Gadhdhoo Online: ގދ.މަގުއްދުއާ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި ގދ.މަގުއްދުއާ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި ================================================================================ fanditha on 09 February, 2009 02:18:00 ގދ. މަގުއްދުއާ ރިޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް ތުރުކީގެ އަހުމަދު އަޔަޑަނިޒް އިސާތު ކުންފުނިން ފަށައިފިއެވެ. އެމްޓީޑީސީގެ ފަރާތުން މިރަށް ރެޒޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލުމުން ތުރުކީގެ މިކުންފުނިން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ހުށަހަޅާފައިވަނީ 6.6 މިލިއަން ރުފިޔާއެވެ. މަގުއްދުއާގައި 200 އެނދުގެ ރެޒޯޓެއް ތަރައްގީ ކުރާގޮތަށް ހަމަޖެހިފައިވާއިރު މިރަށްތަރައްގީ ކުރާގޮތަށްހަމަޖެހިފައިވަނީ 4 ނުވަތަ 5 ތަރީގެ ރިޒޯޓްއްގެ ފެންވަރުގައި ކަމަށްވެއެވެ. މަގުއްދުއާގައި މިވަގުތު ވަގުތީ އިމާރާތްތައް ކުރުމުގެ މަސައްކަތުގެ އިތުރުން މުވާސަލާތީ ބައެއް ޚިދުމަތްތައް ގާއިމްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މަގުއްދުއާއަކީ ގައްދުއާއި ގާތްގަނޑަކަށް 7 މޭލު ދުރުގައި އޮންނަ ރަށެކެވެ.