ފުރަތަމަ ސަފްހާ | ތައުލީމް | ގދ. އަތޮޅުމަދަރުސާގެ ދަރިވަރުންގެ އަޚްލާގީ މިންގަނޑު ގޯހުން ގޯހަށް

ގދ. އަތޮޅުމަދަރުސާގެ ދަރިވަރުންގެ އަޚްލާގީ މިންގަނޑު ގޯހުން ގޯހަށް

ފޮންޓް ސައިޒް: Decrease font Enlarge font
image މަދަރުސާގެ ދަރިވަރުންތަކެއް ގޯތިތެރޭގައި މަޑުކޮށްލައިގެން

ސްކޫލްގެ ދަރިވަރުން މަސްތުވާ ތަކެއްޗާއި ބަދު އަޚްލާގީ އަމަލްތައް ހިންގަމުންދާ ކަމަށް އަޑުފެތުރިފައިވޭ.

ގދ. އަތޮޅުމަދަރުސާގެ ދަރިވަރުންގެ އަޚްލާގީމިންގަނޑާއި ކިޔެވުމުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދަނީ ކަންބޮޑުވާހާ ހަލުވިމިނެއްގައެވެ. މިއަދުގެ ސްކޫލް ދަރިވަރުންނަކީ އަޅުގަނޑުމެންގެ މުސްތަގްބަލް އުޖާލާ ކޮށްދޭން ތިބި މާދަމާގެ ޒުވަނުންނަށްވާއިރު މިކުދންގެ ފަރާތުން ފެންނަމުންދަނީ އަޅުގަނޑުމެން ދެރަވެ ލަދު ގަންނަން ޖެހޭ މަންޒަރުތަކެކެވެ.

އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަކީ ހަގީގަތް ކަމަށްވާނަމަ ދަންނަވަން ޖެހޭނީ ސްކޫލްގެ ބައެއް ދަރިވަރުންގެ އަޚްލާގީ މިންގަޑު ހައްދު ފަހަނަޅާފައި ތިބި ކަމެވެ. ގޯސްވެގެން ބަޔަކަށް ކުރެވޭނެ އިތުރު ކަމެއް ނޯންނާނެއެވެ. މިދަނަންވާ ކަންތައް ތަކަކީ މަސްތުވާ ތަކެއްޗާއި ބަދު އަޚްލާގީ އަމަލް ތަކެވެ.

މުޖްތަމައު ގެ ތެރޭގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އަކީ ގދ. އަތޮޅުމަދަރުސާގެ ބައެއް ދަރިވަރުން މަސްތުވާ ތަކެތީގެ ވަބާގައި ޖެހިފައިވާ ވާހަކަ އާއި ބަދު އަޚްލާގީ އަމަލްތައް ފާޅުގައި ހިންގާ ވާހަކައެވެ. އަދި ދާދި މިދާކަށް ދުވަހު މަދަރުސާގެ ޓީޗަރެއްގެ ބަދު އަޚްލާގީ ވީޑިއޯއެއް ބަލައިގެން ދަރިވަރުންތަކެއް އެފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް އަޑުފެތުރިފައި ވެއެވެ. އެހެންކަމުން މިފަދަ ކަންތައްތަކަކީ އަޅުގަނޑުމެން އެއާއި މެދު އަޅާ ނުލާ ދޫކޮށްލަން ޖެހޭ ކަންތަކެއް ނޫނެވެ. މިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.

