Gadhdhoo Online: ގައްދޫ ދިރާގުގެ ފައިނޭންސް އެންޑް ސޭލްސް އޮފިސަރކަމުގެ މަގާމަށް ކުއްޖަކު ހޯދުމަށް އިއުލާންކޮށްފި ގައްދޫ ދިރާގުގެ ފައިނޭންސް އެންޑް ސޭލްސް އޮފިސަރކަމުގެ މަގާމަށް ކުއްޖަކު ހޯދުމަށް އިއުލާންކޮށްފި ================================================================================ hoffman on 19 April, 2009 11:48:00 ގައްދޫ އޮޕަރޭޝަންސް ސެންޓަރ ގެ ފައިނޭންސް އެންޑް ސޭލްސް އޮފިސަރ ކަމުގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ. މިވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ގައްދޫ ދިރާގުގެ ކައުންޓަރުން ކަސްޓަމަރުންނަށް ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ކަސްޓަމަރުން ހިތްހަމަ ޖެހޭފަދަ ގޮތެއްގައި ވީހާވެސް ރަނގަޅަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. މިމަގާމަށް ކުރިމަތިލާން ބޭނުންވާ ކުދިންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ޝަރުތުކޮށްފައިވާ ކަންކަމަކީ: 1) އިނގިރޭސި އާއި ހިސާބުން ޖީސީއީ އޯލެވެލް ގެ ފެންވަރު. 2) މައިކްރޯ ސޮފްޓް ވޯޑް އަދި އެކްސެލް އިން މަސައްކަތް ކުރަން އެނގުން. 3) އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގުމާއި ލިޔަން އެނގުން. 4) ހިތްހެޔޮ، މަޑުމައިތިރި، އަދި ކެތްތެރިކަން ލިބިފައިވާ މީހެއްކަމުގައި ވުމާއި ޓީމަކާއި އެކީގައި ގިނައިރު މަސައްކަތް ކުރެވިދާނެ ފަދަ މީހަކަށް ވުން. މިމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ދާއިމީ ގޮތެއްގައި ގައްދޫގައި ދިރިއުޅުއްވާ ފަރާތްތަކަށް އިސްކަން ދެއްވާގޮތަށް ހަމަޖެހިފައިވެއެވެ. މިމަގާމަށް ކުރިމަތި ލާން އެދޭ ފަރާތްތަކުން މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 23 އެޕްރީލް 2009 އެވެ. މިމަގާމަށް ކުރިމަތިލުމަށް އެދި ދިރާގުން ކޮށްފައިވާ އިއުލާން އެޓޭޗްމެންޓްސް ބައިން ޑައުންލޯޑްކުރައްވާ!