Gadhdhoo Online: ޝީގެ ފަރާތުން ތެލިސީމިޔާ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި ޝީގެ ފަރާތުން ތެލިސީމިޔާ ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި ================================================================================ fanditha on 21 March, 2009 09:37:00 ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ) ގެ ފަރާތުން ތެލެސީމިޔާ އަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިމަހުގެ 20 ވަނަ ދުވަހު ގައްދޫގައި ގައި ބާއްވައިފިއެވެ. މި ޕްރޮގްރާމްގައި ގައްދޫގެ އެކި އުމުރު ފުރާތަކުގެ ޒުވާނުން ތެލެސީމިއާއަށް ޓެސްޓް ކޮށްފައިވެއެވެ. ތެލެސީމިއާ ނުވަތަ ލޭ އަޅާބަލި ރާއްޖޭގައި ކަންބޮޑުވާހާ ދަރަޖައަކަށް ފެތުރިފައިވާ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ. މިޕްރޮގްރާމް ހުވަދު އަތޮޅުގެ އެކިރަށްރަށުގައި ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުލިބިފައިވެއެވެ.