Gadhdhoo Online: މާވެއްދޫ އެއަރޕޯރޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް މިއަދު ފަށައިފި މާވެއްދޫ އެއަރޕޯރޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް މިއަދު ފަށައިފި ================================================================================ fanditha on 08 February, 2009 11:15:00 ގދ. މާވެއްދޫ އެއަރޕޯރޓް އެޅުމަށްޓަކައި ހިއްކަންޖެހޭ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު މިއަދު އަލުން ފަށައިފިއެވެ. މާވެއްދޫގެ މަސައްކަތް ހުއްޓިފައިވަނީ ޑްރެޖަރަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް މިސައިޓަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެއަރޕޯރޓްގެ މަސައްކަތް ހުއްޓުމާއި ގުޅިގެން ގައްދުއާއި އަދި ގައްދޫގެ ކައިރި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މާވެއްދޫ އެއަރޕޯރޓް އެޅުމަށް ހަވާލުކޮށްފައިވަނީ އެއަރޕޯރޓް އިންވެސްޓްމެންޓް މޯލްޑިވްސް (އެއިމް) ކުންފުންޏާއެވެ. މިކުންފުންޏަކީ އެމްޓީސީސީ، އެއަރޕޯރޓްސް ކޮމްޕެނީ އަދި އައިލެންޑް އޭވިއޭޝަން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. އެއަރޕޯރޓްގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން އެކަމާއި ބެހޭގޮތުން ބަހެއް ހޯދާލުމަށްޓަކައި އެއިމް އާއި ގުޅުއްވުމުން އެފަރާތުން ވިދާޅުވެފައިވަނީ ހިއްކުމުގެ މަސައްކަތް ކަނޑައެޅިފައިވާ ގޮތަށް ކުރިޔަށް ދާކަމަށެވެ. އަދި ހަމައެއާއިއެކު އެމްޓީސީސީ އިންވެސް ވަނީ މިއަދު މަސައްކަތް އަލުން ފަށައިފިކަން ކަށަވަރު ކޮށްދެއްވާފައެވެ. މިގޮތުން އެފަރާތުން ވިދާޅުވީ ހިއްކުމުގެ މަސައްކަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެކަމަށް ވަރަށްބޮޑަށް އުންމީދުކުރައްވާ ކަމަށެވެ. ޑޮމެސްޓިކް އެއަރޕޯރޓަކާއި އެއްކޮށް އެރަށުގައި ޔޮޓްމެރީނާއެއް އަޅާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުލިބިފައިވެއެވެ. ގދ. މާވެއްދުއަކީ ގައްދުއާއި އެއްފަޅެއްގެ ގޮތުގައި ގައްދޫގެ އެންމެ ކައިރީގައި އޮންނަ ރަށެވެ.