ފުރަތަމަ ސަފްހާ | ތައުލީމް | ގދ. އަތޮޅުމަދަރުސާގެ ސްކޫލް ބޯޑް އިފްތިތާހްކޮށްފި

ގދ. އަތޮޅުމަދަރުސާގެ ސްކޫލް ބޯޑް އިފްތިތާހްކޮށްފި

ފޮންޓް ސައިޒް: Decrease font Enlarge font
image ސްކޫލްގެ ބޯޑް އިފްތިތާހްކުރުމުގެ ޖަލްސާގެ ތެރެއިން

ބޯޑް އިފްތިތާހްކޮށްފައިވަނީ މިރޭ ގދ. އަތޮޅުމަދަރުސާގެ ހޯލުގައި ބޭއްވި ޖަލްސާއެއްގައި

ގދ. އަތޮޅުމަދަރުސާގެ ސްކޫލް ބޯޑް އިފްތިތާހްކުރުމުގެ ޖަލްސާ މިރޭ ގދ. އަތޮޅުމަދަރުސާގެ ހޯލްގައި ބާއްވައިފިއެވެ. މިރޭ 08:30 ގައި ކުރިއަށްގެންދިޔަ މިޖަލްސާގެ ޝަރަފްވެރިމެހުމާނަކީ ގައްދޫ ކައުންސިލަރ އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދެވެ.

ގުރުއާންގެ ބަރަކާތުން ފެށުނު މިޖަލްސާ ތައާރަފްކޮށްދެއްވީ ގދ. އަތޮޅުމަދަރުސާގެ ޓީޗަރ އަލްފާޟިލާ ޝިފާޒާ އަލީއެވެ. ޝިފާޒާގެ ތައާރަފަށްފަހުގައި ސްކޫލް ބޯޑަށް ހޮވުނު ފަރާތްތައް އިއުލާން ކޮދެއްވުން އޮތެވެ. މި އައިޓަމް ފުރިހަމަކޮށްދެއްވީ މަދަރުސާގެ ޓީޗަރ މައިމޫނާ އަޒީޒެވެ. އެއަށްފަހު ޖަލްސާގެ ޝަރަފްވެރި މެހުމާން އަލްފާޟިލް އަބްދުލް އަޒީޒް މުހައްމަދު ޖަލްސާގެ ބައިވެރިންނާއި މުޚާތަބްކޮށް ވާހަކަފުޅު ދެއްކެވުން އޮތެވެ. ޝަރަފްވެރި މެހުމާންގެ ވާހަކަފުޅުގައި މިރޭ އިފްތިތާހް ކުރެވުނު ސްކޫލްބޯޑަށް ހޮވުނު ފަރާތްތަކަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވުމަށް ބެލެނެވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރަށް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރިމެހުމާން ވިދާޅުވިގޮތުގއި މަދަރުސާގެ ތައުލީމީ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް ދަށަށް ނުދާކަމަށާއި އޭގެ ބަދަލުގައި ކިޔެވުމުގެ ފެންވަރު މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށެވެ. އެހެންނަމަވެސް އަޅުގަނޑުމެން އެންމެ އެދޭ މިންވަރަކަށް ކިޔެވުމުގެ ފެންވަރު ތަރައްގީވެފައި ނުވާކަމަށާއި އެހެންކަމުން މަދަރުސާގެ ހާލަތު ރަނގަޅު ކުރެއްވުމަށް ރަށުއޮފީހާއި ސަރުކާރު ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި މިޖަލްސާގައި އޭނާ ވިދާޅުވިއެވެ.

ސްކޫލް ބޯޑްގެ ޗެއަރމަންގެ ހައިސިއްޔަތުން ޖަލްސާގައި ވާހަކަފުޅު ދެއްކެވީ އަލްފާޟިލް އިލްހާމް ރަޝީދެވެ. އިލްހާމްގެ ވާހަކަފުޅުގައި ސްކޫލްބޯޑްގެ ޒިންމާތަކާއި މަސްއޫލިއްޔަތްތަކާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި ބޯޑުން ނިންމަންޖެހޭ ކަންކަން ނިންމެވުމުގައި އެއްވެސް ދަރިވަރެއް ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއި އިންސާފާއި އެކު ނިންމަވާދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

ޝުކުރުދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ފާތިމަތު ސައީދެވެ. ޖަލްސާ ނިންމަވާލެއްވީ ބޯޑަށް ހޮވުނު ބެލެނެވެރިން އިންތިޒާމްކޮށްދެއްވި ފިނިހިއްޕެވުމަކުންނެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (13 ލިބިއްޖެ):

  22 June, 2009 11:36:07
avatar
ގައްދޫ ގެ ތަޢުލީމީ ޒުވާނުންނަށް މި ލިބެނީ ގައްދޫ ނޫން އެހެން ތަންތަނުގައި އުޅެވޭނެ ކަހަލަ ހިލްމް ތާ ، ހެ ހެ ހެ . ގައްދޫގަ އުޅެވޭނެ ކަހަލަ ހިލްމެއްތާ އީޖާދު ކުރަންވީ . ޝުކުރިއްޔާ
ބަރާބަރު ސަކަރާތް
0
  21 June, 2009 04:19:28
avatar
ގައްދޫ ފަސްގަޑުގައި ކިޔަވައިގެން ތިބި ގައްދޫގެ ދަރީންނަށް ފުރުސަތު ކުޑަކަން އަޅުގަޑުވެސް ގަބޫލުކުރަން ، ނަމަވެސް ގައްދޫގަ ހުރި ތައުލީމީގޮތުން އެނަމެ މަތީ ފާސް ނަގައިގެން ހުރި ކުއްޖާ ބައެއްމީހުންގެ ފުރައްސާރައާއިހެދި ރަށުގައި ހިދުމަތްކުރަން އުޒުރުވެރިވުމަކީ ވަރަށްދެރަކަމެއް، އެބޭފުޅާ ކިޔަވައިގެން އައި އިރު އެބެފުޅާއަށް ނޭގެނީތޯ ގައްދޫ ކަހަލަ ބޯހަރު ޒަމާނީ ތަހުޒީބު މަދު މުޖުތަމައެއްގެ ތެރެއަށް އަންނަ އިރު އެބައިމީހުންގެ ފަރާތުން ފުރައްސާރަ އާއި އެފަދަ އެނޫންވެސް ދަތި އުދާގޫ ދިމާވާނެކަން، ވީމާ ކިތަންމެ ބޮޑު އިލްމެއް ލިބިފައި ހުއްޓަސް ހިލްމު ނެތިއްޔާ އެއީ ކިތަންމެ ތަހުޒިބު މުޖުތމައެއްކަމަށްވިޔަސް ހިފަހައްޓާލުމަކީ ވަރަށްދަތިކަމެއް.ޝުކުރިއްޔާ
ބަރާބަރު ސަކަރާތް
0
  21 June, 2009 08:49:32
avatar
ތަޢުލީމީ ޒުވާނުންނަށް ގައްދޫއަކު ނޫޅެވޭނެ. މިހާރުވެސް އެމީހުން ގައްދޫ އިން ނެރެލާނެ ގޮތްތައް ދާނީ ރާވަމުން ކަން ޔަގީން، ގައްދޫ ފަސްގަނޑަކު ކިޔަވައިގެން ތިބި ބަޔަކަށް ފުރުސަތެއްނެތް. މިކަމުގެ ހެއްކެއް ވަރައް ފަހުންވެސް ފެނިގެން އެދިޔައީ، ގައްދޫގައި މިހާތަނައް އުފެދުނު އެއްމެ ތަޢުލީ އެއްޒުވާނުން ގައްދޫ އިން އެއްމެ ފުރަތަމަ މާސްޓަރ ޑިގްރީ ހާސިލް ކުރި އަންހެން ބޭފުޅާ، ގައްދޫ ދޫކޮށް އެދިޔައީ ބައެއްރައްޔިތުންގެ ފުރައްސާރަ ޔާހދި ގައްދޫގަ އުޅެން ބޭނުންނުވެގެން
ބަރާބަރު ސަކަރާތް
0
  20 June, 2009 12:42:09
avatar
ދެރަނުވޭ. ގައްދުއަށް ނިސްބަތްވާ ތަޢުލީމީ ޒުވާނުން ވަރަށް އަވަހަށް ރަށުގައި ވަޒަންވެރި ވުމާއި މެދު ވަރަށް ފުންކޮށް ދަނީ ވިސްނަމުން.
