Gadhdhoo Online
Gadhdhoo Online
މާވެއްދޫ އެއަރޕޯރޓް އެޅުމަށްޓަކައި ހިއްކަންޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށިގެން ކުރިޔަށް އެބަދޭ. 
							<description>ރަސްމީގޮތުން މަސައްކަތް ފެއްޓުމަށްޓަކައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވޭ.</description>
										<description>ބޭކާރު ޚަރަދު ކުރުމަށްވުރެ ރަނގަޅު ވާނެ ގައްދުއަށް ފައިދާހުރި ކަމެއް ކުރިއްޔާ.......... 10000 މީހުންގެ އާބާދީ އޮންނަ އަތޮޅަކަށް 2 އެއަރޕޯރޓް ބޭނުމެއްނުވޭ. 2 ރިސޯޓާއި ގައްދޫއިން ދަތުރުކުރާ އެއަރޕޯޓަކުން ދެކޮޅުޖެހޭނެބާ؟؟؟؟؟؟؟؟؟؟؟؟؟؟؟</description>
										<description>ތަންކޮޅެއް ރަގަނޅަށް ސްޓެޓިސްޓިކްސް ހޯއްދަވާ ގެން ކޮމެންޓް ކުރައްވާ!</description>
										<description>މާވެއްދޫގައި އެއަރޕޯޓެއް އެޅުމަކީ ގައްދޫގެ ރައްޔިތުންނަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް. ވަޒީފާގެ ފުރުސަތު ގިނަ ބަޔަކަށް ލިބި، ވިޔަފާރިވެރިންނަށް އަވަހަށް ރޯލްކުރަންޖެހޭ މުދާ ފަސޭހައިން ގެނެވި، ދަތުރުފަތުރަށް ލުއިފަސޭހަކަން ލިބި، އިގްތިސާދީގޮތުން ރަށް ކުރިއަށް ދާނެ. ވީ އިރު ގައްދޫގެ ރައްޔިތުން މިއަދު އެފަދަ ކަމަކަށް މަރުހަބާ ކިޔުކަމީ މުހިންމު ކަމެއް.</description>
Ali Nahushadh Faiz
										<description>ތިބޭފުޅާގެ ކޮމަންޓާއިމެދު އަހަރެން ހައިރާންވެއްޖައީމު. ހުވަދުއަތޮޅުގެ އާބާދީއަކީ އެންމެ 10000އޭ ބުނެ ކޮމެންޓްކުރި އިރު ރަގަޅަށް ބައްލަވާފަތޯ ކޮމެންޓްކުރީ. ހުވަދު އަތޮޅުގެ އާބާދީ 30000 އަށް ވުރެ މައްޗަށް އަރާއިރު އަލަށް ހަދަންފަށައިފައިވާ 7 ރިސޯޓާއި މަސައްކަތް ރޯދައިގެ ފަހުން ފަށާ 6 ރިސޯޓް އެބައޮތް. މީގެ ތެރެއިން 9ރަށަކީ އެއަރޕޯޓާއި ނުލާހިކު ކައިރީގައި އޮތް ރަށްތަކެއް. މިކަމުން ގައްދޫއަށް އެއްވެސް ގެއްލުމެއް ނުވާނެ، މިކަމުގެ ސަބަބުން ގައްދޫއާއި ގައްދޫގެ ކައިރި ރަށްތަކަށް ދަތުރުކުރުމުގެ ލުއިފަސޭހަތައް ލިބިދީ ވަޒީފާގެ ފުރުސަތު އިތުރުވާނެ. ވީމާ ރަގަޅު މައުލޫމާތު ހޯއްދަވައިގެން ހުރެ ކޮމެންޓު ލިއުން އެދެން.......... ގައްދޫގެ ދަރިއެއް</description>
										<description>ގައްދޫ ދަރިއެއްކަމަކު މާވެއްދޫގައި އެއަރޕޯރޓެއް އެޅުމަކީ ގައްދޫގެ ތަރައްޤީއަށް ހުރަހެއް. އަރިއަތޮޅުގައި ކިތައް ރިސޯޓް އެބައޮތްތޯ އެއަރޕޯޓަކާއި ނުލައި. ތިއަށްވުރެ މާރަނގަޅުވާނެ ސަސްޓެއިނަބަލް ޓްރާންސްޕޯރޓް ސިސްޓަމެއް އަތޮޅުތެރޭގައި ގާއިމު ކުރިއްޔާ. އާބާދީ 35،000 މަދުވެގެން ނެތި ތަރައްގީގެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ނުކުރެވޭނޭ ކަމަށް އާރބަން ޑިވެލޮޕްމަންޓް ޕްލޭނަރުން އެބަ ވިދާޅުވޭ. މާވެއްދޫ އެއަރޕޯރޓް ސަރަހައްދުގައި އެވަރުގެ އާބާދީއެއް އުފެދެން އަދި ކިތައް އަހަރު ނަގާނެތޯ. ތިޔަބޭފުޅުންގެ ވިސްނުން އަދި ތިހުންނަނީ މާތިލަކޮށް. ދުރަށް ވިސްނަވާ އަދި ވެދިޔަތަނުން ޢިބްރަތް ޙާސިލް ކުރައްވާ. ގައްދޫއަކީ ތި ދެންނެވިފަދަ ވިޔަފާރީގެ ޚިޔާލު ހުރި ބައެއްނޫން. އެހެންނަމަ ކޮބާ ގައްދޫގައި ދުއްވިހާ ބޯޓުތައް. ގަބޫލުކުރެވޭ ފައިދާތަކެއްވެސް ހުންނާނެ. ކޮންމެވެސް ބަޔަކަށް އެ ލިބެންވެސް ލިބޭނެ. އެކަމަކު ޕޮއިންޓަކީ ތިއަށްވުރެ ފައިދާ ކުރަނިވި އެހެންކަމެއް ހަމަ ނެތްބާ. އަދިވެސް ތި ތިބެވެނީ މައުމޫނު ވޯޓާއި ކައިރިކޮށްފައި ދައްކާ ދަޅަތަކަށް ހެއްލިގަނެވިގެން. ތިފަދަ ކަންތަކަކީ އަދި މިވީ ހިސާބު ދުނިޔޭގެ އެއްވެސްތާކު ކޮށްފައިހުރި ކަންތަކެއްނޫން. -  ދުރުވިސްނޭ</description>
										<description>ސަސްޓެއިނެބްލް ޓްރާންސްޕޯރޓް ސިސްޓަމެއް ގާއިމް ކުރަން ވާހަކަ ދައްކާއިރު މިހާރުވެސް މިއުޅެނީ ސަސްޓެއިނެބްލް ގަދަކަމުން ދާން ބޭނުންވާ ތަނަށް ނުދެވި ތިބެން. އެމްޓީސީސީ އިން ކިރިޔާވެސް މި ޚިދުމަތެއް ފޯރުކޮށްމިދެނީ. އެމީހުންވެސް ކަންތައްކުރަނީ އެމީހުންނަށް ފެންނަ ގޮތަކަށް. ކޮންމެހެން ކިދުމަތަކަށް ބަލާފައެއްނޫން. ކިތައްދުވަހުތަ އެމީހުން ބުނާގަޑިއަށް ފުރަންދާއިރު މީހުން ބައިތިއަބާފަ ފުރައިގެންދަނީ. ބޮޑު އަތޮޅަކަށްވާއިރު ގދ. އަށް މިއޮންނަނީ ހަފްތާއަކު ދެދުވަހު. ޝީޓެއްގައި ތިން ހަތަރު މީހުން ތިބެން އެބަޖެހޭ ބައެއް ދުވަސްދުވަހު މީހުން ގިނަކަމުން. ދަތުރު ޑިލޭވިޔަކަސް ޕެސެންޖަރަކަށް އަންގާލަނީކީ ނޫން. މިވަރުންވެސް މީ ބަޔަކަށް ޚިދުމަތެއް ދެނީތަ؟ މިކަމާއި ބެހޭގޮތުން ޝަކުވާއެއްކުރާނީ ކާކުގެ ކައިރީގައި؟</description>
