ފުރަތަމަ ސަފްހާ | ތައުލީމް | ގދއަތޮޅު މަދަރުސާގެ 23 އަހަރުގެ ދިގުހަޔާތުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ވޭބާ؟

ގދއަތޮޅު މަދަރުސާގެ 23 އަހަރުގެ ދިގުހަޔާތުގައި އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ވޭބާ؟

ފޮންޓް ސައިޒް: Decrease font Enlarge font
image އެސްކޫލްގެ ޔުނިފޯރމް ބޮޑީސް ވަނީ ދާދި ފަހުން އިފްތިތާހް ކޮށްފައި

ސްކޫލްގެ އުމުރުން މިހާރުވަނީ 25 އަހަރު ވާން ގާތްވެފައި

ގައްދޫގެ ގިނަ ދަރިންތަކެއް ތައުލީމް ހާސިލް ކުރަމުންދާ ނުވަތަ ކޮށްފައިވާ ސްކޫލް ކަމުގައިވާ ގދ. އަތޮޅުމަދަރުސާގެ ހަޔާތުގައި 25 އަހަރު ފުރެން ކައިރިވަނީއެވެ. އެހެންނަމަވެސް އުފެދޭ ސުވާލަކީ މަދަރުސާ ގެ ރިހި ޔޫބީލް ފާހަގަ ކުރަން ކައިރިވެފައިވާއިރު ރައްޔިތުން އެމީހުންގެ ދަރިންނަށްޓަކައިކުރާ ބޮޑެތި ހޭދަ ތަކާއި އެއްވަރަކަށް ސްކޫލުން ކުދިންނަށް ކިޔަވައި ދެވޭބާވައެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކަށް ބަލާއިރު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ކުދިންގެ ފެންވަރު އެއްގޮތަކަށް ވެސް ބެލެނެވެރިން އުންމީދު ކުރަމުންދާ މިންވަރަކާއި ކައިރި އަކަށް ވެސް ނުދެވޭ ކަމެވެ. މިހިސާބުން އުފެދޭ ސުވާލަކީ ކުދިންގެ ކިޔެވުމުގެ ފެންވަރު މިހާ ދަށްވާން ޖެހޭ ސަބަބަކީ ކޮބައިބާވައެވެ.

 އެއްގޮތަކީ ކުދިން ގަސްދުގައި ނުކިޔަވަނީއެވެ. އެންނޫނީ ޓީޗަރުން ކިޔަވައި ނުދެނީއެވެ. ނޫނީ ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު ނުހުންނަނީއެވެ. ނޫނީ ބެލެނެވެރިން ކުދިންގެ ކިޔެވުމާއިމެދު އެއްގޮތަކަށް ވެސް އަޅާނުލަނީއެވެ. އެހެންނޫންނަމަ ސްކޫލުގައި ރަނގަޅަށް ކިޔަވައިދެވޭނެ ރިސޯސެއް ނެތީއެވެ. ހަމަ ޔަގީނުންވެސް ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވާން ޖެހޭނޭ މައިގަނޑު ސަބަބު ތަކަކީ މިއީއެވެ. ވީއިރުގައި ގދ އަތޮޅުމަދަރުސާގެ ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވާން ޖެހޭ ސަބަބަކީ ކޮބައިބާވައެވެ. މިއީ ވަރަށް ބޮޑަށް  އުފެދޭ ސުވާލެކެވެ.

ހަމަ ޔަގީނުންވެސް ގިނަބެލެނެވެރިން ގަބޫލު ކުރާގޮތުގައި އެމީހުންގެ ދަރިންގެ ކިޔެވުމުގެ ފެންވަރު ދަށްވާންޖެހޭ މައިގަނޑު ސަބަބަކީ ސްކޫލުން އެކުދިންނަށް އެކަށީގެންވާ ގޮތެއްގައި ކިޔަވައި ނުދެވޭތީއެވެ. ކުދިންނަށް ކިޔަވައިދޭ ގިނަ މުދައްރިސުންގެ ފެންވަރު ދަށް ކަމުންނެވެ. ބެލެނެވެރިންގެ މިވާހަކަ އަޅުގަނޑުމެންނަށް ވަރަށްބޮޑަށް ގަބޫލު ކުރެވެއެވެ. ސަބަބީ ގައްދޫގައި ކިޔަވައިދޭ ގިނަ ޓީޗަރުންނަކީ ފެންވަރުގެ ގޮތުން އެހާ ރަނގަޅު ޓީޗަރުން ކަމުގައި ނުވާތީއެވެ. ފެންވަރުދަށް މުދައްރިސުން ކިޔަވައިދޭނަމަ ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށްވާނޭ ކަމީ ހުރިހާ އެންމެން ވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

