Gadhdhoo Online: ގައްދޫގެ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެ. ގައްދޫގެ ބިންހިއްކުމުގެ މަސައްކަތް ނިމިއްޖެ. ================================================================================ fanditha on 07 April, 2008 10:37:00 ގައްދޫގެ ބިން ހިއްކުމާއި ކަނޑައެޅިފައިވާ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ބިންހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެމް.ޓީ.ސީ.ސީ ގެ ފަރާތުން ކުރިޔަށް ގެންދިޔަ މިމަސައްކަތް ނިމި ސައިޓް ރޫޅާލުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަދެއެވެ. މިގޮތުން ގައްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ބޭނުން ކުރި ސާމާނު ގދ. މާވެއްދޫ އެއަރޕޯޓްގެ މަސައްކަތްތައް ކުރުމަށްޓަކައި ބޭނުން ކުރާނޭ ކަމަށް މައުލޫމާތު ލިބެއެވެ. ޚަބަރު ލިބޭ ގޮތުގައި ރިވެޓްމެންޓް ޖެހުމުގެ ޕްރޮޖެކްޓް މިހާރު ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޕަބްލިކް ސަރވިސް ޑިވިޝަން އާއި ހަވާލު ކޮށް ފައެވެ. އަދި މިސައިޓަށް ވަރަށްއިތުބާރު ހުރި ގޮތެއްގައި އެނގިފައިވާ ގޮތުގައި ރިވެޓްމެންޓް ޖެހުމަށް ބޭނުންކުރާ ގާ ތައްޔާރު ކުރުމުގެ މަސައްކަތް ތިލަފުށީކައިރީގައި އޮންނަ ފަޅުރަށެއްގައި ކުރިޔަށް އެބަދެއެވެ.