ކުއްޖާގެ އަޚްލާގު ގޯސްވާނީ ހަމަ ކުއްލިއަކަށް ނޫނެވެ. އެންމެ ފުރަތަމަ ކުއްޖާ ކުށްކުރަން ދަސްކުރަނީ ގޭތެރެއިންނެވެ. ގޭތެރޭގައި ކުއްޖާ ކުރާ މިފަދަ ކުށްތަކަށް މާ ބޯޑު އަޅާލުމެއް ނުލިބުމުގެ ސަބަބުން މަޑުމަޑުން އެކުއްޖާ ކުރާ ކުށްތައް ގިނަވެ އިތުރުވެއެވެ. އަދި އާޚިރުގައި މިކުއްޖާ ވަނީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މުޖްތަމައަށް ހުރި ނުރައްކަލަކަށެވެ. ވީއިރު މިކަމުގައި އެންމެ ބޮޑަށް ޒިންމާ އުފުލަން ޖެހޭ ފަރާތަކީ ކުއްޖާގެ މައިން ބަފައިންނެވެ. ފުރާވަރަށް އަރައިގެން އަންނައިރު ކުއްޖާ އަށް އާދަޔާ ޚިލާފު ސަމާލުކަމެއް ދޭން އެބަޖެހެއެވެ. މިގޮތުން ކުއްޖާ އުޅޭ ނޫޅޭ ގޮތް ވަރަށްގާތުން ބަލަން އެބަޖެހެއެވެ. ކުއްޖާ ރައްޓެހިން ގެ ގޮތުގައި އިޚްތިޔާރު ކުރަނީ ކޮންބައެއްތޯ ބަލަން އެބަޖެހެއެވެ. ކުއްޖާގެ ކިޔެވުމަށް އަންނަ ބަދަލުތަކާއި މެދު ސަމާލުވާން އެބަޖެހެއެވެ. އެންމެ ކުޑަމިނުން ކުއްޖާ މަދަރުސާއިން ދޭފިލާވަޅުތައް ބަރާބަރަށް ނިންމާތޯ  އާއި ފޮތްތަކާއި ޕޭޕަރު ތަކުގައި ރަނގަޅު ފާހަނގަ ލެވިފައިވަނީ ކިހާވަރަކަށް ތޯއާއި ނުބައިފާހަނގަ ލެވިފައިވަނީ ކިހާވަރަކަށްތޯ ބެލިދާނެއެވެ. އެއިރުން ކުއްޖާއަށް ތިމާގެ ކިޔެވުމަށް ބެލެނެވެރިޔާ ސަމާލުކަން ދޭކަން އެނގުމުގެ ސަބަބުން ކިޔެވުމަށް ފަރުވާ ކުޑަކުރުމުގެ ފުރުސަތު ހަނިވެގެން ދާނެއެވެ. އެހެން ކަމުން ބެލެނެވެރިން ހޭލުންތެރިވުމަކީ އެންމެ ފުރަތަމައިނުންންވެސް ކުރަން ޖެހިފައިވާ އެންމެ މުހިއްމު އެއް ކަންތަކެވެ.

ހަމަ އެއާއި އެއްގޮތަށް މަދަރުސާގެ ހަތަރު ފާރުގެ ތެރޭގައި ކުއްޖާ ހޭދަކުރާ ވަގުތަކީ މިފަދަ ގޮތަކަށް ކުއްޖާގެ އުޅުން ބަދަލުވާން ލިބޭ ފުރުސަތު ތަކަކަށް ވެގެން ނުވާނެއެވެ. މަދަރުސާގެ އިދާރާއިން ވަރަށް ފަރުވާތްތެރިކަމާއި އެކު ކުދިންގެ ކިޔެވުމާއި އަޚްލާގަށް ސަމާލުވާން ޖެހޭނެއެވެ. އެކުދިންނަށް ނަސޭހަތާއި އިރުޝާދު ދޭންޖެހޭނެއެވެ. މަދަރުސާއިން ކުއްޖާގެ ކިޔެވުމުގެ އެންމެ ފުރަތަމަ މަރުހަލާގައިވެސް އެކުއްޖާގެ ކިޔެވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖޭނެއެވެ. އަޅުގަނޑުމެންނަށް އާންމު ކޮށް ފެންނަނީ ދަށްގްރޭޑްތަކުގެ ތަކުގެ ކުދިންނަށް ނިސްބަތުން ފެންވަރު ދަށް މުދައްރިސުން ކިޔަވައިދޭތަނެވެ. އަދި މަތީ ގްރޭޑް ތަކަށް ދިޔުމާއި އެކު ކުދިންގެ ކިޔެވުމަށް އިތުރު ސަމާލު ކަން ދޭމަންޒަރެވެ. ނަމަވެސް މިވާ ގޮތަކީ ދަށް ގްރޭޑްތަކުން ކުއްޖާގެ ފެންވަރު ދަށްވުމުގެ ސަބަބުން މަތީ ގްރޭޑާއި ހަމައަށް ދާއިރ ކުއްޖާއަށްފިލާވަޅުގައި ބުނާ އެއްޗެއް ދޭހަނުމުގެ މައްސަލަ ދިމާވާތީވެ ކިޔެވުމުގެ މަތިން ފޫހިވާ ގޮތްމެދުވެރިވެއެވެ. އަދި މަޑުމަޑުން ކުއްޖާގެ އަޚްލާގަށްވެސް އެކަމުގެ ނޭދެވޭ އަސަރުފޯރަންފަށައެވެ.

އަޅުގަނޑުގެ އަމިއްލަ ލޮލޮން މަދަރުސާގެ ދަށްގްރޭޑް ތަކުގެ ކުދިންގެ ބައެއް ފޮތްތައް ބާލުލުމުގެ ފުރުސަތު ލިބުނެވެ. އަޅުގަނޑަށް މިގޮތުން ފާހަނގަ ކުރެވުނު ގޮތުގައި ބައެއް ރަނގަޅު ޖަވާބު ތަކުގައި ވަރަށް ގިނައިން ނުބައި ފާހަނގަ ލުމުގެ އިތުރަށް ނުބައި ޖަވާބުތަކުގައި ރަނގަޅުފާހަނގަ ލާފައިވާ މަންޒަރުތައް ފެނިފައިވެއެވެ. މުދައްރިސަކަށް އޮޅިގެން ރަނގަޅު ޖަވާބެއްގައި ނުބައި ފާހަނގަ އަދި ނުރަނގަޅުޖަވާބެއްގައި ރަނގަޅު ފާހަނގަވެސް ލެވިދާނެއެވެ. ނަމަވެސް މިއީ ތަކުރާރުވާ ކަމެއްނަމަ އެކަމަކީވަރަށް ސީރިއަސް މއްސަލައެކެވެ. މިއިން އެނގޭ އެއްޗަކީ ކުއްޖާގެ ކިޔެވުމަށް މުދައްރިސްފަރުވާ ކުޑަކުރާކަމާއި ސުޕަވައިޒަރުންނަށް އެފަރާތްކުގެ ޒިންމާ އަދާނުކުރެވޭ ކަމެވެ.

އެހެންކަމުން ކުދިންގެ އަޚްލާގާއި ކިޔެވުމުގެ ކަންތައް ނުބައިން ނުބަޔަށް ދާއިރު މިކަމާއި ދޭތެރޭގައި ޒިންމާ ނަގަން ތިބި ފަރާތްތައް ހަނު ހިމޭނުން ތިބެގެން ނުވާނެއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، އިސްލާމީ ކަންތކާއި ބެހޭ އެންމެ މަތީ މަޖިލީހާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސެކިއުރިޓީއާއި، ގައްދޫ އޮފީހާއި ބެލެނެވެރިންނާއި އަދި މުޖްތަމައުގެ ކަމުވޮށިވެގެންވާ އެންމެން އެއްބައިވެގަން މިކަމާއި ދެކޮޅަށް ޕްރޮގްރާމްތަކެއް ހިންގަން އެބަ ޖެހެއެވެ. އަޅުގަނޑުމެން މިކަމާއި ދޭތެރޭގައި އިހްމާލް ވެއްޖެނަމަ މި މުޖްތަމައަކީ ފަސާދަވެފައިވާ ބޭކާރު މުޖްތަމައެއްކަމުގައި ވުމަކީ އެންމެ ގާތުގައިވާ ކަންތަކެވެ.

އަޅުގަނޑުމެންގެ މުޖްތަމައަކީ ޒިންމާދާރު ތައުލީމީ، އަދި މުޖްތަމައު ބަލައިގަންނަ ސިފަތަކެއް ލިބިފައިވާ މުޖްތަމައަކަށް ހަދަން ބޭނުންނަމަ ވަގުތު ނަގާނުލައި މިކަމާއި ދެކޮޅަށް އަވަހަށް މަސައްކަތް ފަށަންވީވަގުތު މިވަނީ ޖެހިފައެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (13 ލިބިއްޖެ):

