Gadhdhoo Online: ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ހުށަހެޅި ޕްރޮޖެކްޓެއްގެ ދަށުން ގައްދޫގައި ޒުވާނުންގެ މަރުކަޒެއް އަޅާގޮތަށް ހަމަޖެހިއްޖެ. ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ހުށަހެޅި ޕްރޮޖެކްޓެއްގެ ދަށުން ގައްދޫގައި ޒުވާނުންގެ މަރުކަޒެއް އަޅާގޮތަށް ހަމަޖެހިއްޖެ. ================================================================================ fanditha on 26 July, 2008 12:49:00 ގައްދޫ ރަށްކުރިއަރުވާ ކޮމިޓީގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޕްރޮޖެކްޓެއް ގެ ދަށުން ގައްދޫގައި ޔޫތް ސެންޓަރެއް އަޅާގޮތަށް ހަމަޖެހިފައިވާ ކަމަށް ގައްދު އޮފީހުން ޚަބަރު ލިބިއްޖެއެވެ. މިގޮތުން ޔޫތް ސެންޓަރ އެޅުމަށް ސަރުކާރުންވަނީ ތިންލައްކަ ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދީފައެވެ. އަދި އަނެއްބައި ޚަރަދު ކުރަންހަމަޖެހިފައިވަނީ ގައްދޫ ރައްޔިތުން ކަމަށްވެއެވެ. މިތަން އެޅުމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް ގައްދޫ އޮފީހުން މައުލޫމާތު ލިބިފައި ވެއެވެ. ގައްދޫގައި ޔޫތް ސެންޓަރެއް އެޅުމަކީ ގައްދޫ ރައްޔިތުން ވަރަށް ބޮޑަށް ބޭނުން ވެފައިވާ ކަމެއްކަން ތަފާތު ފަހަރުގެ މަތިން ގައްދޫ ރައްޔިތުންވަނީ ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުގައި ދަންނަވާފައެވެ.