Gadhdhoo Online: ސޯލާ ޕެނަލުން ކަރަންޓް އުފައްދާގޮތް އެނގިލައްވާތޯ. ސޯލާ ޕެނަލުން ކަރަންޓް އުފައްދާގޮތް އެނގިލައްވާތޯ. ================================================================================ fanditha on 11 April, 2008 01:20:00 ސޯލާ ޕެނަލް އިރުގެ އަލިން ކަރަންޓް އުފައްދާ ގޮތް އެނގިލައްވާތޯއެވެ. ސޯލާ ޕެނަލް ގައިވާ ސެލްތަކުން ކަރަންޓް އުފައްދާ ގޮތުގެ ވަރަށް ކުރު ތައާރުފެއް މިލިޔުމުގައި އަޅުގަނޑު ހިމަނާލަން ބޭނުންވެއެވެ. ސޯލާޕެނަލުން މައިގަނޑު ގޮތެއްގައި ކޮށްދޭ ކަމަކީ އިރުގެ އަލި އެއްކުރުމަށްފަހު އެއަލި ކަރަންޓް ހަކަތަ އަށް ބަދަލު ކޮށްލުމެވެ. މިގޮތުން އިރުގެ އަލީ ގަދައަށް ލިބޭ ވަރަކަށް ސޯލާ ސެލް ތަކުން އުފައްދައިދޭ ކަރަންޓް ގެ ބާރު ގަދަވެއެވެ. ސޯލާ ޕެނަލްތައް އާންމުކޮށް ހަރުކޮށްފައި ހުންނަނީ ވީހާވެސް ބޮޑަކަށް އިރުގެ އަލި ލިބޭދިމާލަކަށެވެ. މިގޮތަށް ހަދަނީ އިރުގެ އަލީގައިވާ މާއްދާ އެއް ކަމުގައިވާ ފޯޓޯންސް ތައް ވީހާވެސް ބޮޑަކަށް ސޯލާ ޕެނަލަށް އެޅޭނެ ގޮތް ހެދުމަށެވެ. ސޯލާ ސެލްތައް އާންމު ކޮށް ހަދައިފައި ހުންނަނީ ސިލިކަން ކިޔާ މާއްދާ އަކުންނެވެ. ނަމަވެސް އާންމު ކޮށް ހުންނަ ގިނަ ސެމީ ކޮންޑަކްޓަރސް ތައް މިކަމަށް ބޭނުން ކުރެވޭނެއެވެ. އިރުގެ އަލީ ސޯލާ ޕެނަލަށް އެޅުމުން ސޯލާ ސެލްގައިވާ އިލެކްޓްރަންސް ތައް އިރުގެއަލީގައިވާ މާއްދާ އެއް ކަމަށްވާ ފޯޓޯންސް ތައް އެއަށް ދަމައިގަނެއެވެ. އަދި މިފޯޓޯންސް ތަކުން ސެލްގައިވާ އިލެކްޓްރޯން ރަނގަޅަށް ޗާޖް ކޮށްލެވިއްޖެނަމަ މި އިލެކްޓްރޮން ދެން ބަދަލުވާނީ ކަރަންޓް ދަތުރު ކުރުމުގެ ގާބިލް ކަން ލިބިގެންވާ އިލެކްޓްރޯނަކަށެވެ. މިގޮތުން ކޮންޑަކްޝަން އިލެކްޓްރޯނަކަށް ބަދަލުވުމަށްޓަކައި ސިލިކަން ސެލްގައިވާ އިލެކްޓްރޯން 1.1 އަކާއި 1.3 އާއި ދެމެދުގެ އަދަދަކަށް އިލެކްޓްރޯން ވޯލްޓްސް ބޭނުންވާނެއެވެ. އިރުގެ ދޯދީގެ 70 ޕަސެންޓގައި ގައި މިއަދަދަށް ނުވަތަ އެއަށް ވުރެ ގިނަ އަދަދަކަށް މި އެނަރޖީ އެކުލެވިގެންވާނެއެވެ. އެހެން ކަމުން ގުދުރަތީ ހަކަތަ އިން ކަރަންޓް އުފެއްދުމަށް ސޯލާޕެނަލަކީ ވަރަށް އާންމު އެއްޗެއް ކަމުގައި ވަނީ ވެފައެވެ. އެހެން ކަމަށް ވިޔަސް ސޯލާ ޓެކްނޮލޮޖީ ގައިވާ ނުރަނގަޅު ދެ ސިފައެއްވެސް ވެއެވެ. އެއީ ދުވަސްކޮޅަކުން ސިލިކަން ސެލްތަކުގެ ބާރު ދަށްވަމުން ދިޔުމާއި، އަދި ކޮންޑަކްޝަން އިލެކްޓްރަންސް ތަކަކަށް ބަދަލު ނުވެވޭ ވަރަށް އަލި ދަމައިގަންނަ އިލެކްޓްރަންސް ތަކުން ސެލްތަކަށް ގެއްލުން ލިބުމެވެ. ސަބަބަކީ މިއިލެކްޓްރަންސް ތަކުން މައިގަނޑު ގޮތެއްގައި ބޭރު ކުރަނީ ހަމައެކަނި ހޫނު ކަމަށްވުމުން މީގެ ސަބަބުން ސޯލާޕެނަލް ގެ އެހެނިހެން ބައިތަކަށް ގެއްލުން ލިބިގެންދިޔުމެވެ. މިދަންނަވާލެވުނީ ސޯލާ ޕެނަލް މައިގަނޑިގޮތެއްގައި މަސައްކަތް ކުރާ ގޮތެވެ. މިއީ އަލިން ކަރަންޓް އުފެއްދުމަށް ވަރަށް ފަސޭހަ ގޮތެއްކަމަށް ވުމުން ވަރަށް ކުރީޒަމާނުއްސުރެންފެށިގެން މިގޮތަށް ކަރަންޓް އުފެއްދަމުން އާދެ އެވެ.