Gadhdhoo Online: ގައްދޫ ރކ. ކޮމިޓީ އިން ދެމީހަކު ވަކިކުރައްވައި އާ ދެމެމްބަރުން އިންތިޚާބްކުރަނީ ގައްދޫ ރކ. ކޮމިޓީ އިން ދެމީހަކު ވަކިކުރައްވައި އާ ދެމެމްބަރުން އިންތިޚާބްކުރަނީ ================================================================================ fanditha on 08 June, 2009 12:55:00 ގައްދޫ ރ.ކ ކޮމިޓީ އިން 2 މެމްބަރުންވަކިކުރައްވައި އެ ދެމެމްބަރުންގެ ބަދަލުގައި ކޮމިޓީއަށް މެމްބަރުން އިންތިޚާބް ކުރުމަށްޓަކައި މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. ގައްދޫ ކަތީބް އަލްފާޟިލް އިސްމާއިލް ޝަމީމް ވިދާޅުވިގޮތުގައި ރ.ކ ކޮމިޓީންވަކިކޮށްފައިވަނީ އަލްފާޟިލާ އާއިޝަތު ޒިދުނާއާއި އަލްފާޟިލް މުހައްމަދު ޝަފީގު އެވެ. މިދެމީހުން ކޮމިޓީން ވަކިކޮށްފައިވަނީ ކޮމިޓީގެ ބައްދަލުވުންތަކަށް ގިނަދުވަސްތަކެއް ވަންދެން މިދެމީހުން ހާޒިރުވެފައި ނުވާތީ ކަމަށްވެއެވެ. އަދި މިގޮތަށް މިކަން ނިންމާފައިވަނީ ޕްރޮވިންސްގެ ނައިބް އަލްފާޟިލް މުހައްމަދު ޝަރީފް ގެ މަޝްވަރާގެ ދަށުން ކަމަށްވެސް އެނގިފައިވެއެވެ. ކޮމިޓީގެ ގަވާއިދުގައިވަނީ ޖެހިޖެހިގެން 3 ބައްދަލުވުމަށް މެމްބަރަކު ހާޟިރު ނުވެއްޖެނަމަ އެމީހަކު މެމްބަރު ކަމުން ވަކިކުރެވިދާނެ ކަމަށެވެ. ކޮމިޓީ އަށް އާ މެމްބަރުން އިންތިކާބް ކުރުމާއި ބެހޭގޮތުން ގައްދޫ އޮފީހުން ކޮށްފައިވާ އިއުލާންގައި މެމްބަރުކަމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ތައުލީމީ ފެންވަރު ބަޔާންކޮށް މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ރަށު އޮފީހަށް ސިޓީލުމަށް އަންގާފައިވެއެވެ. އާއިޝަތު ޒިދުނާ އަކީ ރ.ކ ކޮމިޓީގެ އިންތިކާބްގައި އެންމެ މަތީ ވޯޓުން ރައްޔިތުން އިންތިޚާބްކޮށްފައިވާ ފަރާތެވެ.