Gadhdhoo Online: އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދުކުރާކަމަށް ސޮއިކޮށްފައިވާ މީހުންގެ ނަންތައް އާންމުކޮށްފި އަމިއްލަ ކެންޑިޑޭޓުންނަށް ތާއީދުކުރާކަމަށް ސޮއިކޮށްފައިވާ މީހުންގެ ނަންތައް އާންމުކޮށްފި ================================================================================ fanditha on 31 March, 2009 03:01:00 ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބަށް އަމިއްލަ ގޮތުން ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާކަމަށް ސޮއިކޮށްފައިވާ މީހުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ. މިގޮތުން ގައްދޫ ދާއިރާއިން އަމިއްލަކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބްގައި ވާދަކުރައްވަނީ 3 ކެންޑިޑޭޓެކެވެ. މި ކެންޑިޑޭޓުންނަކީ: 1) އަހުމަދު ރަޝީދު (ބަގީޗާ ރަޝީދު) 2) ޒާހިރު އާދަމް (ގައްދޫ ޒާހިރު) 3) މުހައްމަދު ޒާހިރު (ޖަމީލާ ޒާހިރު) އެވެ. ގައްދޫ ޒާހިރަށް ތާއީދުކުރައްވާ ކަމަށް ޖުމްލަ 74 ފަރާތަކުން ސޮއިކޮށްފައިވާއިރު ބަގީޗާ ރަޝީދަށް ތާއީދުކުރައްވާކަމަށް 67 ފަރާތަކުން ސޮއިކޮށްފައިވެއެވެ. ޖަމީލާ ޒާހިރަށް ތާއީދު ކުރައްވާކަމަށް ސޮއިކޮށްފައިވަނީ ޖުމްލަ 98 ފަރާތަކުންނެވެ. މިކެންޑިޑޭޓުންނަށް ތާއީދުކޮށް ސޮއިކުރައްވާފައިވާ ފަރާތްތަކުގެ ލިސްޓް، އެޓޭޗްމެންޓްސް ބައިން ޑައުންލޯޑްކުރައްވާ!