ގދ. އަތޮޅުމަދަރުސާގެ ގްރޭޑް 9 ގެ ޓެސްޓް ޕޭޕަރު ތަކެއް ލީކް ވެއްޖެ.
ސްކޫލުން ވިދާޅުވަނީ މައްސަލަ ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް އަންގާފައި ކަމަށް
ގދ. އަތޮޅު މަދަރުސާގެ މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ޓެސްޓް ޕޭޕަރ ތަކެއް ލީކް ވެއްޖެ ކަމަށް ޚަބަރު ލިބިއްޖެއެވެ. މިކަމާއި ބެހޭ ގޮތުން ސްކޫލްގެ ސީނިޔާ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލް ފްރެޑްރިކް ސޭމް ކަށަވަރު ކޮށްދެއްވި ގޮތުގައި އެއީ ހިނގާފައިވާ މައްސަލައެއް ކަމަށާއި އެކަން މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ދަންނަވާފައި ކަމަށެވެ.
އަދި އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސްކޫލުން ލީކްވެފައިވާ ކަމަށް އެނގިފައިވަނީ ގްރޭޑް 9 ގެ އިނގިރޭސި އަދި ހިސާބު ޕޭޕަރެވެ. މިގޮތުން މިހާރުވަނީ ބައެއް ކުދިން ގެ އަތުން ބަޔާންތައް ނެގުމަށް ފަހު އެބަޔާން ތައް މިނިސްޓްރީ އަށް ފޮނުވާފައެވެ. ސްކޫލުން މިހާރު އިންތިޒާރު ކުރަމުން ދަނީ މިކަމާއި ބެހޭގޮތުން މިނިސްޓްރީގެ ފަރާތުން އަންގާ އެންގުމަކަށް ކަމުގައިވެސް ސީނިޔާ އެސިސްޓެންޓް ޕްރިންސިޕަލް ވިދާޅު ވިއެވެ.



"* މަތީގައިވާ ކޮމެންޓްގެ ޖަވާބު: އެއީ،ބިނާކުރެއްވި ހަރުދަނާ ޒުވާނުންނަށް އިސްލާމީ ތަރުބިއްޔަތުގެ އިމާއިފެޔަށް ދެވިފައިވާތީ، ތެދުވެރިކަން ގެއްލިޚިޔާނާތްތެރި ވެވޭތީ ވީގޮތެއް. އަދި މިއަށްވުރެންވެސް ބޮޑެތި ޖަރީމާތައް ފެނނުމަކީވެސް ދުރުކަމެއްނޫން. *
ކޮމެންޓްސް ފުނުއްވާ