Gadhdhoo Online: އެޑިއުކޭޝަން މިނިސްޓަރ މިއަދުމެންދުރުފަހުގެ ވަގުތެއްގައި ގައްދުއަށް ވަޑައިގަންނަވަނީ އެޑިއުކޭޝަން މިނިސްޓަރ މިއަދުމެންދުރުފަހުގެ ވަގުތެއްގައި ގައްދުއަށް ވަޑައިގަންނަވަނީ ================================================================================ fanditha on 05 March, 2009 12:36:00 އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ގައްދުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މިދަތުރުފުޅުގައި ސްކޫލާއި ބެހޭ ގޮތުން ރަށުގެ ބައެއް ރައްޔިތުން ހިއްސާކޮށްލައްވަން ބޭނުންވާ ބައެއްކަންތައްތަކާއިބެހޭގޮތުން މަޝްވަރާކުރުމުމަށްޓަކައި މިނިސްޓަރާއިއެކު ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައިވެއެވެ. ގދ. އަތޮޅު މަދަރުސާ 1985 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާއިރު، މިހާދިގުމުއްދަތަކާއިއަޅާބަލާއިރު އެކަށީގެންވާވަރުގެ ކުރިއެރުމެއް ސްކޫލަށް ދައްކައިދެވިފައެއް ނުވެއެވެ. މިމަދަރުސާއަށް ވުރެ މާފަހުން މާއާދައިގެ ގޮތަކަށް ފެށުނު ބައެއް ސްކޫލްތަކުގައި މިހާރުދަނީ އޭލެވެލް ފެންވަރަށް ކިޔަވައިދެއްވުމަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް ގދ. އަތޮޅު މަދަރުސާ ކުރިއަށް ދިޔުމުގެ ބަދަލުގައި ހައްތާވެސް ފެންނަނީ އޭޕީ ސްކޯރ ދަށަށް ދާތަނެވެ. އެހެންކަމުން މަދަރުސާގައި ހުރި މައްސަލަތައް ފާހަގަކޮށް އެންމެން ގުޅިގެން މިމައްސަލަތައް ހައްލުކޮށް ރަށުގެ ކުދިންނަށް ފެންވަރު ރަނގަޅު ތައުލީމެއް ދޭން އެބަޖެހެއެވެ. ބެލެނެވެރިންގެ މައްސަލަތަކެއް ވާނަމަ ކައުންސެލިންގ ދީގެން ނަމަވެސް ބެލެނެވެރިން ހޭލުންތެރިވާން އެބަޖެހެއެވެ. އަދި މުދައްރިސުންނާއި މެނޭޖްމެންޓްގެ މައްސަލަތަކެއްވާނަމަ މިކަންތައްވެސް ބަލައި މިކަމަށް ހައްލެއް ހޯދަންޖެހެއެވެ. ދަރިވަރުންގެ އަޚްލާގީ މިންގަނޑުވެސް ފެންނަފެނުމާއި އިވޭ އަޑުތަކަށް ބަލާއިރު މާ ރަނގަޅު ހެނެއް ހިއެއް ނުވެއެވެ. އިލްމު އުނގެނުމުގެ ފުރަތަމަ ތަޅުދަނޑިއަކީ ރަނގަޅު އަޚްލާގެއްގެ ވެރިބަޔަކަށް ވީހިނދު މުދައްރިސުންނާއި ބެލެނެވެރިން ވެސް އަމަލީ ގޮތުން މިނަމޫނާދައްކައިދީގެން ނޫނީ މިކަން ހައްލުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.