އެހެންކަމުން މިހިސާބުން އުފެދޭ ސުވާލަކީ ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު ދަށް ކަމުން ކުދިންގެ ކިޔެވުމުގެ ފެންވަރު ދަށް ވާންޖެހެނީ ހަމަ އެކަނި ގައްދޫ ސްކޫލުގެ ދަރިވަރުން ބާވައެވެ. ގައްދޫ އަށް ވުރެ މާފަހުން ވުޖޫދަށް އައި، އާބާދީގެ ގޮތުން މާބޮޑުތަންވެސް މަދު ރަށްރަށުގެ ސްކޫލުތައް އަޅުގަނޑުމެން ތިބިގޮތަށް ތިއްބާ ކުރިއަރައިގެން ދިޔައީ ކިހިނެއްވެގެން ބާވައެވެ. ސަބަބެއްކަމަށް ގަބޫލު ކުރެވެނީ ބެލެނެވެރިން އެމީހުންގެ ދަރިންނަށް ކިޔަވައިދިނުމަށް ކިތަންމެ ބޮޑު ޚަރަދު ތަކެއް ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް އެކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ދިނުމުގައި އިހުމާލް ވެފައިވާ ތީއެވެ. ބެލެނެވެރީން ސްކޫލަށް ދޭންޖެހޭ އެއްބާރުލުން ވަރަށް ފަހަކާއި ޖެހެންދެންވެސް ވަނީ ނުދެވިއެވެ. އެހެންނަމަވެސް މިފަހަކަށް އައިސް ބެލެނެވެރީން ގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ސްކޫލަށް ލިބޭ ތަންއެބަފެނެއެވެ. އެހެންނަމަވެސް އަދިވެސް ގިނަބެލެނެނެވެރިން އެމީހުންގެ ދަރިންގެ ކިޔެވުމަށް ދޭންޖެހޭ ސަމާލު ކަމުގައި ތިބީ ޣާފިލް ވެފައެވެ. މިއީ ހޭލުންތެރިކަން ދަށްވުމުގެ ސަބަބުން ވާކަމެއްކަމަށް ވުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް މުވާސަލާތީ ގޮތުން ލިބިފައިވާ ކުރިއެރުމަށް ބަލާއިރު ބެލެނެވެރިންނަށް އެމީހުންގެ ޒިންމާތައް ނޭނގެއޭ ބުނުމަކީ ގަބޫލު ކުރެވޭނެ ވާހަކަ އެއް ނޫނެވެ.

ކިޔެވުމުގެ ގޮތުން ރަންވަނަ ތަކެއް ހާސިލް ކުރަމުންދަނީ ވަރަށް ބުރަކޮށް އެމީހުންގެ ދަރިންގެ ކިޔެވުމުގެ ކަންތައް ވަރަށް ގާތުން ބަލަމުންދާ ބެލެނެވެރިންގެ ދަރިންނެވެ. އެހެންނަމަވެސް އާދަޔާ ޚިލާފަށް މޮޅު ކުދިން މީގެ ތެރެއިން އިސްތިސްނާވެއެވެ. އެހެން ކަމުން މިހާރަށް ވުރެ ބޮޑަށް ސްކޫލުންވެސް ކުދިންގެ ކިޔެވުމާއި ދޭތެރޭގައި ފަރުވާކުޑަނުކޮށް މިކަމަކީ ކިހާމުހިންމު ކަމެއްކަން ދަނެ ކުދިންގެ ކިޔެވުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަން ޖެހެއެވެ. އަދި ބެލެނެވެރިންވެސް އެމީހުން ގެ އެންމެ ފުރިހަމަ އެއްބާރުލުން ސްކޫލަށް ދޭންޖެހެއެވެ. މިގޮތުން ފަހަކަށް އައިސް މަޑުމަޑުން ނަމަވެސް ސްކޫލް ހޯދަމުންދާ ކުރިއެރުން ފާހަގަ ކޮށްލަމެވެ. މިކަމަކީ ޓީޗަރުންނާއި ބެލެނެވެރިން ގުޅިގެން މަސއްކަތް ކުރުމުގެ ސަބަބުން ލިބެމުންދާ ކާމިޔާބީތަކެވެ. އެހެން ކަމުން ލިބިފައިވާ ރިސޯސް ތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފައިގެން އިތުރުކާމިޔާބީ އަކާއި ހަމައަށް ދެވޭތޯ މަސައްކަތް ކޮށްފިނަމަ ރަނގަޅު ކުރިއެރުމެއް ކައިރި މުސްތަގްބަލެއްގައި ލިބުމަކީ ވަރަށް ގާތް ކަމެކެވެ. މިކަމުގައި ސްކޫލުން މިނިސްޓްރީ އަށް މިއަށްވުރެ ބޮޑަށް ޕްރެޝަރ ކޮށްގެންނަމަވެސް ފެންވަރު ރަނގަޅު ޓީޗަރުން ލިބޭތޯ މަސައްކަތް ކުރަންޖެހެއެވެ. މައުލޫމާތު ލިބޭ ގޮތުންނަމަ އެހެންސްކޫލްތަކުންވެސް ދުރާލާ މިނިސްޓްރީއަށް ގޮސް ފެންވަރު ރަނގަޅު ޓީޗަރުން ހޯދުމުގައި ކާމިޔާބީ ހޯދާފައި ވެއެވެ.

