Gadhdhoo Online: އަހުމަދު އުޒޭރުގެ ހަނދާނުގައި ސިކްސަސައިޑު ފުޓްބޯޅަ މުބާރާތެއް ފަށައިފި އަހުމަދު އުޒޭރުގެ ހަނދާނުގައި ސިކްސަސައިޑު ފުޓްބޯޅަ މުބާރާތެއް ފަށައިފި ================================================================================ Solih Ahmed on 22 March, 2009 01:14:00 ގައްދޫގެ ބައެއް ޒުވާނުން ގުޅިގެން ފުރަތަމަ ޓާރމްގެ ބަންދާއި ދިމާކޮށް ސިކްސަސައިޑް ފުޓްބޯޅަ މުބާރާތެއް މިމަހު 21 ވަނަދުވަހު ގައްދޫ ހުޅަނގުފަރާތު ހިއްކިބިމުގައި ބާއްވައިފިއެވެ. މިމުބާރާތް އިންތިޒާމް ކޮށް ހިންގަވާ ފަރާތަކީ ކްލަބު އެސްވެންޓާ އެވެ. މެމަރީ ޗެލެންޖް ކަޕް 2009 ގެ ނަމުގައި ބާއްވާ މިމުބާރާތަކީ މަރުހޫމް އަހުމަދު އުޒޭރުގެ ހަނދާނުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިމުބާރާތުގެ ޝަރަފުވެރި މެހުމާނަކީ ގައްދޫ ކޯޓްގެ މެޖިސްޓްރޭޓް އަލްފާޟިލް މުހަންމަދު ރާޣިބު އަހުމަދެވެ. ޝަރަފްވެރި މެހުމާނުގެ ވާހަކަ ފުޅުގައި ކުޅިވަރުގެ ރޫހާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ކުޅުންތެރިންނަށް އިލްތިމާސް ކުރެއްވިއެވެ. މިމުބާރާތަކީ 2 ގްރޫޕަކަށް ބަހާލައިގެން ކުޅެންހަމަޖެހިފައިވާ މުބާރާތެކެވެ. ކޮންމެ ގްރޫޕެއްގައި 3 ޓީމް ވާދަކުރާ މިމުބާރާތް ކުޅެން ހަމަޖެހިފައިވަނީ ޕްއިންޓް ސިސްޓަމުން މޮޅުވާ ޓީމަކަށް 3 ޕޮއިންޓް ލިބޭ ގޮތަށެވެ. ޗެމްޕިޔަން ޓީމަށް 1000 ރުފިޔާ ކަނޑައެޅިފައިވާ މިމުބާރާތް ނިމޭނީ މިމަހުގެ 28 ވަނަދުވަހު ގައެވެ. މިމުބާރާތުގެ ފުރަތަމަ މެޗުން މޮޅުވީ ޓީ. ޑަބުލިޔު. އެސް އެވެ.