										<description>އެހެން އެވަނީ ޚިދުމަތުގެ ބޭނުން އެއްބަޔަކު ކުރަންޖެހޭތީ. ގަދަވާހަކަ ދައްކާއިރު އިންގްލިޝް ޗެނަލްގައި ފެރީ ދުއްވެންޏާ ދިވެހި ކަނޑުތަކުގައި ނުދުއްވެންވީ އެއްވެސް ސަބަބެއް ނެތް. ބޭނުންވަނީ ގަދައިރުވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ބޭނުން ކުރެވޭނެ ޑިޒައިނެއް. އެހެންނޫންތޯ.</description>
އަމީރު
ޝުކްރިއްޔާ!!!!</description>
										<description>ގައްދޫގެ އެއާޕޯޓެއްގެ ގޮތުގައި މާވެއްދޫގައި އަޅާއެއާޕޯޓު ސިފަކުރުމަކީ ގޯހެއް. މާވެއްދޫ ކައިރީގައި އަޅާއެއާޕޯޓު ވެގެންދާނީ ކުރިމަގުގައި ހުޅުވޭ 13 ރިސޯޓު ތަކަށް ފަތުރުވެރިން ގެންގޮސްދޭ ،އަދި އަތޮޅު ތަކުގެ ރަށްތަކާއި މުޅިރާއްޖެ ގުޅުވައިދޭނެ މުހިއްމު ކޮންމެހެން ބޭނުން ތަނަކަށް.. ތަރައްގީއާއި އެއްފަސްކުރުމުގެ ސިޔާސަތާއި،ރިސޯޓު ތަކުގައި ބިލިޔަނުން އިންވެސްޓުކުރިމީހުން ފަތުރުވެރިން ކާޑެއްދޫ އިން އުފުލުމަށް ހިނގާ ޚަރަދާއފަތުރުވެރިންގެ ހިންހަމަ ޖެހުމާއވިޔަފާރއަށް ހުޅުވިގެންދާދޮރު ތަކައި މާލޭގައި ވަޒިފާ އަދާ ކުރާ އަތޮޅުގެ އެތައް ސަތޭކަ އާއލަތކާއ، ރާއްޖޭގެ މޫސުމާއި މިހުރިހާކަމަކަށް ރިޔާއަތްކުރާއިރުމާވެއްދޫ އެއާޕޯޓު އަކީ އަތޮޅުގެ ތަރައްގީއަށް މިވަގުތު އެންމެ ބޭނުންތެރި ކަންތައް.ދުރުވިސްނޭބޭފުޅުން ގެ ވިސްނުން ތިމާގެ ޖީބަށްއަތްފޯރާ ހިސާބުގައި ބަހައްޓާފައި ދުރުވިސްނޭ ބޭފުޅެކޭ ވިދާޅުވީމަ ބަޔަކު ގަބޫލެއްނުކުރާ.--އ.ފަހީމް--</description>
										<description>ސަސްޓެއިނަބަލް ޓުރާންސްޕޯޓް އެއް ،ލުއިފަސޭހަ،ލޯންގް ޓާރމް ޚަރަދުތައް ކުޑަ ،ގާއިމު ކުރެވޭނީ ހަބެއްގެ ގޮތުގައި މާވެއްދޫ އެއާޕޯޓް ގާއިމުކުރެވިގެން. ކާޑެއްދޫ އާއި ގައްދޫ ހިމެނޭ ސަރަހައްދަކީ ދިގު ދަތުރަކަށް ވެފައި،ރިސޯޓު ތަކަށް ޑެއިލީކޮށް ބޭނުންވާ  ޑެލިވަރީ ހަލާކު ނުވަނީސް ގެންދެވޭނީ މިގޮތަށް...މި ކަމުގެ ތެރެއަށް ޕޮލިޓިކްސް ވައްދާކަށް ނުޖެހޭ.. ވޯޓުދެނީ ފައިސާކޮޅަކަށް ނޫންކަމާއި،އެއާޕޯޓަކަށް ނޫންކަން މި އަތޮޅުގެ ދަރިންނަށް ބުނެދެވޭވަރަށް ވުރެ މީ މާ ތަހުޒީބު ބައެއް. އަތޮޅުގެ ރައްޔިތުން ވޯޓުދޭނީ ހަރުދަނާ ،ގައުމު ހިންގެވޭނެ ކަމަށް އެބޭފުޅުން ގަބޫލުކުރާ މީހަކަށް..-އ.ފަހީމް.</description>
<description>Gadhdhoo Online</description>