Gadhdhoo Online: ގައްދޫ ފެނަށް ޖެހުމުގެ ސަބަބުން ސަރުކާރުން ބޯފެނުގެ ޝިޕްމެންޓެއް ގެނެސްފި ގައްދޫ ފެނަށް ޖެހުމުގެ ސަބަބުން ސަރުކާރުން ބޯފެނުގެ ޝިޕްމެންޓެއް ގެނެސްފި ================================================================================ fanditha on 07 April, 2009 04:23:00 ގިނަދުވަސްތަކެއް ވަނެދެން ގައްދުއަށް ވާރޭނުވެހި އޮތުމުގެ ސަބަބުން ރައްޔިތުން ފެނަށް ޖެހިފައިވާތީ އެކަން ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ގައްދުއަށް ބޯފެން ގެނެސްފިއެވެ. މިގޮތުން އިއްޔެ ގައްދުއަށް 100000 ލީޓަރުގެ ފެން ދޯންޏަކުން ގެނެސްފައި ވާކަމަށާއި، އިތުރު 100000 ލީޓަރުގެ ފެން ގެންނަގޮތަށް ހަމަޖެހިފައިވާ ކަމަށް ގައްދޫ ކަތީބު އިސްމާއީލް ޝަމީމް މައުލޫމާތު ދެއްވިއެވެ. އެހެންނަމަވެސް ފެން ގެނައިދުވަހު ގައްދުއަށް ގިނަ އަދަދެއްގެ ވާރޭ ވެހުމުގެ ސަބަބުން މިހާރު އެއަދަދަށް ފެންބޭނުންވާނެކަމަށް ހީފުޅުނުވާ ކަމުގައިވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ. ގައްދޫގައި ފެނަށް ދަތިވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ފެންޕްލާންޓެއް ހުރި ކަމުގައިވިޔަސް އޭގެ އެދެވޭ ފައިދާއެއް ރައްޔިތުންނަށް ލިބެމުންނެއް ނުދެއެވެ.