ރާއްޖޭގެ ތޭވީސްވަނަ ގަވްމީ ގުރުއާން މުބާރާތުގައި ގައްދޫގެ ދަރިވަރުން ކިޔަވަމުން އެބަގެންދަވާ
މިމުބާރާތުގައި ގައްދޫ އިން ފަނަރަ ދަރިވަރުން ބައިވެރި ކުރި
ރާއްޖޭގެ ތޭވީސް ވަނަ ގަވްމީ ގުރުއާން މުބާރާތް ފެށިގެން ކުރިޔަށްދާއިރުގައި މިމުބާރާތުގައި ގދ. އަތޮޅު މަދަރަސާ ގެ ބައެއް ދަރިވަރުން ބައިވެރި ކުރައްވާފައިވާ ކަމަށް އެމަދަރަސާ އިން މައުލޫމާތު ލިބިއްޖެއެވެ. މިގޮތުން މަދަރުސާގެ މުވައްޒަފެއްކަމަށްވާ އައިޝަތު އިޔާނާ ވިދާޅުވީ ގދ. އަތޮޅު މަދަރަސާއިން 15 ކުދިން ބައިވެރި ކުރުމަށް ފަހު މިހާރު އެކުދިންވަނީ މާލޭގައި ކަމަށެވެ. އަދި އެކުދިންނާއި އެކު 5 ބެލެނިވެރިންނާއި 1 އޮފްޝަލުން ބައިވެރި ވީކަމަށާއި އެކުދިންގެ ތެރެއިން ބައެއްކުދިން މިހާރުވަނީ ކިޔެވާނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ
އެކުދިންގެ މާލޭގެ ހާލަތު ހުރީ ކިހިނެއްތޯ ބަލާލުމަށްޓަކައި އެކުދިންނާއި އެކު މާލެ، ވަޑައިގެން ނެވި އޮފިޝިއަލް ގުރުއާން މުދައްރިސް އަލްފާޟިލާ ޚަދީޖާ މުހަންމަދު އާއި މިސައިޓުގެ ފަރާތުން ގުޅާލުމުން ޚަދީޖާ ވިދާޅުވީ އިރާދަ ކުރެއްވީތީ ހުރިހާ ކުދިންގެ ހާލުވެސް މިވަގުތު ރަނގަޅުކަމަށާއި، މިހާތަނަށް ކިޔެވި ކުދިންގެ ކިޔެވުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. މި މަހު ހަޔެއްގައި ފެށުނު މިމުބާރާތުގައި މިހާތަނަށް ގައްދޫގެ ތިން ކުދިން ކިވަނީ ކިޔަވާފައި ކަމަށާއި. އެކުދިންގެ ކިޔެވުން ވަރަށް ރަނގަޅު ކަމަށާއި އަދި ވަރަށް ހިތްހަމަ ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "ދެންތިބި ކުދިންގެ ކިޔެވުންވެސް ރަނގަޅުވާނެ ކަމަށް އުންމީދުކުރަން. މުބާރާތް ނިމޭނީ މިމަހުގެ 14 ވަނަދުވަހު. އިރާދަކުރެއްވިއްޔާ ކުދިން ގޮވައިގެން 16 ވަނަދުވަހު ރަށަށްދާން ފުރާނަން. އޭނާ އިތުރަށް ވިދާޅުވިއެވެ.
އަދި މިކުދިންގެ ދަތުރުގެ ޚަރަދު ހަމަޖައްސަވައި ދެއްވީ ކޮންފަރާތަކުންތޯ ދެންނެވުމުން ޚަދީޖާ މުޙަންމަދު ވިދާޅުވީ މިކުދިން ގައްދޫ އިން ތިނަދު އަށް ދިޔުމުގެ ޚަރަދު ދެއްވީ އަތޮޅުމަދަރަސާ އިންކަމަށާއި، މި ކުދިންގެ ޓިކެޓް ދެއްވީ އެޑިއުކޭޝަނުންކަމަށެވެ. އަދި މީގެ އިތުރުން އިތުރު ފަރާތެއްގެ އެހީތެރިކަމެއް އަދި ނުލިބޭކަމަށެވެ. މިމުބާރާތް ޓީވީން ބައްލަވަމުން ގެންދަވާ ގައްދޫގެ ބައެއް ބެލެނިވެރިން ބުނުއްވި ގޮތުގައިވެސް މިމުބާރާތުގައި މިހާތަނަށް ކިޔެވި ކުދިންގެ ކިޔެވުން ވަރަށް ރަނގަޅު ކަމަށާއި، އަދި ކިޔަވަންތިބި ކުދިންގެ ކިޔެވުން މިއަށްވުރެވެސް ރަނގަޅުވާނެކަމަށް އުއްމީދުކުރާކަމަށް އެބެލެނިވެރިން ބުނުއްވިއެވެ.



ކޮމެންޓްސް ފުނުއްވާ