Gadhdhoo Online: ގައްދޫގެ ފަޅު ތިލަވުމުގެ ސަބަބުން ވީނަސްބޯޓް ފަޅުގައި ބީހި މުދާބޭލުމުގައި ދަތިތަކެއް ދިމާވެއްޖެ ގައްދޫގެ ފަޅު ތިލަވުމުގެ ސަބަބުން ވީނަސްބޯޓް ފަޅުގައި ބީހި މުދާބޭލުމުގައި ދަތިތަކެއް ދިމާވެއްޖެ ================================================================================ fanditha on 31 July, 2008 07:43:00 އިއްޔެ ރޭފަތިހުގެ ވަގުތެއްގައި ގައްދުއަށް މުދާހިފައިގެން އައި ބޯޓެއްކަމުގައިވާ ވީނަސްބޯޓް ގައްދޫގެ ފަޅުތިލަވުމުގެ ސަބަބުން ފަޅުގައި ބީހި މުދާބޭލުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ. މި ބޯޓް ގައްދުއަށް ފަތިހުގެ ވަގުތެއްގައި ބަނދަރުކުރި ނަމަވެސް މިމައްސަލަ ދިމާވުމުގެ ސަބަބުން ހެނދުނު 09:00 އާއި ހަމައަށް މުދާނުބޭލި ފަޅުތެރޭގައި އޮންނަން ޖެހުނު ކަމަށްވެއެވެ. ގައްދޫގެ ފަޅަކީ ރާއްޖޭގައި އެންމެފުރަތަމަ ފަޅުފުންކުރި ދުވަސްވަރު ކޮނެފައިވާ ފަޅެއްކަމަށްވުމުގެ ސަބަބުން މިހާރު ފަޅުވަނީ ވަރަށްބޮޑަށް ތިލަވެ ފަޅުގެ ބޭނުންކުރާ އުޅަނދު ފަހަރުތަކަށް ދަނީ ގިނަގުނަ ދަތިތަކެއް ދިމާވަމުންނެވެ. އަދި މީގެ އިތުރަށް ފަޅުގެ ޖާގަ ކުޑަވުމުގެ މައްސަލަ ވެސް ވަނީ ކުރިމަތި ވެފައެވެ. ގައްދޫގެ ބަނދަރުބޭނުންކުރުމުގައި ގިނަދަތިތަކެއް ދިމާވަމުން ދިޔަނަމަވެސް ބަނދަރު ހެދޭނެ ދުވަހެއް ކައިރި މުސްތަގްބަލެއްގައި ފެންނާކަށްނެތެވެ.