Gadhdhoo Online: ގައްދޫ އޮފީހުގެ ފާރަށް ބަޔަކު ކަޅުތެޔޮ ޖަހައިފި ގައްދޫ އޮފީހުގެ ފާރަށް ބަޔަކު ކަޅުތެޔޮ ޖަހައިފި ================================================================================ fanditha on 20 July, 2008 07:18:00 ގައްދޫ އޮފީހުގެ އިރުމަތީ ފަރާތު ބިތަށާއި މަގުމަތީ ފާރަށް ބަޔަކު ބުރާސްފަތި ދުވަހު ކަޅުތެޔޮ ޖަހައިފިއެވެ. މިކަމާއި ބެހޭ އިތުރު މައުލޫމާތެއް ލިބިފައިވޭތޯ ބަލާލުމަށްޓަކައި ގައްދޫ ކަތީބު އިސްމާއީލް ޝަމީމް އާއި ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. އެކަމަކު ގައްދޫ އޮފީހުގެ މަސައްކަތު މީހާ އަބަދުވެސް ފާރުގައި ތިބޭ ހަޑިއެއްޗެހި ސާފުކުރާ ކަމަށާއި އެގޮތުން ފާރުގައި ތިބި އެއްޗެހި ތަކެއް ސާފްކުރާ ތަން ދެކުނު ކަމަށެވެ. ނަމަވެސް ގައްދޫ އޮފީހުގެ މަސައްކަތުމީހާ ވަނީ އޭނާ ފާރަށްޖަހާފައިވާ ކަޅުތެޔޮ ތަކެއް ސާފްކޮށްފައިވާ ކަމަށް ބުނެފައެވެ. ރަށުގެ ކަތީބަށް އެނގިވަޑައިނުގެން މިފަދަ ކަމެއް ހިނގުމަށްފަހު އޮފީހުގެ މަސައްކަތުމީހާ އެއެއްޗެހިތައް ސާފުކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ.