ފުރަތަމަ ސަފްހާ | ތައުލީމް | ގދ. އަތޮޅު މަދަރުސާގެ އިންގްލިޝް ވީކް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި.

ގދ. އަތޮޅު މަދަރުސާގެ އިންގްލިޝް ވީކް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި.

ފޮންޓް ސައިޒް: Decrease font Enlarge font
image މަދަރުސާގެ ދަރިވަރުންކޮޅެއް މިރަސްމިއްޔާތުގައި ވާހަކަ ދައްކަނީ

މި އިވެންޓް ބޭއްވުމުގެ މަގްސަދަކީ ދަރިވަރުންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރުން

ގދ. އަތޮޅު މަދަރުސާގެ އިންގްލިޝް ވީކް ނިންމުމުގެ ރަސްމިއްޔާތު އިއްޔެ ހަވީރު 04:00 ގައި ގދ. އަތޮޅު މަދަރުސާގެ ހޯލުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތގެ ޝަރަފްވެރި މެހުމާންގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ސްކޫލްގެ އ. އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ ފާތިމަތު ސައީދު ވިދާޅުވިގޮތުގައި މަދަރުސާގައި އިންގްލިޝް ވީކެއް ބޭއްވުމުގެ މަގަސަދަކީ ކުދިންގެ އިނގިރޭސި ފެންވަރު ރަނގަޅުކޮށް އެކުދިން ގެ އިނގިރޭސި ލިޔުމުގެ ހުނަރާއި ކިޔުމުގެ ހުނަރު އަދި ވާހަކަ ދެއްކުމުގެ ހުނަރު ތަރައްގީ ކުރުމެވެ. ގްރޭޑް 1 އިން 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި މި އިވެންޓް ކާމިޔާބު ކަމާއި އެކު ކުރިޔަށް ގެންދިޔުމުގައި ސްކޫލް ކުދިން ދެއްވި އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި ޕްރިންސިޕަލް ކުދިންނަށް ޝުކުރު ދެންނެވިއެވެ. އެހެންނަމަވެސް ބައެއް ކުދިންގެ ބައިވެރިވުން އެހާ ރަނގަޅު ނޫންކަމަށް ވިދާޅުވެ އެކަމާއި ދޭތެރޭގައި ހިތާމަ ކުރައްވާކަމަށްވެސް ފާތިމަތު ސައީދު ވިދާޅުވިއެވެ.

ޕްރިންސިޕަލް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިތުރަށް ވިދާޅުވިގޮތުގައި ސްކޫލްގެ ފަރާތުން ދަރިވަރުންނަށް ގޮވާލެވޭ ކޮންމެ ގޮވާލުމަކަށް ބެލެނެވެރިންގެ ފަރާތުން ދެއްވާ އެއްބާރުލުމަށްޓަކައި އެފަރާތްތަކަށްވެސް އޭނާ ޝުކުރުދެންނެވިއެވެ.

މިހަފްލާ ނިންމާލުމުގެ ގޮތުން މަދަރުސާގެ ގްރޭޑް 8 އިންފެށިގެން 10 ގެ ދަރިވަރުންގެ މެދުގައި ކުއިޒް މުބާރާތެއް ބޭއްވުމާއި 1 އިން 10 ގެ ދަރިވަރުންގެ މެދުގައި ސްޓޭޖް ހަރަކާތްތަކެއް ހުށަހެޅުން އޮތެވެ. 4 ގްރޫޕަކަށް ބަހާލައިގެން ބޭއްވި މިކުއިޒް މުބާރާތުން 25 ޕޮއިންޓާއި އެކު އެއްވަނައަށް ގޮސްފައިވަނީ އޭޓީމެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
މިލިޔުމަށް ޓެގެއް ނެތް
ރޭޓިންގ އެއް ދިނުމަށް
1.00