އެހެންކަމުން ސްކޫލަށް 25 އަހަރު ފުރޭއިރު ބެލެނެވެރިންގެ ހިތްތަކަށް ވެރިވެފައިވާ ނުތަނަވަސް ކަމަށް އެދެވޭ ހައްލެއް ހޯދުމަށްޓަކައި މިއަށްވުރެ ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަކީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ އުންމީދަކީ އަވަސް ކުރިމަގެއްގައި ގދ އަތޮޅު މަދަރުސާ ތައުލީމީ ގޮތުން ރަން ވަނަތަކެއް ހަސިލް ކުރަމުންދާ މަންޒަރު ފެނުމެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މީކީ މާކަ އުނދަގޫ ކަމަކަށް ނުވާނެއެވެ.    

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (17 ލިބިއްޖެ):

  21 March, 2009 11:21:11
avatar
ކޮންމެ މީހަކުވެސް ދަރިވަރުންގެ ކިޔެވުން ދައްވުމުގެ ޒިންމާ ތިއަޅުވަނީ ކޮންމެވެސް އެކެއްގެ ބޮލުގައި؟ މިގޮތައް މީހުންގެ ބޮލުގައި ޒިއްމާ އެޅުވުމުން މިމައްސަލައަށް ބަދަލެއް އަތުވެދާނެތަ؟ އެއްމެން އެއްބަހެއް ކިޔައިގެން ދަރިންގެ ކިޔެވުން ރަގަނޅުކުރުމަށް މަސައްކަތް ކުރަންވީ ވަގުތު އަދިވެސް ނައައްނަނީބަ؟ ދެއްކޭ ވާހަކަޔަކުން ކެއްކޭނެ ރިހައެއްނޯއްނާނެ. މިކަމަށް އަމަލީ ސިފައެއް ގެންނަށް އެއްމެން އަތުގުޅާލަން ވެއްޖެ..!! ބެލެނެ ވެރިންނާ ދަރިވަރުން އަދި އުގަންނައި ދިނުމުގެ ދާއިރާގައި މަސައްކަތް ކުރާ އެއްމެން މިކަމަށް މިއައްވުރެ ބޮޑަށް ލޯހުޅުވަންވެއްޖެ.. މިކަމަށް އެންމެންވެސް އަވަސްވެގަންނަމާތޯ؟ - ނާޝް -
ބަރާބަރު ސަކަރާތް
0
  02 June, 2008 08:36:20
avatar
ހަމަ ކުރިގަތިބި ޓީޗަރުން މިރަށުން ދިޔައީމަ ކޮންމެހެން ބެލެނިވެރީންނާއި އެހެންމީހުންގެ ބޮލުގައި ޒިންމާ އަޅުވާނެ ކަމެއްނެތް. ހަމަހިތް މޮޅުކަމުން އެމީހުން މިރަށުން ދަނީ އަރާމުގަ އުފަލުގަ އުޅޭނަމޭހިތާ. އެކަމަކު މިވަނީވަނީ ކިހިނެތް؟ އެއާއި މުޅިން އިނދިކޮޅަށް. އެމީހުން ރަށަށް ނުވަތަ މަދަރުސާއައް ކުރިއެރުމަކަށް ހަމަ ނެއެދެނީ.
ބަރާބަރު ސަކަރާތް
0
  26 May, 2008 07:14:56
avatar
މިއަނހަރު ގައްދޫ ސުކޫލުގެ ގްރޭޑް 9 ކަޓާއި 10ކަޓެ އިސްލާމް ކޭވައި ދެންނޫ ޑިޕްލޮމާ ފެންވަރުގެ މުދައްރިސަކުންދާ. ކޫދު ނުކޭވިޔަސް އަދި ބެލެނިވެރީނެ އަޅޭނުލިޔަސް މެނޭޖުމެންޓުން މަސައްކަތެ ނޮކޮޅަސް ދެން ފެންވަރެ ރަނގަޅެވެންނެއިކުނުދާ .
