Gadhdhoo Online: ގދ. މަގުއްދޫއިން ގެނައި ގަބުރުތަކެއް ގަމުގައި ވަޅުލުމަށް އުޅުމުން ބަޔަކު އެކަމަށް ހުރަސްއަޅައިފި ގދ. މަގުއްދޫއިން ގެނައި ގަބުރުތަކެއް ގަމުގައި ވަޅުލުމަށް އުޅުމުން ބަޔަކު އެކަމަށް ހުރަސްއަޅައިފި ================================================================================ fanditha on 25 May, 2009 02:43:00 ގދ. ގައްދޫގެ ކައިރީގައި ތަރައްގީ ކުރަމުންގެންދާ ރިސޯޓެއް ކަމަށްވާ ގދ. މަގުއްދުވާއިން ގެނައި ގަބުރުތަކެއް ގދ. ގަމުގައި ވަޅުލަން ރަށު އޮފީހުން ހަމަޖެއްސުމުން ބަޔަކު އެކަމަށް ހުރަސް އަޅައިފިއެވެ. ގަމުގައި ގަބުރުތައް ވަޅުލަން ހިތްހަމަ ނުޖެހޭ ފަރާތްތަކުގެ ތެރޭގައި އާންމުން ގެ ބައެއްމީހުންގެ އިތުރުން ރަށްކުރިއަރުވާ ކޮމިޓީގެ ބައެއް މެމްބަރުން ހިމެނޭ ކަމަށްވެއެވެ. ކޮމިޓީގެ މެމްބަރެއް މައުލޫމާތު ދެއްވި ގޮތުގައި އެމީހުން ބޮޑަށް ހިތްހަމަ ނުޖެހުނު މައްސަލައަކީ ގަމުގައި ގަބުރުތައް ވަޅުލާން ނިންމާފައިވާ ސަރަހައްދަކީ ބައެއް މީހުން ދަތުރުދާ ސަރަހައްދެއް ކަމުގެ ސަބަބުންނާއި މިފަދަ ކަމެއް ނިންމިއިރު ކޮމިޓީއާއި މަޝްވަރާކޮށްފައި ނުވުމުގެ ސަބަބުންނެވެ. " އަޅުގަނޑު މިމައްސަލައިގައި ސްޓޭޓް މިނިސްޓަރ އުމަރު ޖަމާލާއި ވެސް ގުޅިން. މިނިސްޓަރުވެސް ވިދާޅުވީ ތިކަމަކީ އެމަނިކުފާނަށް އެނގިވަޑައިގެން ކޮށްފައިވާ ކަމެއް ނޫންކަމަށް. މިނިސްޓަރު ވެސް އެހާ ހިތްޕުޅު ހަމަޖެހޭ ކަމަކަށްނުވޭ ގަމުގައި ގަބުރުތައް ވަޅުލުމަކީ" ކޮމިޓީގެ މެމްބަރު ވިދާޅުވިއެވެ. ބައެއް ފަރާތްތަކުގެ ޚިޔާލު މިމައްސަލައިގައި ތަފާތުވެފައިވީނަމަވެސް އާންމުންގެ ބައެއް މީހުންގެ ޚިޔާލުގައި ގަމުގައި ގަބުރުތައް ވަޅުލުމަކީ މާބޮޑު މައްސަލައެއް ހިމެނޭ ކަމެއް ނޫނެވެ. އެފަދަ ފަރާތްތަކުން ބުނާ ގޮތުގައި ގަމަކީ މިހާރުވެސް ގަބުރުސްތާނުތައް ތިބި ރަށެއްކަމުން އެފަދަ ގަބުރުސްތާނެއްގައި ގަބުރުތައް ވަޅުލުމަކީ މާކަ ބޮޑު މައްސަލައެއް ނޫނެވެ. ގދ މަގުއްދޫއިން ގެނައި މިގަބުރުތައް ގައްދޫގެ ގަބުރުސްތާނުގައި ވަޅުލެވިދާނެތޯ ބައްލަވާފައިވާ ކަމަށާއި އެހެންނަމަވެސް ގައްދޫގެ ގަބުރުސްތާނުގައި އެކަށީގެންވާ ޖާގަނެތުމުގެ ސަބަބުން ގަބުރުތައް ވަޅުލުން ގަމަށް ބަދަލުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މަގުއްދޫއިން ގާތްގަނޑަކަށް 300 ބަސްތާ ގަބުރު ގަމުގައި ވަޅުލުމަށް ގެނެސްފައިވާކަމަށްވެއެވެ. މިމައްސަލައާއި ބެހޭ ގޮތުންގައްދޫ ކައުންސިލަރ އަބުދުލް އަޒީޒް މުހައްމަދުގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދިމިހާތަނަށްވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.