ފުރަތަމަ ސަފްހާ | ތައުލީމް | ގދ. އަތޮޅު މަދަރުސާއަށް އާ ޕްރިންސިޕަލަކާއި ދިވެހި ޓީޗަރެއް ހަމަޖައްސަވައިފި

ގދ. އަތޮޅު މަދަރުސާއަށް އާ ޕްރިންސިޕަލަކާއި ދިވެހި ޓީޗަރެއް ހަމަޖައްސަވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ބައްދަލުވުމުގެ ބައިވެރިންނާއި މުޚާތަބްކުރައްވައި ޝަކީލް ވާހަކަފުޅުދައްކަވަނީ

ޕްރންސިޕަލް ކަމުގެ މަގާމަށް ހަމަޖެއްސެވީ އަސްލަމް ހުސެއިން ގއ. ގެމަނަފުށި އަދި ދިވެހި ޓީޗަރަކަށް ހަމަޖެއްސެވީ ކޮލަމާފުށީ ސްކޫލްގެ ދިވެހި ޓީޗަރ ތަގިއްޔު

ގދ. އަތޮޅު މަދަރުސާގެ އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމްގައި ހުންނެވި އަލްފާޟިލާ ފާތިމަތު ސައީދު މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވުމާއި ގުޅިގެން މިމަގާމަށް އާ ބޭފުޅެއް ހަމަޖައްސަވައިފިއެވެ. މިމަގާމަށް ހަމަޖައްސަވާފައިވަނީ ގއ. ގެމަނަފުށީ ހުސްނުހީނާގެ އަލްފާޟިލް އަސްލަމް ހުސައިންއެވެ.

މަދަރުސާގެ އާ ޕްރިންސިޕަލް އަސްލަމް ހުސައިންގެ އިތުރުން ސެކަންޑަރީ ދިވެހި ކިޔަވައިދެއްވުމަށްޓަކައި މިނިސްޓްރީންވަނީ ދިވެހި ޓީޗަރެއްވެސް ސްކޫލަށް ހަމަޖައްސަވައި ދީފައެވެ. މިގޮތުން މިމަގާމަށް ހަމަޖައްސަވާފައިވަނީ ގއ. ކޮލަމާފުށީ ސްކޫލްގެ ޓީޗަރެއް ކަމުގައިވާ ތަގިއްޔުއެވެ.

ސްކޫލްގެ އާ ޕްރިންސިޕަލް ބެލެނެވެރިންނަށާއި ޓީޗަރުންނަށް ތައާރަފްކުރުމުގެ ގޮތުން މިއަދު ގދ. އަތޮޅުމަދަރުސާގެ ހޯލްގައި ބޭއްވި ބައްދަލުވުމުގައި އަޕަރސައުތް ޕްރޮވިންސްގެ ކޯޑިނޭޓަރ އަލްފާޟިލް މުހައްމަދު ޝަކީލް ވިދާޅުވިގޮތުގައި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން 5 އަހަރުގެ ތެރޭގައި މަދުވެގެން 60% ކުދިން އޯލެވެލްގެ އިމްތިހާނުން ފާސްވާންޖެހޭނެ ކަމުގައި ކަނޑައަޅުއްވާފައިވާތީ މިނަތީޖާ ހާސިލް ކުރުމަށްޓަކައި ބެލެނެވެރިންނާއި ޓީޗަރުން އަދި ސްކޫލްގެ މެނޭޖްމެންޓް ގުޅިގެން ވަރަށް ބޮޑެތި މަސައްކަތްތައް ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އެންމެހާ ބެލެނެވެރިން ސްކޫލަށް އެއްބާރުލުން ދެއްވައި މުދައްރިސުންނާއި ގާތްގުޅުމެއް ބޭއްވުމަށް އެދިވަޑައިގެންނެވިއެވެ. ޝަކީލް އިތުރަށް ވިދާޅުވިގޮތުގައި ސްކޫލަށް ލީޑިން ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްޓަކައި ރަށުން ބޭރުގެ ބޭފުޅުން ހަމަޖެއްސަވައިދެއްވުމުގެ އިތުރުން ގައްދޫ ސްކޫލްގެ ގާބިލް ޓީޗަރެއްވެސް މިމަގާމަށް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެކަމުގައި ވިދާޅުވިއެވެ. 

މަދަރުސާގެ އާޕްރިންސިޕަލް އަސްލަމް ހުސައިންގެ ވާހަކަފުޅުގައިވެސް ބެލެނެވެރިންގެ ފަރާތުން ކުދިންނަށް ދޭންޖެހޭ ސަމާލުކަން ފުރިހަމައަށް ދިނުމަށް ގޮވާލެއްވިއެވެ. އަދި ދަރިވަރަކު ކުށެއްކުރުމުން އެކުށަކަށް މަދަރުސާގެ އިދާރާއިން އަޅާ ފިޔަވަޅަކީ އެކުއްޖަކު އިސްލާހުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްކަމަށާއި މިގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން ބެލެނެވެރިންގެ ހިތްހަމަނުޖެހުން މަދަރުސާއަށް އަމާޒްނުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މިމަގާމަށް އޭނާ ކުރިމަތި ލައްވާފައިވަނީ ވަރަށް ސާބިތުކަމާއި އެކުގައި ކަމަށާއި އެންމެންގެ އެއްބާރުލެއްވުމާއި އެކީގައި ސްކޫލްގެ ހާލަތުބަދަލުކުރެއްވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމުގައިވެސް މިބައްދަލުވުމުގައި އަސްލަމް ވިދާޅުވިއެވެ. 

