Gadhdhoo Online: ގައްދުއާއި ވާދުއާއި ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެފި ގައްދުއާއި ވާދުއާއި ދެމެދު އެކުވެރިކަމުގެ މެޗެއް ކުޅެފި ================================================================================ fanditha on 24 January, 2009 12:25:00 ގައްދުއާއި ވާދު އާއި ދެރަށުގެ މެދުގައި އެކުވެރިކަމުގެ ވޮލީ މެޗެއް އިއްޔެ ބާއްވައިފިއެވެ. ގައްދޫ ޒުވާނުން އިސްނަގައިގެން ދެރަށުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމުގެ މަގްސަދުގައި ކުޅުނު މިމެޗް ސީދާ 3 ސެޓުން ކާމިޔާބްކޮށްފައިވަނީ ގދ. ވާދޫ ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ގައްދޫ އޭޝިއާ އަލްފާޟިލް އިލްޔާސް ރަޝީދެވެ. މިމެޗް ބައްލަވާލެއްވުމަށްޓަކައި ގައްދޫގެ ގިނަ ބަޔަކު ވާދުއަށް ދިޔައިރު ވާދޫގެ ގިނައަދެއްގެ ބަޔަކުވެސް މެޗްބައްލަވާލެއްވުމަށްޓަކައި ދިޔަކަން ފާހަގަކުރެވެއެވެ. މިމެޗް ކުޅުމަށްޓަކައި ގައްދޫއިން ވާދުއަށް ދިޔަ ޓީމަށާއި ބެލުންތެރިންނަށް ވާދޫރައްޔިތުން އަދާކުރެއްވި މެހްމާން ދާރީއާއި ބެހެއްޓި ގާތްކަން ގައްދޫ ރައްޔިތުން ޝުކުރުވެރިކަމާއި އެކު ފާހަގަކޮށްފައި ވެއެވެ.