޑު ހިނގާލުމެއް މިއަދު ބާއްވައިފިއެވެ. ގާތްގަޑަކަށް ދެގަޑި ތިރީސް އިންފެށިގެން ހަވީރު 5 އަކާއި ހަމައަށް ކުރިޔަށް ދިޔަ މިހިނގާލުން އިންތިޒާމު ކުރުމުގައި ފާތުމަތު ސައީދު އާއި އިމްރާން ޖަވްފަރުގެ އިތުރުން ސްކޫލުގެ ސިނިއާރ ސްޓާފުންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބިފައިވެއެވެ.
މިހިނގާލުމުގައި މިމަދަރަސާގައި މަސައްކަތް ކުރާ ހުރިހާ ބޭރު ޓީޗަރުން ބައިވެރިވިއިރު، ބައެއްލޯކަލް ޓީޗަރުން މިހިގާލުމުގައި ބައިވެރިނުވާކަން ސްކޫލުން ވަރަށް ހިތާމަޔާއިއެކު ފާހަގަކުރެއްވިއެވެ. "މިއީ، މިކަންވާންވީގޮތެއްނޫން. ސްކޫލުން ހިންގާ މިފަދަ ޕްރޮގްރާމް ތަކުގައި ގައްދޫގެ ހުރިހާ ޓީޗަރުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭރު ޓީޗަރުންނަށްވުރެ ބޮޑަށް ލިބެންވާނެ. ނަމަވެސް ހިތާމައަކީ މިގޮތަށް ހިންގޭ އެކްސްޓަރާ އެކްޓިވިޓީސްތަކުގައި ލޯކަލް ޓީޗަރުންގެ އެއްބާރުލުންކުޑަކަން. ރަށުގެ ޓީޗަރުން މި ސްކޫލް ކުރިއަރުވަން މަސައްކަތް ނުކުރާނަމަ، ބޭރު ޓީޗަރުންގެ ބައިވެރިވުންވެސް ދާނީ ކުޑަވަމުން. ބޭރު ޓީޗަރުން ގޮވައިގެން މަސައްކަތް ކުރަންތިބީ އަޅުގަނޑުމެން. އަޅުގަނޑުމެންގެ ބައިވެރިވުން އިތުރުވި މިންވަރަކުން ބޭރު ޓީޗަރުންގެ ބައިވެރިވުންވެސް އިތުރުވާނީ." ނަން ހާމަކުރަންނޭދޭ ސްކޫލްގެ ޓީޗަރަކު ގައްދޫ އޮންލައިނަށް ކިޔާދެއްވިއެވެ.
މިހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކުކަމުގައިވާ އިމްރާން ޖަވްފަރު ވިދާޅުވީ ޑްރަގާއި ދެކޮޅަށް މިހިނގި ހިނގާލުމުގައި ގާތްގަޑަކަށް ހަވީރު ސެޝަނުގެ ހުރިހާ ދަރިވަރުންނާއި، ހެނދުނު ސެޝަނުގެ ބައެއް ދަރިވަރުން އަދި ވަރަށްގިނަ ބެލެނިވެރިން ބައިވެރިވިއެވެ. މި ހިގާލުމުގައި ޓީޗަރުންނާއި، ބެލެނިވެރިންގެ އިތުރުން 300 އެއްހާ ދަރިވަރުން ބައިވެރިވި ކަމަށް ލަފާކުރެވެއެވެ.
"ސްކޫލްގައި ސިނގެރެޓް ބުއިމާއި، މަސްތުވާތަކެތީގެ ވައިރަސް ފޯރާފައިވާ ކުދިންކޮޅެއްވެސް އޮވޭ. އެހެންވެ ކަންނޭނގޭ އެކުދިންނާއި، އެކުދިންގެ ބެލެނިވެރިން މިހިނގާލުމުގައި ބައިވެރިނުވީ. އަޅުގަނޑުމެން ހިނގަމުން ދިޔައިރު ގޯޅިގޯޅި ކަންމަތީގައި ތިބެގެން ޔެސް ޑްރަގު ޔެސް ޑްރަގު މިހެން ގޮވި ސްކޫލް ކުދިންނާއިވެސް ދިމާވި. މިއީ އަޅުގަނޑުމެންގެ ސްކޫލްގެ ބައެއް ކުދިންގެ ހާލަތު މިހާރު އޮތްހިސާބު. މިއީ މަސްތުވާތަކެއްޗާއި، ދުންފަތާއި ދެކޮޅަށް ސަރުކާރުން ހިންގާ ޕްރޮގުރާމުގައި ބައިވެރިވުމުގެ ގޮތުން އަޅުގަނޑުމެން ސްކޫލުން އިންތިޒާމްކުރި ހިނގާލުމަކަށްވިޔަސް މިއީ ހަމައެކަނި ސްކޫލުގެ ކަމެއްނޫން. މިއީ މުޅިރަށުގެ އެންމެންގެވެސްކަމެއް. ވީމާ އެންމެންގެ އެއްބާރުލުން ނުލިބޭންވީ ސަބަބެއް ނޭނގޭ. ތުއްތު ތުއްތު ކުދިން މިހިނގާލުމުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ތަފާތު އިބާރާތްތައް ލިޔެފައިވާ ބޯޑުތަކާއި ބެނާ ތައް ހިފައިގެން މުޅިރަށުގައި އެކުދިންގެ ޝުއޫރު އެފާޅުކުރީ އެކުދިންގެ ރަށާއި މާހައުލު އަދި ގައްދޫގެ މުޖުތަމައު ޑްރަގުގެ ވަބާއިން ސަލާމަތްވެ އޮތުމަށް އެދި. އަޅުގަނޑުމެންގެ ސްކޫލްކުދިންގެ އާދޭހަކީ ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށްފަހު މުޅިރާއްޖެއިން މި ނުރައްކާތެރި ވަބާގެ އަސަރު ފުހެލަދެއްވުން." ގްރޭޑް 5 ގެ ދަރިވަރަކު އޭނާގެ ޝުއޫރު ފާޅުކުރިއެވެ. މިޝުއޫރަށް ތާއިދުނުކުރާ ދަރިވަރަކު މިހިނގާލުގައި ބައިވެރިއެއްނުވެއެވެ.
ރޭޓިންގ އެއް ދިނުމަށް



ކޮމެންޓްސް ފުނުއްވާ