Gadhdhoo Online: ގދ.އަތޮޅުމަދަރުސާގެ އިންޓަރހައުސް ވޮލީ މުބާރަތް ފެށިގެން ކުރިޔަށް އެބަދޭ ގދ.އަތޮޅުމަދަރުސާގެ އިންޓަރހައުސް ވޮލީ މުބާރަތް ފެށިގެން ކުރިޔަށް އެބަދޭ ================================================================================ Solih on 20 April, 2008 07:07:00 ގދ.އަތޮޅުމަދަރުސާގެ 5 ވަނަ އިންޓަރހައުސް ވޮލީ މުބާރަތް ފެށިގެން ކުރިޔަށް އެބަދާކަމަށް ޚަބަރު ލިބިއްޖެއެވެ. މިމުބާރާތް ކުރިޔަށް ދަނީ ސްކޫލުގެ ހަތަރު ހައުސްގެ މެދުގައެވެ. މިގޮތުން ހޮނިހިރު ދުވަހު ހަވީރު އޮތް މެޗުގައި ބައްދަލުކޮށްފައިވަނީ ރަންނަވަލޯކާއި ޖަމާލުއްދީނެވެ. ދެވަނަ މެޗުގައި ބައްދަލު ކޮށްފައިވަނީ ކުލަރަންމީބާއި ޝަނިވިރާޒާއެވެ.  މިމުބާރާތް ކުރިޔަށް ދަނީ ގދ.އަތޮޅުމަދަރުސާގެ ގޯތިތެރޭގައެވެ. މުބާރާތް ބައްލާލެއްވުމަށްޓަކައި ގިނައަދަދެއްގެ ކުދިންނާއި ބެލެނިވެރިން ކުޅޭތަނަށް ހާޟިރުވި ކަމަށް މައުލޫމާތު ލިބެއެވެ.