Gadhdhoo Online: ޑީއަރޕީ ޒައީމްގެ ދަތުރުފުޅު: ރައްޔިތުންގެ ޝުއޫރުތައް ހާމަކޮށް ޖަހާފައިވާ ބޯޑުތަކެއް ހަލާކުކޮށްލައިފި ޑީއަރޕީ ޒައީމްގެ ދަތުރުފުޅު: ރައްޔިތުންގެ ޝުއޫރުތައް ހާމަކޮށް ޖަހާފައިވާ ބޯޑުތަކެއް ހަލާކުކޮށްލައިފި ================================================================================ fanditha on 22 August, 2008 06:05:00 ޑީއަރޕީގެ ޒައީމް މއ. ކިނބިގަސްދޮށުގެ މައުމޫނު އަބުދުލް ގައްޔޫމް ގައްދުއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ފުޅާއި ދިމާކޮށް ރައްޔިތުންގެ ޝުއޫރު ފާޅުކޮށް ގައްދޫ އަސަރީގޭގައި ޖަހާފައި ތިބި ބޯޑުތަކެއް ބަޔަކު ހަލާކުކޮށްލައިފިއެވެ. މިމައްސަލައާއި ގުޅިގެން ރަށުގެ މަސްރަހުވަނީ ކޮންމެވެސް ވަރަކަށް ހަލަބޮލިވެފައެވެ. މިބޯޑުތަކުގައި މައިގަނޑު ގޮތެއްގައި ހުރީ ސަރުކާރުން ކޮށްދޭން ބުނެފައި ނުކޮށްދީ ހުރި ބައެއް ކަންތައް ތަކާއި އަދި އެފަރާތް ތަކުގެ ޝުއޫރު ތައް ކަމަށް ވެއެވެ. އަދި ބޯޑު ތަކުގައި އެއްވެސް ކަހަލަ ބޭއަދަބީ އިބާރާތް ތަކެއް ބޭނުންކޮށްފައިނުވާ ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. މިބޯޑްތަކުގެ ތެރެއިން ވަކިން ޚާއްސަކޮށް ގައްދޫގެ ނަރުދަމާ ނިޒާމްގެ މައްސަލަ ރަމްޒުކޮށްދޭ ގޮތަށް ހަދާފައިވާ ބޯޑްތަކެއް ފާހަގަކޮށްލެވެއެވެ. ޚަބަރު ލިބޭ ގޮތުގައި މިބޯޑްތައް ހަލާކުކޮށްލައިފައިވަނީ ޒުވާނުންގެ ބަޔަކަށް 15000 ރުފިޔާ ދޭނެކަމަށް ބުނެގެންނެވެ. އެކަމަކު އަދި މިހާތަނަކަށް އެއިން އެއްވެސް ލާރިއެއް އެފަރާތްތަކަށް ލިބިފައިނުވާ ކަމަށްވެއެވެ.