ނިއުސް ލެޓަރ
އީމެއިލް:
ގދ އަތޮޅުމަދުރަސާގެ ތިމާވެށި ޖަމްއިއްޔާ ސޮސައިޓީ ފޯރ އެންވަރމެންޓަލް އެޑިއުކޭޝަންގެ ހިންގާކޮމެޓީ އިންތިޚާބު ކޮށްފި | ތައުލީމް | ފުރަތަމަ ސަފްހާ

ގދ އަތޮޅުމަދުރަސާގެ ތިމާވެށި ޖަމްއިއްޔާ ސޮސައިޓީ ފޯރ އެންވަރމެންޓަލް އެޑިއުކޭޝަންގެ ހިންގާކޮމެޓީ އިންތިޚާބު ކޮށްފި

ފޮންޓް ސައިޒް: Decrease font Enlarge font

ގދ އަތޮޅު މަދަރުސާގެ ތިމާވެށި ޖަމްޢިއްޔާ ސޮސައިޓީ ފޯރ އެންވަޔަރމެންޓަލް އެޑިޔުކޭޝަން (ސީ) ގެ ހިންގާ ކޮމެޓީ މިއަހަރަށް އިންތިޚާބުކޮށްފިއެވެ. ސީގެ ހިންގާ ކޮމެޓީ އިންތިޚާބުކުރުމުގެ މަގުސަދަކީ ތިމާވެށި ޖަމްއިއްޔާގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމާއި ޖަމްއިއްޔާގައި ހިމެނޭ ދަރިވަރުން އިތުރަށް ޒިންމާދާރުކުރުމެވެ.

   ވޭތުވެދިޔަ އަހަރުތަކާއި ޚިލާފަށް މިއަހަރު ވަނީ "ސީ" ގެ ހިންގާ ކޮމެޓީ ގެ މަޤާމްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޗެއަރޕާރސަން، ޑެޕިޔުޓީ ޗެއަރޕާރސަން، ސެކްރެޓަރީ ފޯރ ކޯޑިނޭޓިންގެ އެންޑް އެޑްމިނިސްޓްރޭޝަން، ސެކްރެޓަރީ ފޯރ ފައިނޭންސް އެންޑް ޑިސިޕްލީން، ސެކްރެޓްރީ ފޯރ އެކްސްޓާރނަލް އެކްޓިވިޓީސް،  ސެކްރެޓްރީ ފޯރ ގްރީން އެންޑް ރިސާރޗްގެ މަޤާމަކީ މިއަހަރަށް އަލަށް އިންތިޚާބު ކުރެވިފައިވާ މަޤާމްތަކެވެ.   އެގޮތުން މިއަހަރު "ސީ"ގެ ޗެއަރޕާރސަން ކަމުގެ މަޤާމަށް ގްރޭޑް 10އޭ ގެ ދަރިވަރު އަހުމަދު ޝަމްރީނު  ހޮވިފައިވާއިރު ޑެޕިޔުޓީ ޗެއަރޕާރސަން ކަމުގެ މަޤާމަށް ހޮވިފައިވަނީ ގްރޭޑް 10 އޭގެ ދަރިވަރު މުހަންމަދު ނިހާދެވެ. ހަމަ އެހެންމެ ސެކްރެޓަރީ ފޯރ ކޯޑިނޭޓިންގެ އެންޑް އެޑްމިނިސްޓްރޭޝަން ކަމުގެ މަޤާމަށް އެ ސުކޫލުގެ ކެޕްޓަން އަހުމަދު ނިޒާރު ހޮވިފައިވާއިރު، ސެކްރެޓަރީ ފޯރ ފައިނޭންސް އެންޑް ޑިސިޕްލީން ގެ މަޤާމަށް ހޮވިފައިވަނީ ދަރިވަރުންގެ ޖަމްޢިއްޔާގެ ރައީސް ހުސެއިން ޝުހާމެވެ. މީގެ އިތުރުން  ސެކްރެޓްރީ ފޯރ ގްރީން އެންޑް ރިސާރޗްގެ މަޤާމަށް  ގްރޭޑް 10 އޭގެ ދަރިވަރު މުހަންމަދު ޝަމްޝާދު ހޮވިފައިވާއިރު، ސެކްރެޓްރީ ފޯރ އެކްސްޓާރނަލް އެކްޓިވިޓީސްގެ މަޤާމަށް ހޮވިފައިވަނީ ހަމަ އެކުލާހުގެ މުހަންމަދު ނިޝާތެވެ.  

