Gadhdhoo Online: ފިރިމީހާގެ ރުހުން ހޯދުމުގައި ކާމިޔާބުވެގަތުމަށް ބޭނުންވާ ނުކުތާތައް ފިރިމީހާގެ ރުހުން ހޯދުމުގައި ކާމިޔާބުވެގަތުމަށް ބޭނުންވާ ނުކުތާތައް ================================================================================ Noorul Islam on 13 July, 2008 08:34:00 *ރުހުމާއި ނުރުހުމުގައި އަބަދުވެސް ހިނިތުން މޫނަކާއެކު ފިރިމީހާއާ ބައްދަލުކުރުން *ފިރިމީހާގެ މޫނު މަތީގައި ބާރުއަޑުން، އޭނާގެ ހިތުގައި ޖެހޭ ގޮތަށް ވާހަކަ ނުދެއްކުން *ކިތަންމެ ބޮޑު ނުރުހުމެއްގައިވެސް ކުނި މޫނު ނުދެއްކުން *ފިރިމީހާ ގެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެ ވަގުތެއްގައިވެސް އޭނާ ހިތް އުފާވާ ގޮތުގައި އިސްތިޤްބާލު ކުރުން *ތިމާގެ ޒާތީ ބޭނުން ތަކުގައި ގިނަގިނައިން ކިޔާ ނުހެދުން *ގެއަށް ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނުމުގައިވެސް، ފިރިމީހާގެ މޫޑް ބަލައިގެން، އެކަމެއް އޭނާ ހިތް އުފާވާ ގޮތަކަށް ހުށަހެޅުން *ފިރިމީހާގެ ހިމޭންކަމަކީ ތިމާ ކަން ދަނެ އަބަދުވެސް އޭނާ ހިތްހަމަޖައްސައި ދިނުމަށް އިސްކަން ދިނުން *ފިރިމީހާ ގެއިން ބޭރަށް ދާންވުމުން އިންތިޡާމުތައް ފުރިހަމަކޮށް އުފަލާއެކު ވަދާޢު ކުރުން *ކެއިން ބުއިމުގައި ފިރިމީހާގެ ހިތްއެދޭގޮތާއިމެދު ޚިޔާލު ބަހައްޓައި އެކަމަށް ފުރިހަމައަށް ސަމާލުކަން ދިނުން *ފިރިމީހާގެ އިޛްނައާއި ނުލައި ގެއިން ބޭރަށް އެއްވެސް ތަނަކަށް ނުދިއުން. އަދި ޢަމްދުނަ އެކަހެރީން އެއްވެސް ޙާލެއްގައި ގެއިން ބޭރަށް ނުދިއުން *ފިރިމީހާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަކީ، ތިމާގެވެސް މައިންބަފައިން ކަމުގައްޔާއި އަދި ގާތްތިމާގެ މީހުން ކަމުގައި ދެކި އެމީހުންނާ މެދު ފިރިމީހާގެ އެދުމާ އެއްގޮތަށް މުޢާމަލާތު ކުރުން *ގޭގެ ކަންތައްތައް އިންތިޡާމު ކުރުމުގައި ފިރިމީހާގެ ރުހުމާއި އެދުމާއި އެއްގޮތަށް ކަންތައްތައް ކުރުން *ފިރިމީހާގެ އަބުރަށް އުނިކަމެއް ލިބުދާނެ އެއްވެސް ކަމެއް ބަހުން ނުވަތަ ޢަމަލުން ވިޔަސް ނުކުރުން *މެހުމާނުންނަށް ކަމޭހިތުމުގައި ފިރިމީހާގެ ރުހުމަށް ބަލައިގެން ކަންތައްތައް ކުރުން *ތިމާގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ވެއްޖެކަން އެނގުމާއެކު ފިރިމީހާގެ ކިބައިން މަޢާފަށް އެދުން. އަދި އޭނާ ރުއްސުމަށް ފަރުވާތެރިވުން *ތިމާގެ ހިތްހަމަ ނުޖެހޭ ކަމެއް ފިރިމީހާގެ ކިބައިން ވެއްޖެނަމަ، އެކަން ފިރިމީހާއަށް އެންގުމުގައި ދަނޑިވަޅު ބަލައިގެން އޭނާގެ ހިތުގައި ނުޖެހޭ ގޮތަށް އެކަން އެންގުން * ފިރިމީހާ ހިތާމަ ވެރިވެ ނުވަތަ މޮޅިވެރިވެ އުޅޭތަން ފެނުމުން އޭނާގެ ހިތްހަމަޖައްސައިދިނުމަށް ވެވެން އޮތްހާ މަސައްކަތެއް ކުރުން *ބައްޔެއް ވެއްޖެނަމަ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ ބޮޑަށް އޭނާގެ ބައްޔަށް ފަރުވާ ދިނުމުގައި ސަމާލުކަން ދިނުން ލޯބިވާ ދަރިފުޅާއެވެ! އިސްވެ ބަޔާންވެ ދިޔަ ނުޤްޠާ ތަކާމެދު ޚިޔާލު ބަހައްޓައިގެން ދިރި އުޅުން ވޭތުކުރާ އަންހެނެއްގެ ދެޙަޔާތް ބާއްޖަވެރި ނުވެ ނުދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. އަންހެނަކަށް ސުވަރުގެއިންވެސް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ ޙޫރަލްޢީނުންނާއެކު ސުވަރުގޭގައި ފިރިއެއްގެ އުފަލާއި އަރާމުކަމުގައިވުންކަން ހަނދާންކޮށް، މިޙަޔާތުގެ ދުވަސްތައް ފިރިމީހާގެ ރުހުން ހޯދުމުގެ މަސައްކަތުގައި ހޭދަކުރުމީ އަންހެނެއްގެ ޙަޔާތުގެ އެންމެ މޮޅު ކާމިޔާބީއެވެ. އަދި މިރޮނގުން ކުރިޔަށް ދިޔުމީ އަންހެނުންގެ ތަރައްޤީވެސް މެއެވެ. الله سبحانه وتعالى އަޅުގަނޑުގެ ދަރިފުޅާއި، ލޮބުވެތި ޠާލިބާއިންނާއި، ދިވެހި އެންމެހާ މުސްލިމު އުޚްތުންނަށް ދެޙަޔާތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ! އާމީން!