ބަރާބަރު ސަކަރާތް
0
  19 June, 2009 07:58:48
avatar
16 June, 2009 08:22:47 ގައި ކޮމެންޓުކުރި މީހަކީ ހާދަ ތަންދޮރު ނުދަންނަ މީހެކޭ ބުނާނެތާ،ހަމަ ނޭގެނީކަންނޭގޭ އެބައެއް ތަރައްޤީވެ ތަހުޒީބުވާނީ ރަގަޅު ތައުލީމެއްލިބިފައި ތިބި މީހުން އެމުޖުތަމައެއްގައި ތިބިވަރަކުން ކަން. އަޅުގަޑުމެން ގައްދޫގެ މީހުންގެ ހިޔާލާއި ފިކުރު މިގޮތައްހުރެގެން ހިޔެއްނުވޭ މިއަދު ގައްދޫއަށް ދިމާވެފައިހުރި ގިނަ މައްސަލަތައް ހައްލުކުރެވޭނެހެން.ގައްދޫގަ މިހާރުދިމާވެފައިވާ ގިނަމައްސަލަ ތަކަކީ ތައުލީމި ދަރީން މަދުވުން،ގައްދޫގަ ތިއްބެވި ފަޤީރު މާލެ ނުދެވޭ ފެންވަރުގެ މައިންބަފައިންނަށް މުއްސަދީން އެހީނުވުން،އޭގެ ސަބަބުން ގައްދޫ މަދަރުސާގަ ކިޔާވާނެ ކުދިން މަދުވެ އޭރުގެ ސަރުކާރުންވެސް އެކަމަށް މާބޮޑު އަހައްމިޔަތުކަމެއް ނުދީ ގައްދޫގަ އިޖަތިމާއީ މައްސަލަތައް ގިނަވެ ބައިބައި ވެފައިވާ މުޖުތަމައަކަށް ވެފައިވުން.
ބަރާބަރު ސަކަރާތް
0
  17 June, 2009 07:16:45
avatar
އެންމެ ފަހުން ކޮމެންޓް ކުރި ފަރާތުން ދައްކާފަ އޮތީ ވަރަށް ދަށް ފެންވަރުގެ ވާހަކަތަކެއް. ތަނެއް ކުރިއެރުމުގެ އެންމެ މުހިންމު އެއްޗަކީ ތައުލީމް. ގައްދޫ މިހާލަތަށް ދިއުމުގެ އަސްލަކީ ކުރީގަ ގައްދޫމީހުން ތައުލީމަށް އަހަމިއްޔަތު ނުދިނުން. އަތޮޅުގެ އެހެން ރަށްތަކާއި އަޅާ ބަލާ އިރު އަދިވެސް ގައްދޫގަ މަތީތަޢުލީމް ހޯދާފައިވާ ޒުވާނުން މަދު.
ބަރާބަރު ސަކަރާތް
0
  16 June, 2009 08:22:47
avatar
އޭއި ބަލަ ތިއުޅެނީ މޮޔަވެގެންތަ. ތިއަނގަތަޅާ މީހުން ގައްދޫއަށް ކޮށްދިނީ ކޮންކަމެއް. ބަލަ ކިޔެވުން ނޫންކަމެއް ގައްދޫގަ ރަނގަޅުކުރަން ނުޖެހެނީތަ. ކޮންމެ މީހަކަށްވެސް މޮޅުވާހަކަތަކެއް ދެއްކިދާނެ.
ބަރާބަރު ސަކަރާތް
-1
  26 April, 2009 02:46:31
avatar
ގައްދޫގެ މުސްތަޤުބަލާއިމެދު ވިސްނަނީ ކާކުހެއްޔެވެ؟ ކޮންމެމީހަކުވެސް ތިޔައުޅެނީ އަމިއްލަ އެދުން ކުރިޔަށްނެރެގެން
ބަރާބަރު ސަކަރާތް
3
  23 April, 2009 08:56:44
avatar