ބަރާބަރު ސަކަރާތް
0
  25 May, 2008 08:08:33
avatar
ގދ.އަތޮޅުމަދަރުސާ ގެ ދަރިވަރުނަށް ރަނގަޅު ނަތީޖާނުހޯދެނީ ހަމައެކަނި ޓީޗަރުންގެ ފެންވަރު ދަށްވެގެންކަމަށް ގަބޫލެއްނުކުރެވޭ. މީގަ ބެލެނިވެރިންނާއި ސްކޫލްމެނޭޖްމަންޓްގެ ދައުރުވަރަށްބޮޑު.މީގެކުރިން ވެސް ހަމަ ތިޔަ މަދަރުސާއިން ތައުލީމް ހާސިލްކުރި ކިތައްމެކުދިންނެއް މާލޭ ބޮޑެތި ސްކޫލްތަކަށް ވަދެ ރަނގަޅު ނަތީޖާ ހޯދާފައިވޭ.އޭގެ ތެރެއިން އެތަށް ކުދިންނެއް ރަށު ސްކޫލަށް ޚިދުމަތް ކުރަން ރަށަށްދިޔަ.އެކަމަކު ސްކޫލްމެނޭޖްމަންޓާއި ބެލެނިވެރިންގެ އެއްބާރުލްވުމެއް ނުލިބި އަންނަން ޖެހިނީ.މިއީ ހާލަތުހުރިގޮތް.ސްކޫލް ވެރިންނަށްހީވާކަހަލަ އެކުދިން ދިޔައިމަ ތިމަންނަމެންބާކީވެދާނޭ.މިއީ އެއް މައްސަލަ.ދެންއޮތް ކަމަކީ ރަނގަޅުފެންވަރެއްގެ ޓިއުޝަން ކްލާހެއް ގައްދޫގަމިހާރަކުނެތް. ބޮޑުޚަރަދު ކޮއްފަ ޝަހީދުމެން އެތައް އަހަރެއް ވަންދެން ހިންގި ޓިއުޝްން ކްލާސްވެސް ބެލެނިވެރިންގެ އެހީތެރިކަން ނުލިބުމުން ހުއްޓާލަން ޖެހުނީ. އެތަނުން ޓިއުޝްން ހޯދި ކުދިން ނަށް ރަނގަޅު ނަތީޖާ ހޯދާފައި އެބަހުރި. ވީމާ ދެންނެވެން އޮތީ ބެލެނިވެރިންގެ ޒިންމާ ފުރިހަމަޔަށް އަދާކޮށް މިހާރަށް ވުރެ ބޮޑަށް ސްކޫލުގެ މެނޭޖް މެންޓާ ގުޅިގެން މަސައްކަތް ކުރާށޭ. ސްކޫލުގެ ވެރިންނަށް ބުނެލަން އޮތީ ތިމަންނަގެ ދަރިއެއް މިތަނަކުން މިހާރު ނުކިޔަވަ ޔޭ ބުނެ ދޫކޮށް ނުލާށޭ.ރަށަށް ލިބޭ ރީތި ނަމަކީ ތިބޭފުޅުންނަށްވެސް ލިބޭ ރީތިނަމެއްކަން ހަދާން ބަހައްޓައިގެން ކުރިޔަށް ދާށޭ. އަޅުގަނޑުމެން މިތިބީ އެހީތެރިވެދޭށޭ .ރަށަށް ޚިދުމަތް ކުރަން އެއްމެން އަތުގުޅާ ލަމާ ހިނގާށޭ. އެއިރުން ކާމިޔާބު ވާނޭ.
ބަރާބަރު ސަކަރާތް
0
  24 May, 2008 04:41:01
avatar
އަސްލު ގައްދޫ އަށް ބޭނުން ވަނީ ގައްދޫ އަށް އުފަން ޓީޗަރުން..... ގައްދޫ ގަވެސް އެބައުޅޭ ހަމަ ޑިގްރީ ނަގައިގެން އުޅޭ މޮޅެތި ޓީޗަރުން ... އެމީހުން ގައްދޫ އަށް ގޮއްސިއްޔާ ގައްދޫ ކުދިންވެސް މޮޅުވާނެ ދޯ..... ގައްދޫ އަށް ބޭނުން ވަނީ
