Gadhdhoo Online: ޝެއިޚް ފަރީދް ގައްދޫ ރައްޔިތުންނަށް ދީނީ ނަސޭހަތް ދެއްވައިފި ޝެއިޚް ފަރީދް ގައްދޫ ރައްޔިތުންނަށް ދީނީ ނަސޭހަތް ދެއްވައިފި ================================================================================ fanditha on 13 June, 2009 06:59:00 ޝެއިޚް ފަރީދު މިއަދު ހަވީރު 04:00 ގައި ގައްދޫ ރައްޔިތުންނާއި ބައްދަލުކޮށް ދީނީ ނަސޭހަތް ދެއްވައިފިއެވެ. ދީނީ ނަސޭހަތް ދިނުމުގެ މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ގދ. އަތޮޅު މަދަރުސާގެ ބުރު ތެރޭގައި ހުންނަވައިގެންނެވެ. ޝެއިޚް ފަރީދުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒް ކުރައްވާފައިވަނީ ގިޔާމަތް ދުވަހުގެ ބިރުވެރި ކަމާއި ބެހޭގޮތުންނެވެ. މިނަސޭހަތް އަޑުއައްސަވާލެއްވުމަށް ރަށުގެ ވެރިންނާއި އާންމުންގެ ބައެއް މީހުން އެސަރަހައްދަށް އެއްވެފައިވެއެވެ.