ސީގެ ހިންގާ ކޮމެޓީ ހޮވުމަށް ބޭއްވި އިންތިޚާބުގައި 30 އަށްވުރެ ގިނަ ދަރިވަރުން ވަނީ ވާދަކޮށްފައެވެ.

ކޮމެންޓްސް (3 ލިބިއްޖެ):

  17 August, 2008 12:49:26
avatar
އެކިއެކި ފޯރަމްތަކާއި ކްލަބްތައް ހަދައި ކުދިން ހޭލުންތެރިކުރުވުމަކީ އޮތްކަމެއް ، އެކަމަކު އަޅުގަނޑުމެން އޭގެކުރިން ވިސްނާލަންޖެހޭ ވަރަށް ގިން ކަންތައްތައް އެބަހުރި. މާލޭގެ ފެންވަރު ރަނގަޅު ސްކޫލުގައި ކިޔަވައިދޭ ފަދަ ޤާބިލް ޓީޗަރުން އަޅުގަނޑުމެންނަށް ލިބިފައިވޭ، އެކަމަކު އެޓީޗަރުންތައް ކޮބާ؟ މިހާރުވެސް ރަނގަޅު ޓީޗަރެއް ހުރިއްޔާމު ބޮލުގައި ކޮންމެވެސެ ކަމެއް އަޅުވާފަ ފޮނުވާލަނީ. ސްކޫލުގައި ރައްޔިތުންގެ ބުރަމަސައްކަތުން ހަދާފައިވާ ކޮމްޕިޔުޓަރ ލެބެއް އެބަހުރި، ލައިބްރަރީއެއް އެބަހުރި. ކުދިންނަށް އެދެވޭގޮތުގައި މިއިންތަނަކުން ފާއިދާއެއް ލިބޭބާ. އިނގިރޭސި ފެންވަރު ކުދިންގެ ކިބާގައި ނެތީ ކީއްވެ؟ އިނގިރޭސި ގަޑީގައިވެސް ޓީޗަރާ މުޚާތަބުކޮށް ވާހަކަދެއްކުމުގައިވެސް ދިވެހިބަސް. އަހަރަކު ތިން ހަތަރު ސުޕަވައިޒަރުންނެއްލާ، އެކަމަކު ސުޕަވައިޒަރަކަށްވެސް ސުޕަވައިޒްކުރެވޭނީ ދައްކާ ކަންތައްތަކެއްތާ. މިއީ އިސްލާޙް ކުރަންޖެހޭ ކަންތައްތަކެއް. އަޅުގަނޑުމެން މިފަދަ ވާހަކަތައް ދައްކަނީ ރަށްދެކެ ލޯބިވާތީ ކަންކަމުގައި އިޞްލާހަށް އެދޭތީ... (ހށނ)
  17 August, 2008 05:57:26
avatar
ކޮމްޕިޔުޓަރ ލެބް ހެދީ ގައްދޫގެ ރައްޔިތުންނެއް ނޫން. ބެލެނިވެރިންގެ ތެރެއިން ބަޔަކު ހެދީ... އެތަން ހެދިއިރު ރކ ކޮމިޓީ އާއި ރަށުގެ ގިނަވެރިން ދެކޮޅު... މީ ހަޤީޤަތް،..... ދެން މަ ހީ ހީ
  23 October, 2008 09:02:52
avatar
ގދ. އަތޮޅު މަދަރުސާގެ ފަރާތުން ތިޔަ ކުރައްވާ މިންނެތް މަސައްކަތަށްޓަކައި ފައްފަށުން ޝުކުރު ދަންނަވަން

ކޮމެންޓްސް ފުނުއްވާ comment

ރޭޓިންގ އެއް ދިނުމަށް
0