އުފަން ގައްދޫ ކުދިން ... ބޮޑެތިވަމުން އައްނަ އަޅުގަނޑުމެން ކަހަލަ ކުދިން..........
ބަރާބަރު ސަކަރާތް
0
  24 May, 2008 09:27:11
avatar
އަހަނެ ގައްދޫ ތެއިވޭލޭ ގައްދޫ ބޮނޑުންނާއި ތަނަވަސްކަން ހުއްޓީ
މީހެނެ އެކުވެގެން ބޮނެ ހެދީ ވެހެ ފަންޑީތޯގެ އަސަރެ
މިހިދެ ތިފެނެންނޫ. އެވޭލޭޔަސް އެންމެގަދެ އަޑާއްކޫ ފެންވަރެރަނގަޅެ
ޓީޗަރުނެނެތި ވާހަކެޔާ.އަދި އެވޭލޭ ބޮނަމުން އައުއެވާހަކެޔާ ތިޔައްޓަންގަސްހުތުރުކޮށް. ތީފެލާންނަގެ ކުއްދުންނައްޓަންގަސް ތިތާތެއި ޓީޗަރުންނަގެ ފެންވަރެ ދަޓެކަމަށް. އެ ޓީޗަރުނެ ހަމަ އެ
ތެއި ފެންވަރުގައި މާލޭގެ ބޮނޑެތި އިސްކޯލުތަކުގެ މައްތޭ ކިލާސްތަކަށް ކޭވެއިދެމުން އެޔަނެވޭލޭ މިތާ ބެލެނެވެރިޔަކުނާސް އަދި އިސްކޯލަކުންގަސް ގައްދޫ ޓީޗަރަކުނަށް އަދި މިފަދެ ހުތުރު އެއްވިޔަސް ބަހިކެ ރައްދު ނުކެރަތާ. މިބޮނީ ދެ ފަރާތުންގަސް ލެބެމުން އެޔަންނޫ އަދިޔަސް ތާރީފެ. އެހެންމާއި ގައްދޫ ގިނެ މީހެންނަގެ އަޚުލާގެ ދަޓެކަމާއި ތަންދޮރެ ނުފެލެއިތެއިޙާލު ތޮޅީ ބޭކާރެ އަނގެތަކުން ގައްދޫ ގިނެ ޓީޗަރުނެ ރަޓުން އެރެނެ ޖެހުންނޫ. ދެންގަސް ތިތަޅަނެ އަނގެ ނުތަޅެއި ތިތާތެއި ބައިކެންނަށް ތަރުޙީބުދީ އެފެލާންނަށް އެއްބާރެލުން ދީއެފެލާންނަށް އިޙުތިރާމުކޮޓެ ހަދަނެހިދީގަތެފަހޭ ކުއްދުންނަގެ ހިތުގައްޔަސް ޓީޗަރުންނާއިމެދު ޤަދެރާއި އިޙުތިރާމެ ހިނގައިކޭވުމަށް ސަމާލުކަންދިނުން އިނތިރިވެ އޭގެ ހެޔޮ ނަތީޖާ ފެނެމުން އެޔަނެ ފައްޓަންނެއިކަމާއިމެދު ޝައްކެކެ ނެތި.އެހެންނުންފަހޭ ގައްދުވާ ތިކަހަލޭ އެއްވިޔަސްކަމަކުން ދޮހާކުވަސް މުޅެ ހޮވަންނެއިތަނެކެ ނުއެންނެއި.
ބަރާބަރު ސަކަރާތް
0
  23 May, 2008 06:47:00
avatar
ތަޢުލީމުގެ އަގު ވަޒަންނުކުރެވޭ ޒާތީ ތަޢައްޞުބުން ފުރިފައިވާ ބަޔަކު ޢިލްމާ ދެކޮޅަށް ހިންގި ވަރުގަދަ ޖަރީމާއެއްގެ ހިތިރަހަ މިހާރު ފެންނަމުން ތިދަނީ. ތިކަމަށްޓަކައި ހޭލުންތެރި ބަޔަކު ވުޖޫދުވި ދުވަހަކުންނޫނީ ފަހިމަގެއް ނުފެންނާނެ.
ބަރާބަރު ސަކަރާތް
0
  15 May, 2008 02:42:28
avatar
