Gadhdhoo Online: ބައިނަލް އަގްވާމީސިއްހަތު ދުވަހުގެ ތައްޔާރީ ތައް ކުރިޔަށް ދަނީ. ބައިނަލް އަގްވާމީސިއްހަތު ދުވަހުގެ ތައްޔާރީ ތައް ކުރިޔަށް ދަނީ. ================================================================================ ސޯލިހް on 08 April, 2008 06:05:00 ބައިނަލް އަގްވާމީ ސިއްހަތު ދުވަހާއި ގުޅިގެން އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ގައްދޫ ސިއްހީ މަރުކަޒުގެ ފަރާތުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވައިފައިވާ ކަމަށް މިސައިޓަށް މައުލޫމާތު ލިބިއްޖެއެވެ. މިގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ވާދެމުން، ފައިގަތަޅާ، ބަށި، ހޭވައްލާ ފަދަ ކުޅިވަރުތައް ހިމެނެއެވެ. މިކުޅިވަރުތައް ކުޅެން ރާވާފައިވަނީ މާދަމާ އިން ފެށިގެންނެވެ. މީގެ އިތުރަށް ކާބޯތަކެތީގެ މައުރަޒެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ގައްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ލިބެއެވެ. މައުރަޒު ކުރިޔަށް ދާނީ އަންނަ ހުކުރު ދުވަހުއެވެ. ބައިނަލް އަގްވާމީ ސިއްހަތު ދުވަހުގެ ޝިއާރަކީ "މޫސުމަށް އަންނަ ބަދަލު ތަކުން ސިއްހަތު ރައްކާތެރިކުރަމާތޯ" އެވެ.