Gadhdhoo Online: ސާފް ޗެމްޕިޔަންޝިޕް ތަށި ގައްދުއަށް އެރުވިޔަ ނުދިނުމަށް އެދި ބަޔަކު ރަށުއޮފީހަށް ހިގައްޖެ ސާފް ޗެމްޕިޔަންޝިޕް ތަށި ގައްދުއަށް އެރުވިޔަ ނުދިނުމަށް އެދި ބަޔަކު ރަށުއޮފީހަށް ހިގައްޖެ ================================================================================ fanditha on 31 July, 2008 02:14:00 ސާފް ޗެމްޕިޔަންޝިޕްގެ ތަށި ގައްދުއަށް އެރުވިޔަނުދިނުމަށް އެދި ގައްދޫގެ ރައްޔިތުންގެ ބަޔަކު މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ގައްދޫ އޮފީހަށް ގޮސްފިކަމަށް ޚަބަރު ލިބިއްޖެއެވެ. މިގޮތުން ރައްޔިތުންގެ 30 ހަކަށް މީހުން ގައްދޫ ކަތީބު އިސްމާއީލް ޝަމީމާއި ބައްދަލުކޮށްފައިވާކަމަށް ވަނީ އެނގިފައެވެ. އެމީހުން ކަތީބަށް ދެންނެވިކަމަށްވަނީ ރާއްޖެ މިއަދު އޮތް ހާލަތަށް ވިސްނާއިރު ގައްދުއަށް ތަށިގެނައުމަކީ ބޭކާރު ޚަރަދެއްކަމަށެވެ. އަދި ގައްދޫގެ ފާޚާނާ ނިޒާމްވެސް ގާއިމްނުވެފައިވަނީ ބަޖެޓްގައި ފައިސާ ނެތުމުގެ ސަބަބުންކަމަށް އެނގިފައިވާއިރު، މިފަދަ ބޮޑު ޚަރަދެއް ކުރުމަކީ ރައްޔިތުން އެދޭކަމެއް ނޫންކަމަށެވެ. ރަށު އޮފީހަށް ހާޒިރުވި ބޭފުޅެއް ވިދާޅުވިގޮތުގައި ކަތީބު ވަނީ ރައްޔިތުން އެދޭގޮތް އަތޮޅުވެރިންނަށް ދަންނަވާނޭކަމަށް ވިދާޅުވެފައެވެ. އަދި ހޮނިހިރު ދުވަހުގެ ވަގުތެއްގައި ގައްދުއަށް ތަށިގެންނަގޮތަށް ހަމަޖެހިފައި ވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.