މިބޭފުޅުންގެ އިތުރުން ތިނަދޫ އަބޫބަކުރު ސްކޫލްގައި ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ބޭފުޅެއްކަމަށްވާ ޒީމާ މިދަތުރުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ސްކޫލްގެ ބައެއް ގްރޭޑްތަކުގެ ކިޔެވުން މޮނީޓަރ ކުރައްވައި ކިޔަވައިދިނުމަށް ގެންނަން ޖެހޭ ބަދަލްތައް އޭނާ ފާހަގަކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ބެލެނެވެރިންނަށާއި ޓީޗަރުންނަށްއަމާޒުކޮށްގެން ޚާއްސަ ޕްރޮގްރާމެއް ޒީމާ ހިންގަވާގޮތަށްވެސް ހަމަޖެހިފައިވެއެވެ.

  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (3 ލިބިއްޖެ):

  16 June, 2009 07:11:25
avatar
ވަރަށް ރަނގަޅު؛ މުއާޒުގެ ވާހަކަޔަށް ތާއިދު ކުރަން . ހަގީގަތުގައިވެސް މައްސަލަޔަކީ ޕްރިންސިޕަލުން ނެއްނޫން. ސަބަބަކީ އެދަރިވަރުންގެ ބެލެނިވެރިންގެ ވިސްނުން ހުރިމައްސަލައެއް ކަމަށް ބެލެވެނީ. ނޫނީ ކޮންމެ ވެސް ޒާތީކަން ތައް ގަނޑެއްގެ މައްސަލައެއް ، ފުރަތަމަ ބަލާލަންވީ
ކިހާފެންވަރެއްގެ ބައެއްތޯ ސްކޫލް ހިންގަން ތިބީ، ނުވަތަ އެހޮވާ ފައިވާ ކޮމިޓީ އެއްގައި ތިއްބެވީ، ބުނާނަމަ ނަސަބަށް ބަލާފަކަން ނޭގޭ! އަހަރެމެން ލަދު ގަންނާކަށްނުޖެހޭ ފެން ވަރު ދަށްސްކޫލް ތަކުގެ ތެރޭގައި ހިމެނުނޭ ކިޔާފަ، އަސްލު ހުރިހާ ކަމެއްގެ ޒިއްމާ ނަގަންޖެހެނީވެސް އެމީހުންކަންނޭގޭ .ހިތާމަހުރި
،ކުޑޭ ،
ބަރާބަރު ސަކަރާތް
0
  15 June, 2009 03:33:22
avatar
އަސްލަމް ކީއްކުރަން އޮބާމާ ޕްރިންސިޕަލަކަށް ހަމަޖެއްސިޔަސް ތިނޫން ގޮތެއްނުވާނެ. ރަނގަޅު އެއްވެސް ގޮތެއް ނޯންނާނެ.
ބަރާބަރު ސަކަރާތް
0
  14 June, 2009 08:22:51
avatar
އުފާވެރި ހަބަރެއް ނަމަވެސް މިހިދުން މިހިދަށް ގައްދޫގެ ބެލެނިވެރިނަށް ޚާއްސަކޮށްގެން ހެލުންތެރިކުރުމުގެ ޕޮރްގްރާމް ތައް ފައްޓައިގެން ނޫނީ ކާމިޔާބު ގޮތެއްގައި ނަތީޖާ ހާސިލުކުރުމަކީ އެހާ ފަސޭހަކަމެއްނޫން. މިކަމުގައި ގައްދޫގަ އުފެދިފައިހުރި ކުލަބު ޖަމްއިއްޔާތަކުން ވަރަސް ފުރިހަމަ ރޯލެއް އަދާކުރެވިދާނެ ކަމަށްބެލެވޭ.ސަބަބަކީ ގައްދޫގެ މުޖުތަމައުގައި އުފެދިފައި ހުރި ނޭއްޤާނީ،ޒާތި ހަސަދަ ވެރިކަމަކީ މިވަގުތު ގައްދޫގެ މުސްތަގުބަލަށްދިމާވެފައިވާ އެންމެ އެންމެ ބޮޑު ގޮންޖެހުންކަމަށް ވެފއިވާތީ. އޭރުން ކުރީގައި އޮތް ގައްދޫ ނުވަތަ ކުރީގަ ހުރި ގދ.އަތޮޅުމަދަރުސާ ވެސް އަޅުގަޑުމެންގެ ދަރީންނާއި ދަރީންގެ ދަރީންނަށް ފެނިގެންދާނެ. -- މުއާޒު --
ބަރާބަރު ސަކަރާތް
1
ޖުމްލަ: 3 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 3

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
2.00