Gadhdhoo Online: ގައްދޫ ޒާހިރު ހުވަދު އަތޮޅުގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތައް ހާމަކޮށްފި ގައްދޫ ޒާހިރު ހުވަދު އަތޮޅުގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތައް ހާމަކޮށްފި ================================================================================ Solih Ahmed on 16 March, 2009 06:18:00 ގައްދޫ/ވާދޫ ދާއިރާއަށް އަމިއްލަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓެއް ކަމުގައިވާ ގައްދޫ ލޮނަދޫގެ ޒާހިރު އާދަމް އޭނާއާއި ބެހޭ ތަޢާރަފަކާއި އަދި އޭނާ ހުވަދު އަތޮޅުގެ ރައްޔިތުންނަށްޓަކައިކޮށްދީފައިވާ ޚިދުމަތްތައް ހާމަކޮށްފިއެވެ. ޒާހިރު އާދަމް ގެ ތަޢާރަފެއްގެ ގޮތުން އޭނާ ހާމަކޮށްފައިވާ ކަންތައްތަކާއި އަދި ހުވަދު އަތޮޅުގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ތިރީގައި މިވަނީއެވެ. ޒާހިރާއިބެހޭ ތައާރަފް/ކާމިޔާބީތައް * ތަފާތު ރޮނގުރޮނގުން މަސައްކަތް ދަސްކޮށްފައިވާ ހީވާގި ކެރޭ މަސައްކަތްތެރިއެއް * އިންޖިނިއަރިން ދާއިރާއިން ތައުލީމް ހާސިލްކުރުމާއި އެކު އެރޮނގުން ގިނަގުނަ ކާމިޔާބީ ހާސިލްކޮށްފައިވޭ. * ދިވެހިރާއްޖޭގެ އެންމެފުރަތަ ސަފާރީ އުޅަނދު ކަމަށްވާ ދަންޑަހެލުގެ ކެޕްޓަންކަން. * ޗީފްއިންޖިނިއަރ އަދި މެނޭޖަރކަންކޮށް ތަޖުރިބާ ލިބިފައިވޭ. * 1979 ގައި އޮޅުވެލި ޓޫރިސްޓް ރިސޯޓް އުފައްދާ އޮޕަރޭޓް ކުރަންފެށި * 1981 ގައި ދިގުފިނޮޅު ޓޫރިސްޓް ރިސޯޓް އުފެއްދި. * 1991 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހުސްވި ގދ. ގޮނޑީގެ ބައިއިލެކްޝަންގައި ބައިވެރިވެ ކާމިޔާބީ ހޯއްދެވި. * 2000 ގައި ރާއްޖޭގައި އެހާތަނަށް އުފެއްދި އެންމެ ބޮޑު ހިސްޓްރިކަލް ސަފާރީ "ނޫރާނީ ކުއީން" އަމިއްލަ އަށް ޑިޒައިންކޮށް އޭގެ ހުރިހާ އިންޖިނިއަރިން މަސައްކަތް ފުރިހަމަކޮށް އަމިއްލަ އުފެއްދުމެއްގެ ގޮތުގައި ތައާރަފްކުރި. * ރިސޯޓް ކުއްޔަށްދީފައިވީނަމަވެސް ވިޔަފާރީގެ ރޮނގުން މިހާރުވެސް ގިނަގުނަ މަސައްކަތްތައް ކުރަމުންދޭ. * މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލިސްގެ ގދ. އަތޮޅުގެ މެމްބަރުވެސްމެ. ޒާހިރު ހުވަދު އަތޮޅުގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތައް * 1982 ގައި ގައްދޫގައި ފުރަތަމަ ފަހަރަށް ކަރަންޓުގެ ޚިދުމަތް ދެވުނު. * 1992 ގައި ފުޅާދާއިރާއެއްގައި ދެވަނަ ފަހަރަށް ކަރަންޓުގެ ޚިދުމަތް ދެވުނު. * 1992 ގައި ހުކުރު މިސްކިތުގައި ތަށިމުށި ޖެހުނު. * 1993 ގައި ގައްދޫ، ރަތަފަންދޫ، މާތޮޑާގެ މިސްކިތްތަކުގައި ސައުންޑް ސިސްޓަމް ބަހައްޓައިދިނުން. * 2004 ގައި ސުނާމީގައި ހާލިގައި ޖެހުނުފަރާތްތަކަށް ސަރުކާރަށްވުރެކުރިން އެހީފޯރުކޮށްދީފައިވޭ. * 1995 ގައި މަޑަވެއްޔަށް 25 ކޭ.