ގދ. އަތޮޅު މަދަރުސާގެ 2008 ވަނަ އަހަރުގެ ރިޕޯޓް ފޯރމް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި
މިރަސްމިއްޔާތު ބޭއްވުނީ ގދ އަތޮޅު މަދަރަސާގެ ހޯލުގައި.
ގދ. އަތޮޅު މަދަރުސާގެ 2008 ވަނަ އަހަރުގެ ރިޕޯޓު ފޯރމް ދިނުމުގެ ރަސްމިއްޔާތު ގދ. އަތޮތުޅު މަދުރަސާގައި މިމަހު ފަސްވަނަދުވަހު ބާއްވައިފިއެވެ. އުޝާ މަސީހުގެ ގުރުއާން ކިޔެވުމުން ފެށިގެން ދިޔަމި ރަސްމިއްޔާތު ތައާރަފު ކުރެއްވީ ސްކޫލްގެ ޕްރައިމަރީ ޓީޗަރ ޚަދީޖާ މަނިކެ އެވެ. މަދަރުސާގެ އެކައުންޓިންގ ޓީޗަރ ފާތުމަތު ސުނީތާގެ ޝަރަފުވެރި ކުރުމުގެ އިބާރާތް ކޮޅު ހުށަހަޅާދެއްވި، މިޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ގައްދޫ ކަތީބު އަލްފާޟިލް އިސްމާއީލް ޝަމީމު އެވެ. ސުނީތާގެ ވާހަކަފުޅުގައި މި މަދަރަސާގެ ފަށާތައުލީމުގެ ގްރޭޑު ތަކުގެ ކުދިންގެ ނަތީޖާ އުއްމީދު ކުރިވަރަށްވުރެ ރަނގަޅުކަން ފާހަގަ ކުރެއްވިއެވެ. އަދި އެނޫން ގްރޭޑު ތަކުގެ ކުދިންގެ ތެރެއިން އެކިއެކި މާއްދާތަކުން ރަނގަޅު ނަތީޖާ ހޯދި ކުދިންނަށް ސާބަސް ދެއްވިއެވެ. އަދި އެއާއިއެކު، މާއްދާތަކުން ދަށްނަތީޖާ ހޯދި ކުދިން ނަށް އަންނަ ޓާރމް ނަތީޖާ ރަނގަޅު ކުރުމަށް ނަސޭހަތްތެރިވިއެވެ.
އެކަކާއި ފަހެއްގެ ގްރޭޑު ތަކުގެ ސެޝަން ރިޕޯޓު އިއްވަވައި ދެއްވީ ސްކޫލްގެ އެކްޓިންގ ސްޕަވައިޒަރ އިސްމާއީލް އަލީއެވެ. އިސްމާއީލްގެ ވާހަކަފުޅުގައި މިގްރޭޑުގެ ތަކުގެ ހުރިހާކުދިންވެސް %75 ށް ވުރެ މަތިން ފާސްވެފައިވާ ކަމީ މިއަދު އަޅުގަނޑުމެން އުފާކުރަންޖެހޭކަމެއް ކަމުގައި ވިދާޅުވިއެވެ. ސަބަބަކީ ފަށާތައުލީމުގެ ފެންވަރު ރަނގަޅު ވެގެން ނޫނީ މަތީގްރޭޑު ތަކުގެ ނަތީޖާ ރަނގަޅުނުވާނެތީ ކަމަށާއި މިނަތީޖާ ދަރިވަރުންނަށް ހާސިލް ކުރެވިފައިވަނީ މިކުދިންގެ ބެލެނިވެރިންގެ ބުރަމަސައްކަތާއި، ޓީޗަރުންގެ ހިތްވަރުން ކަމަށްވާތީ ފެރާތްތަކަށް އަތްތެރިބަހާއިސާބަސް ރައްދުކުރެއްވިއެވެ. އަދި އެފަރާތްތައް ކުރައްވާ ބުރަ މަސައްކަތް ގްރޭޑު އެކަކުން ފެށިގެން ދިހައަކާ ހަމައަށް ހުއްޓާނުލާ ކުރިއަށް ގެންގޮސް ދެއްވުމަށްވެސް އޭނާ ބެލެނިވެރިންނަށް އިލްތިމާސް ކުރެއްވެވިއެވެ. އަދި އަބަދުވެސް ކިޔެވުމުގައި މިގޮތަށް ސާބިތު ކަންމަތީ ދެމިތިބުމަށާއި، ޓީޗަރުންނާއި، ބެލެނިވެރިން ދެއްވާ އިރުޝާދު ތަކަށް ރަނގަޅަށް ބޯލަބައި ގިނަވަގުތު ފިލާވަޅު ދަސްކުރުމުގައި ހޭދަކުރުމަށް ދަރިވަރުންނަށް އިރުޝާދު ދެއްވިއެވެ.
ގްރޭޑު ހަޔަކުން ދިހަޔެއްގެ ސެޝަން ރިޕޯޓު އިއްވަވައި ދެއްވީ ސްކޫލްގެ ސްޕަވައިޒަރ އަލްފާޟިލާ އައިޝަތު ޒިދުނާ އެވެ. ޒިދުނާ ވަރަށް އަގުހުރި ބަސްކޮޅަކުން ދަރިވަރުން އަދި ބެލެނިވެރިންނާއި މުޚާތަބުކުރެއްވިއެވެ. "ޝައްކެއް ނެތްގޮތުގާ މިފަދަ ދުވަހެއް ފާހަގަކުރަމުންދާ އިރު ކޮންމެވެސް ވަރެއްގެ ބަސްކޮޅަކުން މުއާމަލާތްކުރަން އެބަޖެހޭ. އިންސާނީ ހަޔާތަކީ ކުރެވޭ ކޮންމެކަމެއް ކުރުމަށްފަހު އެމަސައްކަތުން ހާސިލްވީ ކިހާވަރެއްތޯބަލައި ސާފުކުރަންޖެހޭ ކަމެއް. ތަފާތު ދިރާސާތަކުގެ އަލީގައި ތަފާތު ޖަމާއަތްތަކެއް އުފައްދައި ތަފާތު މަޝްވަރާ ތަކަކަށްފަހު، އެމަޝްވަރާގެ އަލީގައި، އަޅުގަނޑުމެންގެ ދަރިވަރުންނާއި ހަމައަށް ގެނެސްދޭ ތައުލީމަކީ އެތައްބައެއްގެ އުއްމީދުން ފުރިގެންވާ އެއްޗެއް. ތައުލީމީހަޔާތުގެ އަމާން އައްސޭރިފަށުގައި އަޅުގަނޑުމެން މަންޒިލެއް ހޯދަންއެބަޖެހޭ. މިމަންޒިލް ހޯދުމަށްޓަކައި ދިގު ރާސްތާއެއް ތިޔާގެތެރެއިން ކޮންމެކުއްޖަކު ކަނޑައްތުކުރަން އެބަޖެހޭ. މިދިގު ރާސްތާ ކަނޑައްތު ކުރުމަށްޓަކައި ގްރޭޑު 1ން 10ށް ރަހަކޮށް އަޅާލެވޭ ބިންގަލެއްގެމަށްޗަށް ޚަޒާނާއެއް ބިނާކުރަން އެބަޖެހޭ. މިޚަޒާނާގައި ވާ ކޮންމެ މައުދަނަކީ ތިޔަކުދިންގެ ދިރިއުޅުން އުޖާލާކުރެވޭ ދަންމަރަކަށް ހަދަންއެބަޖެހޭ. ރަން ވަނަތައް ހޯދާ ކުދިންގެ ނަން މުޅިދުނިޔެއަށް އިއުލާން ކުރަމުންދާއިރު އެލިސްޓަށް ތިކުދިންގެ ނަން އިތުރު ކުރަން އެބަޖެހޭ. މިލަނޑުދަނޑި ހާސިލް ކުރުމަށް ތިކުދިންގެ ހިތްވަރާއި އަޒުމް، އަދި ބެލެނިވެރިންގެ އެއްބާރުލުން ނިހާޔަތަށް އެބަބޭނުންވޭ. މިދެއްކިވާހަކަކޮޅުގެ ބޭނުން ތިކުދިން ހިފާނެކަމަށް މިސް އުންމީދުކުރަން." ޒިދުނާ ކުދިންނާއި މުޚާތަބް ކޮށް ވިދާޅުވިއެވެ.
ގްރޭޑު އެކަކުން ތިނަކަށް ރިޕޯޓު ފޮތް ސެޓްފިކެޓް ހާވާލު ކުރެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓު ޕްރިންސިޕަލް މިސްޓަރ ފްރެޑްރިކު ސޭމް އެވެ. އަދި ހަތަރަކުން މަތީގްރޭޑު ތަކުގެ ކުދިންނަށް ރިޕޯޓް ފޮތާއި ސެޓްފިކެޓް އަދި ނަތީޖާ ޝީޓް ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހުމާން ގައްދޫ ކަތީބު އިސްމާއީލް ޝަމީމު އެވެ. ޝަރަފުވެރި މެހުމާނުގެ ވާހަކާފުޅު ބިނާކުރެއްވީ ކުދިންގެ އަޙުލާގާއި ސުލޫކުގެ މައްޗަށެވެ. މިގޮތުން ވަރަށް އަގުހުރި ބަސްކޮޅަކުން ދަރިވަރުންނާއި އަދި ބެލެނިވެރިންނާއި މުޙާތަބު ކުރެއްވެވިއެވެ.
ޖަލްސާގެ ޝުކުރު ދެންނެވީ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް މިސްޓަރ ފްރެޑްރިކު ސޭމް އެވެ. ޝުކުރު ހައްގުވާ ފަރާތްތަކަށް ޕްރިންސިޕަލް ޝުކުރު ދެންނެވި މިރަސްމިއްޔާތު ނިމުނީ ދައުވަތު ދެވިގެން ވަޑައިގެންނެވި ބޭފުޅުންނަށް ބޭއްވުނު ބިލެތްމީރު ކުރުމަކުންނެވެ.



ކޮމެންޓްސް ފުނުއްވާ