  28 February, 2009 03:29:11
avatar
ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި ބެލެނެވެރިންނާ ޓީޗަރުން ގެ އެއްބާރުލުން ވަރަށް ބޭނުން ވާނެ! ކުއްޖާ ގެ ފުރަތަމަ ސްކޫލަކީ މައިމީހާގެ އުނގު ނުވަތަ ކުއްޖާގެ ގެ.ދެވަނަ ސްކޫލަކީ ސްކޫލް ސްކޫލްގައި މި އުޅެނީ ޓީޗަރުން.ޓީޗަރުންނާ ބެލެނެވެރިން އެއްބާރުލުން ނުލިބޭނެ ނަމަ ކިހިނެއް ކުދިން ތަރުބިއްޔަތު ކުރާނީ! އެކަކު އަނެކަނު ބޮލޫގައި ކަންތަށް ނާޅުވާ! އެންމެން އެއްބައި ވަންތަ ކަން އާލާ ކުޜޭ!ކު ދިންނަށް ނަމޫނާ ބަޔަކަށް ވޭ:ސ.ސ.ވ.އ
ބަރާބަރު ސަކަރާތް
2
  10 February, 2009 03:05:12
avatar
މިލިއުމަށް ހިޔާލް ފޮނުވާ ކޮންމެ މީހަކީވެސް ކޮންމެވެސް އާއިލާއެއްގެ މީހެއް، މިވަގުތު ބަލަން ވީ އެކަކު އަނެކަކު ބޮލުގައި ކަންތައް ނައަޅުވާ ތިމާ ގެ އާއިލާ ރަގަޅު ކުރެވޭތޯ.
މިގޮތަށް ވަގުތު ބޭކާރު ކުރަންވެއްޖިއްޔާ ދުވަހެއް ދުވަހަކަށް ދަރިވަރުން ގެ ހާލަތު ދާނީ ގޯހުންގޯހަށް.
ބަރާބަރު ސަކަރާތް
1
  25 January, 2009 10:41:14
avatar
ކިހާ ދެރަކަމެއް! ތިނޫން އެހެން ރަގަޅު އަޚުލާގީ ފެންވަރު ރަގަޅު ޓީޗަރުންތަކެއް ގެންނަން ވެއްޖެއެންނުން.ކަޑާލާ ދެން އެވައްތަރައް އުޅެންޏާ! މި ރާއްޖޭގަ މިނޫން އެހެން ސުކޫލުތައް އެބަހުއްޓޭ! ދެން މިވަރެއް ނެތް ދޯ!ސުކޫލު ބަންދުކުރަން ވީނުން ނުބެލެހެއްޓެންޏާ. ސުކޫލުގަ ތަޅުއަޅުވާ ރައްޔިތުން ނުކުންނަން ވީތަ؟
ބަރާބަރު ސަކަރާތް
4
  24 August, 2008 09:21:21
avatar
ފުރަތަމަ ޓީޗަރުންގެ އަޙުލާގު ރަގަޅުވެގެން ދަރިވަރުންގެ އަޙުލާގު ވާހަކަ ދައްކަމާ ދޯ ....... ޓީޗަރުން ނަމޫނާ އަށް ވެބަލަ ... އޭރުން ފަހަރެއްގަ ތިއަށް ވުރެން ހެޔޮބަދަލެއް ދަރިވަރުންނަށް އައިސްދާނެ ކަމަށް ފެނޭ ...
ބަރާބަރު ސަކަރާތް
1
  23 August, 2008 09:29:18
avatar
ގައްދޫގެ ދަރިވަރުން ރަގަޅުވާނީ ބެލެނިވެރިންނާ މުދައްރިސުންގެ އެއްބަރުލުން ވަރަށް ފުރިހަމަގޮތެއްގައި ލިބިގެން.. ޒިންމާ ނަގަން ދަސްކޮށްގެން.. އިޙްތިރާމް ކުރަން ދަސްކޮށްގެން.. ހަސަދަވެރިކަމުން ދުރުވެގެން.. އެންމެން އެކައްޗެއް ކިޔައިގެން.. ކުށްކުރާ މީހުންނަށް އެކަށޭނަ އަދަބު ދީގެން. މުދައްރިސުންނާއި ބެލެނިވެރިން ކުދިންނަށް ނަމޫނާ ދައްކައިގެން.. މުދައްރިސުންނާއި ބެލެނިވެރިންގެ އެކަހަލަ އަމަލުތައް ކުރުމުން ދުރުހެލިވެގެން.. އަބަދުވެސް ނަޞޭޙަތާ އިރުޝާދު ދަރިންނަށް ދީގެން.. އަޅުގަނޑު މިފުރުޞަތުގައި ތިޔަ އެންމެ ބެލެނިވެރިންނާއި މުދައްރިސުންނަށް މި ގޮވާލަނީ "އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ" މި ހަރުބާ ދޭތެރޭ ވިސްނާލުމަށް ފަހު ނޫނީ ކަމެއް ނުކުރާށޭ.. "ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް ހުންނާނީ ކައްޗަށް" (ހެޔޮއެދޭ ރައްޔިތެއް)