ޑަބްލިއު.ޔޫގެ ޖެނެރެޓަރެއް ހަދިޔާކޮށްދީފައިވޭ. * 2005 ގައި ރަތަފަންދޫ ޕްރީ ސްކޫލަށް ކޮމްޕިއުޓަރެއް ހަދިޔާކޮށްދީފައިވޭ. * 2006 ގައި ވާދުއަށް 160 ކޭވީއޭގެ ޖެނެރޭޓަރެއް ހަދިޔާކޮށްދީފައިވޭ. * 2006 ގައި ގދ. އަތޮޅު މަދަރުސާއަށް 2 ކޮމްޕއުޓަރު ހަދިޔާކޮށްދީފައިވޭ. * 2007 ގައި ފަރެސް/މާތޮޑާއަށް 120 ކޭވީއޭގެ ޖެނެރޭޓަރެއް ހަދިޔާކޮށްދީފައިވޭ. * 2007 ގައި ރަތަފަންދޫއަށް 60 ކޭވީއޭގެ ޖެނެރޭޓަރެއް ހަދިޔާކޮށްދީފައިވޭ. * 2007 ގައި ރަތަފަންދޫއަށް 200'*200' ގެ ބަނދަރެއް ހަދިޔާ ކޮށްދީފައިވޭ. * 2007 ގައި ގދ. އަތޮޅުމަދަރުސާގެ އޮފީސް ބްލޮކާއި ސްޓާފް ރޫމްގައި ތަށިމުށި ޖަހާދީފައިވޭ. * 2007 ގައި ތިނަދޫ އަތޮޅު ތައުލީމީ މަރުކަޒަށް 8 ކޮމްޕއުޓަރ ހަދިޔާ ކޮށްދީފައިވޭ. * 2007 ގައި ރަތަފަންދޫ ސްކޫލަށް 6 ކޮމްޕއުޓަރ ހަދިޔާކޮށްދީފައިވޭ. * 2007 ގައި ރަތަފަންދޫ ޕްރީ ސްކޫލްގެ ޓީޗަރުންގެ މުސާރަ ދިނުމަށްޓަކައި ފައިސާގެ އެހީވެދީފައިވޭ. * 2007 އިންފެށިގެން ދަތުރުފަތުރުގެ ލުއިފަސޭހަކަން ރައްޔިތުންނަށްޓަކައި ފޯރުކޮށްދިނުމުގެ ގޮތުން ފެރީގެ ޚިދުމަތް ދެމުން ގެންދޭ. * 2008 ގައި ގައްދޫ ރ.ކ. ކޮމިޓީއަށް 12 އެގްޒެކެޓިވް ގޮނޑި ހަދިޔާކޮށްފައިވޭ. * 2008 ގައި ހޯޑެއްދޫ ސްކޫލަށް ކޮމްޕިއުޓަރެއް ހަދިޔާ ކޮށްފައިވޭ. * 2008 ގައި މަޑަވެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 1 ކޮމްޕިއުޓަރު ހަދިޔާކޮށްފައިވޭ. * ގދ. ނަޑެއްލާގައި ކޮމްޕިއުޓަރ ލެބެއް ގާއިމްކުރެވި ނިމެމުންދަނީ. * ފަރެސް މާތޮޑާގައި އިޖްތިމާއީ މަރުކަޒެއް އެޅުމަށްޓަކައި އެހީތެރިވެދިން. * އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކަށް ސްކޫލްގެ ފޮތްލިސްޓުގެ ޚިދުމަތް 15 ވަރަކަށް އަހަރަށްވުރެ ގިނައިން ދެވިފައިވެއެވެ. ޒާހިރުގެ ތަޢާރަފަކާއި އަދި ގދ. ގެ ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ ޚިދުމަތްތައް ހާމަކޮށްދީފައިވީ ނަމަވެސް ޒާހިރު މަޖިލިހަށް ހޮއްވަވައިފިނަމަ ގައްދޫ/ވާދޫގެ ތަރައްގީއަށްޓަކައި ކޮށްދޭނެ ކަންތައްތަކެއް އަދި މިހާތަނަކަށް ހާމަކޮށްފައެއް ނުވެއެވެ.