ސ. އަހަރެން ގަބޫލު ކުރަމޭ މަށަކަށް މަގޭ ނިސްބަތުން ރަށަށް ކަމެއް ނުކޮށްދެވޭކަން. މާލެ ދާންޖެހުނީ ރަށުގައި ކިޔެވެން ނެތިގެން، އޭގެ ފަހުން ބޭނުންވީ ވަޒީފާއަކަށް ދާން، ރަށުގައި އެފުރުސަތެއްނެތް. ކޮންމެ މީހަކު ވެސް އިންޓަރަސްޓިންގ ފީލްޑެއް ހުންނާނެ. އޭރަކު ގައްދޫގައި އައި.ޓީ ދާއިރާގެ އެއްވެސް ޖޮބެއްނެތް. އަހަންނަކީ އައި.ޓީ މީހެއް. ސ.އަށް ވެސް އެގޭނެ ރަށުގައި ހުރެގެން އައި.ޓީ ގެ ރޮގުން ކިޔެވެން ނެތްކަން، ރާއްޖެ ތެރޭގަ ވަޒީފާ އަދާ ކުރާމީހުނަށް ކޯސްތައް ލިބުމުގައިވެސް ކުރީ ސަރުކާރުން ގެންގުޅޭ ތަފާތުތައް. މިއަދާ ހަމައަށްވެސް އަހަރެން މިދަނީ އައި.ޓީ ދާއިރާއިން ކިޔަވަމުން. އަހަރެން އުއްމީދު ކުރަނީ ޑިގްރީ ނިންމާފަ ރަށުން ވަޒީފާއެއް ލިބޭނެކަމަށް، އައި.ޓީ އާއި ގުޅޭ ކޮންމެ ދާއިރާއަކަށް އުފަލުން މަރުހަބާކިޔާނަން. އެއީ ކިޔަވާދިނުމުގެ ދާއިރާއަށް ވިޔަސް މައްސަލައެއް ނެތް. އެއްގޮތަކަށްވެސް މާލޭގައި އުޅެންބޭނުންވެގެން ނޫނީ އެތާހުންނަން ފަސޭހައަކަށް ހުންނަނީ ކީއެއް ނޫން. ރާއްޖެ ތެރެއަށް ޓާރގެޓް ކޮށްފައިން ކޯހެއްގަ މިހާރުވެސް މިކިޔަވަމުން މިދަނީ އުއްމީދު ކުރަނީ ހުވަދު އަތޮޅަށް ނުވަތަ ގައްދޫ އަށް ފޮނުވާނެކަމަށް. / ތާރިޤް
ބަރާބަރު ސަކަރާތް
3
  20 April, 2009 01:59:24
avatar
ތާރިގަކަސް ތިގޮތަށް މޮޅު ވާހަކަ ތަކެއް ދެކެވޭކަށް ނެތް. މީގެ އަހަރުތަކެއް ކުރިން ގައްދޫސޮކޫލް އޮތް ހާލަތާއި މިހާރުގެ ހާލަތާ އަޅާ ކިޔާލާ އިރު މިހާރު ކުދިންގެ ޕާފޮމެންސް ހަމަ ސުމެކޭ ދެންނެވިދާނެ. ކީއްވެގެންތޯ؟ ބަޔަކު ތިބެގެނެއް ނޫންތޯ އެތަނެއްގައި ކަމެއް ކުރިއަރާނީ. އެތަނެއްގެ ބަޔަކު އެތަނަކަށް ނުކުރި ޤަދަރަކާއި އިޙުތިރާމެއް ދެން ކާކުތޯ ކުރާނީ. އެހެންވީމާ މާލެ ގައި ތިބެގެން ތި ދެން ދައްކަން މާރީތި ވާހަކައެއްނޫން. މާލެ އަށް ކިޔަވަން އައިސް އެތަނަށް ދިރިއުޅުން ބަދަލުކޮށްގެން ތިބުމުގެ ބަދަލުގައި ތިމާގެ އުފަން ރަށުގައި ހުރި ފަންޖިފުޓިގަނޑު އާބާދުކޮށްގެން އެތަނަށް ދިޔައިއްޔާ ވާނީ ކީއް. އޭރުން އެންމެން އެކައްޗެއް ކިޔާފައި ރަށް ތަރައްގީ ކުރެވިދާނެ، ކުދިންގެ ތަޢުލީމީ ފެންވަރު ރަނގަޅު ކުރެވިދާނެ. ބޭރުބައެއްގެ އަޅުވެތިކަމަށްވުރެ މިގޮތްވެސް ހިތަށް ފިނިކަމެއް ލިއްބައިދޭނެކަން ކަށަވަރު.
- ސ -
ބަރާބަރު ސަކަރާތް
1
1 2 next ޖުމްލަ: 13 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.67