ގދ އަތޮޅުމަދަރުސާގެ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ދަށްވަނީ ޓީޗަރުންގެ ފެންވަރު ދަށްވެގެންނެއްނޫން. ހުރިހާވެސް މައްސަލައަކީ ބެލެނިވެރިންގެ އަޅައިލުން ކުޑަކަން. ބެލެނިވެރިންގެ ކަމަކީ ޙަޔާތުގެ ހުރިހާ ވަގުތުތަކެއް ކޭބަލް ޓީވީއަށް ހުސްކޮށްލައިގެން އުޅުން. މާތްވެގެންވާ އިސްލާމްދީނާއި ދުރުހެލިވެގެން އުޅުން. އެމީހުންގެ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާނުކުރުން. އެންމެ ފުރަތަމަ ކަމަކީ ބެލެނިވެރިން އިސްލާހްވުން. އެހެންވެއްޖެނަމަ ސްކޫލުގެ ނަތީޖާ ، ކީއްކުރަން ގައްދޫގައިހުރި ހުރިހާ ޝައިޠާނީ ބަލިމަޑުކަން ފިލައިގެންދާނެ. މިދިޔަ އަހަރުގެ އޯލެވެލް ނަތީޖާގައި އިޢުލާންވެގެން ދިޔަ ބައެއް ރަށްރަށުގެ ގިނަ ޓީޗަރުންނަކީ ތަމްރީނުނުވެތިބި ފެންވަރުގެ ޓީޗަރުން. ނަމަވެސް ޒިންމާ އަދާކުރުމުގައި ނަމޫނާ ބެލެނިވެރިންތިބި ރަށްތަކެއް. ސްކޫލުގެ މެނޭޖް މެންޓާއި ތީޗަރުން ހަރުދަނާވުން ވެސް ވަރަށް މުހިންމު.
ބަރާބަރު ސަކަރާތް
0
  14 May, 2008 04:42:17
avatar
ތެދައް ބުނަންޏާ ބުނެވޭނީ ގައްދޫ ރައްޔިތުންގެ ތެރެއިން ގައްދޫގަ ދިރިއުޅެނީ އެހެންގޮތެއް ނެތިގެން ރަށުގައި އުޅޭ މީހުން. ކިރިޔާވެސް ތަންދޮރު ދަންނަ މީހަކުވިއްޔާ ގައްދޫ ދޫކޮށް ދަނީ. ރަށް ތަރައްޤީ ކުރަން އެޅިފަ އޮތް އެންމެ ބޮޑު ހުރަހަކީ އެއީ. ރަށުގަ މިހާރުތިބި ކިޔަވައިގެން ތިބި މަދު ކުދިންނަށްވެސް އެ ކަން އިހްސާސް ކުރެވޭނެ. ދުރުގަ ތިބެފަ ތިމަންނަމެން މިތިބީ ޖާނާމާލުންވެސް ހެލްޕް ވާށޭ ބުންޏަސް ވަރަށް އުދަގޫވާނެ ޤަބޫލުކުރަން. އެންމެންނަށްވެސް އެނގޭ ކޮބައިކަން މައްސަލަތަކަކީ. އެކަމަކު ޙައްލު ކުރަން ބޭނުމެއް ނުވޭ. ދެންމަ ހީ ހީ
ބަރާބަރު ސަކަރާތް
0
  06 May, 2008 01:23:37
avatar
ކިޔަވައިގެން ތިބި ފެންވަރު ރަނގަޅު ގައްދު އަށް އުފަން ޓީޗަރުންވެސް އެބަތިބި މާލޭގެ މޮޅެތި ސްކޫލް ތަކުގައި ކިޔަވާ ދޭން. އެފަދަ ޓީޗަރުން ގައްދުއަށް ގެނެވިއްޖެނަމަ މިއަށްވުރެ ރަނގަޅޫ ވާނެ. ޑިގްރީ ފެންވަރުގެ ޓީޗަރުންވެސް ގައްދޫގަ އެބަތިބި.
ބަރާބަރު ސަކަރާތް
0
1 2 next ޖުމްލަ: 17 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.50