Gadhdhoo Online: ގައްދޫއިން މަދިރި މަދުކުރުމަށްޓަކައި ރަށުތެރެ ސްޕްރޭ ކޮށްފި ގައްދޫއިން މަދިރި މަދުކުރުމަށްޓަކައި ރަށުތެރެ ސްޕްރޭ ކޮށްފި ================================================================================ fanditha on 23 February, 2009 01:24:00 ގައްދޫގައި މަދިރީގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވާތީވެ އެކަން ހައްލުކުރުމުގެ ގޮތުން ރަށުތެރެ ސްޕްރޭ ކުރުމުގެ ހަރަކާތެއް ގައްދޫ ސިއްހީ މަރުކަޒާއި ގައްދޫ އޮފީސް ގުޅިގެން ބާއްވައިފިއެވެ. މިމަހުގެ 19 އިންފެށިގެން 21 އާއި ހަމައަށް ކުރިއަށްގެންދިޔަ މިމަސައްކަތް ކޮންމެ އަހަރަކުވެސް 3 ފަހަރު ކުރިޔަށް ގެންދާގޮތަށް ގައްދޫ ސިއްހީ މަރުކަޒުން ޚިޔާލުކޮށްފައިވީ ނަމަވެސް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލަފާދެއްވާފައިވަނީ މަދިރި ރަށުތެރޭގައި ގިނަވެއްޖެނަމަ ސްޕްރޭކުރާ ގޮތަށް ކަމަށް ގައްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާފައިވެއެވެ. މިދުވަސްކޮޅު ގައްދޫގައި އާދަޔާޚިލާފަށް މަދިރީގެ އުނދަގޫ ބޮޑުވެފައިވާތީ ރައްޔިތުންގެ ޝަކުވާ ވަރަށްބޮޑަށް އިތުރުވެފައިވެއެވެ. މަދިރިކޮންޓްރޯލް ކުރުމަށްޓަކައި ކުރިން ގައްދޫގައި ބޭނުންކުރަމުން އަންނަނީ ރީޖަނަލް ހޮސްޕިޓަލުގެ ފޮގް މެޝިނެއް ނަމަވެސް މިހާރު ގައްދޫ ސިއްހީމަރުކަޒަށް މެޝިނެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.