Gadhdhoo Online: ގައްދޫ ޒާހިރު ޑީއަރޕީން ވަކިވެވަޑައިގެންފި ގައްދޫ ޒާހިރު ޑީއަރޕީން ވަކިވެވަޑައިގެންފި ================================================================================ fanditha on 19 August, 2008 01:20:00 ރައްޔިތުންގެ މަޖިލީހުގެ ގދ. މެމްބަރު އަލްފާޟިލް ޒާހިރު އާދަމް (ގައްދޫ ޒާހިރު) ޑީއަރޕީން ވަކިވެވަޑައިގަންނަވައިފިއެވެ. ޒާހިރު ޕާޓީން ވަކިވެވަޑައިގެންނެވިކަން ޑީއަރޕީގެ އިސްތަރުޖަމާން އިބްރާހިމް ޝާފިއުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ. ޒާހިރު އާދަމަކީ ޑީއަރޕީ އުފެދުނީއްސުރެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދެވި ބޭފުޅެއްކަމުގައި ވީނަމަވެސް ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ހުންނެވީ ޕާޓީއާއި ދުރުގައެވެ. އެހެންނަމަވެސް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުން ތަކުގައި އަލުން ބައިވެރިވެ ވަޑައިގަންނަވަން ފެއްޓެވިއެވެ. ޕާޓީގެ ހަރަކާތްތަކުގައި އަލުން ބައިވެރިވެ ވަޑައިގަންނަވަން ފެއްޓެވި ސަބަބެއް އޭނާ ހާމަކުރައްވާފައެއްނުވެއެވެ. ޒާހިރު ޑީއަރޕީގައި ހުންނެވިދުވަސްވަރު ގައްދޫ ގައި ކުރިއަށްގެންދިޔަ ޑީއަރޕީގެ ހަރަކާތްތަކުގައި ގައްދޫގެ ގިނަ ރައްޔިތުންތަކެއްގެ ނުރުހުމާއި، ހިތްހަމަނުޖެހުމުގެ ޝުއޫރުތަކާއި އޭނާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.