Gadhdhoo Online
Gadhdhoo Online
ގައްދޫ ޒާހިރު ހުވަދު އަތޮޅުގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތައް ހާމަކޮށްފި
										<description>ގައްދޫ ޒާހިރު ހުވަދު އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދީފައިވާކަން ގަބޫލުކުރަން. އެކަމަކު ބައްލަވާ ގައްދުއަށް މިހުރިހާ ދުވަހަކު ޒާހިރު ކޮށްދީފައިވާ ކަންތައްތަކަކީ ނިސްބަތުން މާބޮޑެތި ޚިދުމަތްތަކެކޭ ނުދެންނެވޭނެ. ގައްދުއަކީ ޒާހިރުގެ އުފަންރަށް. އެހެންވީއިރު ގައްދުއަށް ނުކޮށްދޭ ކަންތައްތަކެއް އެހެންރަށްތަކަށް ކޮށްދީފައިވާ ކަމުން ދޭހަވަނީ ގައްދޫއާއި ދޭތެރޭގައިޒާހިރުގެ ހިތުގައި މާބޮޑު އަހަމިއްޔަތު ކަމެއް ދީފައިނެތްކަން. އެހެންނަމަވެސް މަޖިލީހަށް ހޮވާއިރު ބަލަންޖެހޭނީ ކޮންމެހެން އަމިއްލަ ޖީބުން ކޮށްފައިވާ ކަންތައްތަކަށެއްނޫން. އޭގެ ބަދަލުގައި މަޖިލިސް ފްލޯގައި ކުރަމުންދާ މަސައްކަތްތަކަށް ބެލުން މުހިއްމީ. -ހުސެން-</description>
abdulla saleem
										<description>ކަލަގޮވުމުގެ އާ ސްޓައިލެއްބާ!! މިފަހަރު މަޖިލިސް ގޮނޑި އަކީ ކުރިން ކޮށްދިން ކަންތައްތަކަށް ހަދިޔާ އަކަށް ނުހައްދަވަމާތޯ!! ހުސެން ބުނިހެން މަޖިލީހުގައި ކުރެވުނު ކަންތައްތައް ހާމަކުރަން މާރަގަޅު! ޒާހިރު ގައްދޫގައި ބަނދަރެއް ހެއްދެވިކަން ނުދެނެހުރިން!! (ސާފުކޮށްލަދެއްވުން އެދެން). ކޮށްދެއްވާފައިވާ ކަންތައްތަކަކީ ޒާހިރު އާދަމް ކަހަލަ މުއްސަންޖަކަށް ރައްޔިތުން ތަކަކަށް ކޮންމެހެން ކޮށްދެއްވަން ލާޒިމް ކުރާ ކަހަލަ ކަންތައް. މިސާލަކަށް ފަގީރުން ނަށް ސްކޫލް ޓެކްސްޓް  ފޮތް ބެހުން. -ސަސް-</description>
										<description>ތިބުނާކަންކަމަކީ ބޭނުންޖެހިފައިވާ ފަރާތްތަކަށް ފައިސާވެރިންކޮށްދޭންޖެހޭކަންކަން. އެގޮތުން ޒާހިރަކީ ވަރަށް ބޮޑެތި އެހީތެރިކަމެއްވަމުން އަންނަ މީހެއް. އެހެން ނަމަވެސް ވޭތުވެދިޔަ 5 އަހަރުތެރޭގައި ކުރާނެކަމަށް ބުނެފައިވާ އެއްވެސްކަމެއް ކޮށްދީފައި ނުވޭ. އެހެން ނަމަވެސް އެކަމަށް ޝަކުވާކުރާކަށް ބޭނުން ނުވޭ. މަޖްލިސް މެމްބަރެއްގެ ހައިސިއްޔަތުން ޒާހިރުކޮށްދިން ކަންކަން ގެނެސްދޭންޖެހޭނެ. އަހަންނަށް ފާހަގަކުރެވޭ އެއްވެސްކަމެއް ޒާހިރު މަޖްލިސް ފްލޯގައި ގައްދޫއަށް ކޮށްދީފައި ނުވޭ. މަޖްލިސް މެމްބަރކަމަށް ކުރިމަތިލާ މީހަކީ ފައިސާއިން ބޮޑެތި ޚަރަދުތައްކޮށްފައިވާ އަދި ކުރާނެ މީހަކަށް ވާކަށް ނުޖެހޭ. އަހަރުމެން ބޭނުންވަނީ ހަގީގީ މެމްބަރެއް. ރައްޔިތުންގެ ޙައްގުގައި ވަކާލާތުކުރެވޭނެ ގާބިލު މެމްބަރެއް. މަޖްލިސް ފްލޯގައި އެހެން މެމްބަރުންގެ މަލާމާތް ރައްދުނުވާނެ މެމްބަރެއް. - ޒާހިރުބެ -</description>
										<description>ކަރަންޓްލުން ފިޔަވައި ގައްދޫއަށް އިޖްތިމާޢީ ގޮތުން ޒާހިރު ކަންތައް ތަކެއް ކޮށްދީފައެއްނެތް. މުއްސަނދިން ކިބައިން އެދެނީ އިޖްތިމާޢީ ތަރައްގީ ގެނެސްދިނުން. ހިތާމައާއި އެކު ފާހަގަކޮށްލަން ބޭނުންވަނީ ޒާހިރުއާއި ހުރެ ރަށު ރައްޔިތުންގެ މެދުގައި އެއްބައި ވަންތަކަން ނެތެމުންދާކަން.</description>
