Gadhdhoo Online: ޔޫތުސޮސައިޓީން ކުރިޔަށްގެންދާ ފުޓުބޯޅަމުބާރާތުގެ އިއްޔެގެ މެޗް 10-1 އިން ގެނޭޑާކާމިޔާބުކޮށްފި. ޔޫތުސޮސައިޓީން ކުރިޔަށްގެންދާ ފުޓުބޯޅަމުބާރާތުގެ އިއްޔެގެ މެޗް 10-1 އިން ގެނޭޑާކާމިޔާބުކޮށްފި. ================================================================================ ފުޅަނގި on 11 December, 2008 12:09:00 ގައްދޫ ޔޫތް ސޮސައިޓީން އިންތިޒާމް ކޮށްގެން ގައްދޫގައި މިހާރު ކުޅެމުންދާ ފުޓްބޯޅަ މުބާރާތުގައި އިއްޔެވެސް މެޗެއް ކުޅެފައި ވެއެވެ. މިމެޗްގައި ބައްދަލުކުރީ ގެނޭޑާ އާއި އޯކިޑުޓީމެވެ. ގައްދޫ ދެކުނުގޭ މުހަންމަދު ރަޝީދު ޝަރަފުވެރިކޮށްދެއްވި މިމެޗްގެ ރެފްރީ އަކީ ފަރީދުއެވެ. މެޗް ފެށިގެން ގާތްގަނޑަކަށް ވިއްސަކަށް މިނިޓާހަމައަށް ދިޔައިރު ދެޓީމުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް އޭގެފަހުގައި ގެނޭޑާގެ ކުޅުންރަގަނޅުކޮށް މެޗްގެ ފުރަތަމަހާފު ނިމުނުއިރު ފަސްލަޑުގެ ލީޑެއް ހޯދިއެވެ. ފަހުހާފު ކުޅުންފެށިގެން އޯކިޑުޓީމަށްވެސް ލަނޑުޖަހަން ފުރުސަތުލިބި އެފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކީ ގެނޭޑާ ސްކޯއިތުރުކުރަމުންދިއުމެވެ. މިގޮތުން ގެނޭޑާ ހަތްލަނޑުޖެހިއިރުވެސް އޯކިޑަކަށް ލަނޑެއްނުޖެހެއެވެ. ނަމަވެސް މެޗުގެ ފަސްދޮޅަސްވަނަ މިނިޓުގައި އޯކިޑަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ހަތަރުނަމްބަރު ފަޒުމީން އެވެ. އޭގެ ދިހަމިނިޓްފަހުން ވެސް އޯކިޑަށް ޕެނަލްޓީއެއްލިބުނެވެ. ނަމަވެސް އޯކިޑުގެ ހަތްނަމްބަރު ޖެހި މިޕެނަލްޓީ ގެނޭޑާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މިމުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދީ ގެނޭޑާގެ ނަދީމް މުހަންމަދު އެވެ. ގެނޭޑާގެ ހަތްނަމްބަރު މެއިން އޮފްދަ މެޗް ހޯދި މިމެޗް ނިމުނީ ދިހަލަނޑު އެއްލަނޑުން ގެނޭޑާ މޮޅުވެގެން ނެވެ.