ބަރާބަރު ސަކަރާތް
0
  17 August, 2008 12:01:42
avatar
މިލިޔުމުގެ ފުރަތަމަ ކޮމެންޓަށް ތާއީދުކުރަން. ނަމަވެސް މިކަންކަމުގައި އަމަލުކުރަންވާނެ ދެވަނަ ގޮތެއް ނޭނގޭކަމީ ހައިރާންވާންޖެހޭ ކަމެއް. އިލްމު ހުއްޓަސް ތިމާގެ ކިބައިގައި އަދަބު އަޚްލާގް ނެތުން ޓީޗަރެއްގެ ކިބައިގައި ހުންނަން ނުވާނެ ސިފައެއް. ވީމާ މަފަދަ ކަންކަން ވެވިފައިވާ ޓީޗަރެއްނަމަ އިސްލާޙްކޮށް ކުދިންނާ އެކަހެރިމާހައުލެއްގައި ސިނގިރޭޓް ބުއިންފަދަ ކަންތައްކުރުން ހުއްޓާލުމަށް ނަޞޭޙަތްތެރިވަން. ތިމާކުރާ އެންމެ ކަމެއްގެ ސަބަބުންވެސް މީހުން ތިމާމީހާއާ ދޭތެރޭ ދެކޭގޮތް ބަދަލުވެގެންދޭ. ވީމާ މީހުން އެބުނާ ބަސްތަކުގެ ރައްދުދެވޭފަދަ މީހަކަށްވެ ދަރިވަރުންނަށް ނަމޫނާ ޓީޗަރ/ ޓީޗަރުންތަކަށް ވުމަށް ގޮވާލަން. (ހށނ)
ބަރާބަރު ސަކަރާތް
0
  10 August, 2008 12:44:01
avatar
ގައްދޫގެ ހުރިހާ ކަމެއްވެސް ރަނގަޅުކުރެވޭނީ ރަށުގެ ރައްޔިތުން އެކުވެރިވެގެން.
ބަރާބަރު ސަކަރާތް
0
  10 August, 2008 02:19:37
avatar
އަޅުގަޑުމެން ހިތާމަ ކުރަން ތިތިބަ ކަންތަކާ ވަރަށް ބޮޑަށް...... އަހަރުމެން ވެސް ކިޔެވި ސުކޫލައްވާތީ...... (އޮޓޭ )
ބަރާބަރު ސަކަރާތް
0
  31 July, 2008 09:00:50
avatar
ނޫނޭ ހަމަ ބެލެނިވެރިން ތި ޒިންމާ ނަގަން ޖެހެނީ. ސުކޫލުން އެމީހުންގެ ވާޖިބު ބަރާބަރަށް އެބަ އަދާކުރޭ. އެހެންވީ އިރު ބެލެނިވެރިން ފިޔަވާ ދެން ކޮންބައެއް؟ ހަގީގަތުގައިވެސް ގައްދޫގެ ބެލެނިވެރިންނަކީ އެމީހުންގެ ދަރިންގެ ތަރުބިއްޔަތަށް އެހާ އަހައްމިއްޔަތުކަން ދޭ ބައެއްނޫން. ރަނގަޅަށް ތަރުބިއްޔަތާއި އެކީގައި ބޮޑެތިވި ގައްދޫ ކުދިންނަކީ މިއަދުވެސް ދިވެހި މުޖުތަމައުގައި ކާމިޔާބު ކުދިން. މިއީ ހަމަ ހަގީގަތަކީ ގަބޫލު ކުރިޔަސް ނުކުރިޔަސް. ޚާއްސަކޮށް ދެކުނުއަވަށުގެވެސް ދެކުނުގެ ބެލެނިވެރިންނަކީ އަޅާލުން ކުޑަ ބައެއް.
ބަރާބަރު ސަކަރާތް
0
  31 July, 2008 07:42:56
avatar
މިކަން ހައްލު ކުރުމަށް ހަމައެކަނި ބެލެނެވެރިންގެ ބޮލުގައި ޒިންމާ އެޅުވިގެން ނުވާނެދޯ.
ބަރާބަރު ސަކަރާތް
0
1 2 next ޖުމްލަ: 13 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
2.67