										<description>ކީއްވެބާ ޒާހިރު މިހިނގާ ރައްޔިތުންގެ މަޖިލިހުގެ 5 އަހަރަށް ކުރިމަތިލިއިރު ރައްޔިތުންނަށްވެފައިވާ ވައުދު ފުއްދައިނުދިން ސަބަބު ޒާހިރުގެ ކެމްޕޭން ޓީމުން ރައްޔިތުންނަށް އަންގައިނުދިނީ. ޒާހިރަކީ ވައުދު ނުފުއްދާ މީހެއް. ދެވަނަ ފަހަރަށް ރައްޔިތުންގެ ކުރިމައްޗަށް އަންނައިރު ކުރީގައި ކޮށްފައިވާ ވައުދު ތަކުގެ މަތިން ހަނދާންނެތުނީބާ؟</description>
										<description>ވާދުއަށް ދިން ޖެނެރޭޓަރާއި ހެދި އަޅުގަނޑުމެންގެ މުޅި މުސްތަގްބަލް ޒާހިރަށްޓަކައި ގުރުބާން ކުރަންޖެހޭބާ؟ އަޅުގަނޑުމެންނަށް ދިން ޖެނެރޭޓަރަށްޓަކައި ޒާހިރަށް ޝުކުރުވެރިވަން. އެހެންނަމަވެސް އަޅުގަނޑުމެންގެ ވޯޓް މިކަމާއި ހެދި ޒާހިރަށް ދޭންވީތޯ ސުވާލު އުފެދޭ. މަޖިލިހުގައި މިދިޔަ 5 އަހަރު ޒާހިރު މަސައްކަތް ކޮށްފައިވާ ގޮތާއިމެދު އަޅުގަނޑުމެން ހިތްހަމަ އެއް ނުޖެހޭ. -ވާދޫ މީހާ-</description>
abdulla saleem
										<description>ޒާހިރު ކޯއްޗެއް ބޭނުން ވެގެންތަ މި އުޅެނީ؟ ކީއްކުރަން ހޫނުކުރާ ގޮނޑިއެއް.!! ލާރި އެބަހުރި! ރައްޔިތުންނާ ބައިވެރިވެގެން ހަމަޖެހިލައިގެން ގޭގަ އިންނަންވީނު!! ކޮން ސަކަރާތެއް ޖަހާކަށް! މީހުންގެ ބަދު ދުޢާ އާއި ހުތުރު ބަސް ރައްދުވާ ކަންތައްތަކާއި ދުރުވެ އުޅެން  ޒާހިރަށް ނަސޭހަތްތެރިވަން!!</description>
										<description>އަހަރުމެންނާއި ދިމާލަށް ކާއެތިކޮޅަށް ހެއްލޭ ކުކުޅުހާ ފަދަ ބައެއްކަމަށް ބުނެފައި ހުރި މީހަކު އަލުން މަޖްލީހަށް ހޮވަން އަހަރުމެން ބޭނުންވާނެތަ؟ އަހަރުމެން ޒާހިރު މަޖްލީހަށް ހޮވީ ކޮންފަދަ އުންމީދެއްގައި؟ އެކަމަކު އެންމެ ކުޑަމިނުން ގައްދޫ ކައިރީގައި އަޅާ އެއަރޕޯޓާއި، ނަރުދަމާ ނިޒާމްގެ މައްސަލާގައި ވެސް މަޖްލިސް ފްލޯގައިވެސް، އަދި ސަރުކާރަށް ޕްރެޝަރ ކޮށްގެން ވެސް އެއްވެސް ކަމެއް ކޮށްފައިނުވޭ.  އަދި ކުރަންބުނި އެއްވެސް ކަމެއް ނުކޮށްދޭ. އަދި ވެސް އަހަރުމެން ވީ އޭނަ ހޮވަންތަ؟ ނުވާނެ ތިކަމެއް ދެން.</description>
										<description>އަހަރުމެން ބޭނުމީ ފައިސާއިން ރައްޔިތުން ހައްލާކަހަލަ މީހެއް ނޫން އަހަރުމެން ބޭނުމީ ޤާބިލް މީހެއް، ތަޢުލީމީ ޒުވާނުން، އަހަރުމެންގެ ރަށް ތަމްޞީލް ކުރުމަށްޓަކައި މަޖްލީހުގައި މުސާރަދީފަ ބައިންދަން ބޭނުމީ މަޖުލީހުގައި ރަށް ތަމްޞީލު ކުރެވޭނެ ފަދަ މީހެއް. ތާކުން ތާކު ނުޖެހޭ މީހެއް ނޫން. ޒާހިރު އަކީ ޤާބިލް މީހެއް ނޫން</description>
Ahmed
										<description>ފާއިތުވެދިޔަ ފަސްއަހަރުގައި ގައްދުއަށްދިމާވެފައިވާ އެއްމެ ބޮޑު މުސީބާތަކީ ގައްދޫގެ އެތައް ދަރީންތަކެއް މަސްތުވާތަކެތީގެ ވަބާގައިޖެހި ހަލާކުވެދިޔުން.. ބޮޑު ޒާހިރު މިވަބާއިން އަހަރެމެންގެ ދަރީން، ބޭބެއިން، ކޮއްކޮމެން ސަލާމަތް ކުރުމަށް ކުރި އެއްމެ ކަމެއްވެސް ނެތް. ވީމާ ޒާހިރުއަށް ނެތް އެއްވެސް ކަމެ ގައްދު އަށް ކުރެވިފަ. ގައްދޫ ދަރީން މިވަބާއިން ސަލާމަތް ކުރުމަށް މަސައްކަތް ކުރާނެ ކޮންމެ ދިވެއްސަކަށް ވޯޓު ހައްގު</description>
<description>Gadhdhoo Online</description>