Gadhdhoo Online: ކެމްޕަސްގެ ފުރާޅުމައްޗަށް ގައްދޫގެ އަންހެންކުއްޖަކު ވެއްޓިއްޖެ ކެމްޕަސްގެ ފުރާޅުމައްޗަށް ގައްދޫގެ އަންހެންކުއްޖަކު ވެއްޓިއްޖެ ================================================================================ fanditha on 12 June, 2009 07:19:00 މއ. ހުރަވީގެ 5 ވަނަ ފަންގިފިލާއިން މަޖީދީ މަގުގައި ހުންނަ ކެމްޕަސްގެ ފުރާޅުމައްޗަށް ގައްދޫގެ އަންހެން ކުއްޖަކު ވެއްޓިއްޖެއެވެ. ރޭ ދަންވަރު 12:30 ހާއިރު ހިނގި މިހާދިސާގައި ވެއްޓިފައިވަނީ އުމުރުން 19 އަހަރުގެ ގައްދޫ ސަވޭރީ ފަރުޒީނާ އެވެ. ކެމްޕަސްގެ ފުރާޅުމަތިން މިކުއްޖާ ބާލައިފައިވަނީ ދިގު ހަރުގަނޑެއް ބޭނުންކޮށްގެން އެމްއެންޑީއެފްގެ މޯލްޑިވްސް ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ފަރާތުންނެވެ. ފުރާޅުމަތިން މިކުއްޖާ ބޭލުމަށްފަހު ރޭ 01:00 ހާކަންހާއިރު އައިޖީއެމްއެޗްއަށް ގެންގޮސްމިކުއްޖާއަށް މިހާރުދަނީ ފަރުވާ ދެމުންނެވެ. ބޭރުފުށުން ހަށިގަނޑު ކޮންމެވެސް ވަރަކަށް މަށައިގެންދިޔުމުގެ އިތުރުން މާބޮޑުގެއްލުމެއް މީނައަށް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިހާދިސާއާއި ބެހޭގޮތުން ފުލުހުން ވިދާޅުވެފައިވަނީ މިހާތަނަށް ބެލިބެލުމުން މިކުއްޖާ ވެއްޓެން ދިމާވެފައިވަނީ އެކްސިޑެންޓެއްގެ ސަބަބުން ކަމަށްލަފާކުރެވޭ ކަމަށެވެ.