Gadhdhoo Online: ޔޫތުސޮސައިޓީން އިންތިޒާމްކުރި ފުޓްބޯލް މުބާރާތް ނިމިއްޖެ ޔޫތުސޮސައިޓީން އިންތިޒާމްކުރި ފުޓްބޯލް މުބާރާތް ނިމިއްޖެ ================================================================================ Fulhangi on 17 December, 2008 12:21:00 މިފަހަރު އީދުޗުއްޓީއާއި ދިމާކޮށް ގައްދޫ ޔޫތުސޮސައިޓީން ގައްދޫގައި ހިންގި ޔޫތުޗެލެންޖް 2008 ފުޓްބޯލަމުބާރާތުގެ ސަބަބުން ގައްދޫގެ ފުޓްބޯޅައަށް އާދިރުމެއް ލިބިއްޖެއެވެ. ފާއިތުވި ދުވަސްތަކުގައި ގައްދޫގައި ކުޅުނު އެއްވެސް ފުޓްބޯޅަ މުބާރާތެއް މައްސަލަތަކެއް ކުރިމަތިނުވެ މިހާހިސާބަށް ފުރިހަމަވެފައެއްނެތެވެ. ކޮންމެމުބާރާތެއްގެވެސް ފެށުން ދަނީ ވަރަށްރަނގަޅެވެ. ނަމަވެސް ނިމުން ދަނީ އެހާރަނގަލަކަށް ނޫނެވެ. ބައެއްމުބާރާތް މުބާރާތުގެ މެދުތެރެއިން ނުކުޅެ ހުއްޓާލަންޖެހެނީ މަދައްކޮށްނޫނެވެ. އަދި ބައެއްމުބާރާތްތައް ބޭއްވިއިރު އެމުބާރާތުގެ އެއްމެފޯރިގަދަވާހިސާބުން ވަކިވާޖެހޭތީ ގައްދޫ ޒުވާން ފުޓުބޯޅަ ކުޅުންތެރިން ހިތުގައި އުފެދޭ ޚިޔާލަކީ މުބާރާތެއް ބެއްވިޔަސް، އެމުބާރާތްކާމިޔާބްކަމާއެކު ފުރިހަމަވާނެބާވައެވެ؟ މިފަދަ އެތަކެއް ސުވާލުތަކެއްކުރަމުން ދަނިކޮށް ޔޫތު ސޮސައިޓީން މިބޭއްވި މުބާރާތަކީ ގައްދޫގައި މިފަހަކަށް އައިސް ބޭއްވުނު އެންމެ މައްސަލަކުޑަ މުބާރާތްކަމަށް ގައްދޫގެ ޒުވާނުން އެއްބަސްވެއެވެ. ވަރަށްގިނަ ޒުވާނުންގެ އެއްބާރުލުމާއެކު ނިމިގެންދިޔަ މިމުބާރާތުގެ ފައިނަލުގައި ވާދަކުރީ އެފްސީނިއުސްޓައިލްއާއި ދެކޮނުކޮޑާ ޓީމެވެ. ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީޝޫޓަކަށްފަހު 4 1 ން ޗެމްޕިޔަން ޓީމަކަށް ހޮވުނީ "ދެކޮނުކޮޑާ"ގެ ޓީމެވެ. ރަނަރަޕްޓީމަކީ "އެފްސީނިއުސްޓައިލް"(ޕޮލިސް)ޓީމެވެ. ޗެމްޕިޔަން ޓީމަކަށް 15000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ވާދައިގެ ތައްޓެއް ހުށަހެޅުނު މިމުބާރާތުގެ ދެވަނަޓީމަކާށް 5000 ރުފިޔާ ހުށަހެޅިފައިވެއެވެ. މިމުބާރާތުގެ އެކިމަގާމްތަކަށް ހޮވުނު ކުޅުންތެރިންނާއި އެމަގާމުތައް ތިރީގައި މިވަނީއެވެ. އެންމެމޮޅު ޑިފެންޑަރ މުހަންމަދު މިސްބާހު(އެފްސީ ނިއުސްޓައިލް) އެންމެރަނގަޅު މިޑްފިލްޑަރ ތޯހާ އަލީ (ދެކޮނުކޮޑާ) އެއްވަނަ ފޯވަރޑް އަހުމަދު ނިޔާމް(އެފްސީނިއުސްޓައިލް) އެންމެމޮޅު ގޯލްކީޕަރު އަބުދުﷲ ސާދިޤު (ގެނޭޑާ) ބެސްޓްޕްލޭޔަރ އަހުމަދު އަތީފް(ގެނޭޑާ) ޕްރަމައިސިންގ ޕްލޭޔަރ ނަދީމް މުހަންމަދު(ގެނޭޑާ) އެންމެރަނގަޅުކޯޗަކަށް ހޮވިފައިވަނީ އަލީމުނީރު (ދެކޮނުކޮޑާ)އެވެ. ފައިނަލްމެޗްގެ މެއިންއޮފްދަމެޗަކަށް ހޮވިފައިވަނީ އަހުމަދު ޖިނާހް(ދެކޮނުކޮޑާ)އެވެ. އޯކިޑްގެ ހުސައިންހަމީދު ފެއަރޕްލޭ ކުޅުންތެރިއަކަށް ހޮވުނު މިމުބާރާތުގެ ފެއަރޕްލޭ ޓީމަކީ ގެނޭޑާ ޓީމެވެ. މިމުބާރާތުގެ އެކިމަގާމްތަކަށް ހޮވުނު ކުޅުންތެރިންނަށާއި އޮފިޝަލުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ގައްދޫ ކަތީބު އިސްމާއީލް ޝަމީމެވެ. ޗެމްޕިޔަންޓީމަށް ފައިސާގެ އިނާމާއި ވާދައިގެ ތަށި ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހުމާން ގައްދޫ ފޫޅުމާގެ އަޙުމަދު ސައީދުއެވެ.