Gadhdhoo Online: ގދ. އަތޮޅުމަދަރުސާގެ 3 ވަނަ އިންޓަރހައުސް ވޮލީ އާއި އެތްލެޓިކް މުބާރާތުގެ ނިމުން ފާހަގަ ކޮށްފި ގދ. އަތޮޅުމަދަރުސާގެ 3 ވަނަ އިންޓަރހައުސް ވޮލީ އާއި އެތްލެޓިކް މުބާރާތުގެ ނިމުން ފާހަގަ ކޮށްފި ================================================================================ solih ahmed on 24 April, 2008 09:51:00 ގދ. އަތޮޅު މަދުރަސާގެ ތިންވަނަ އިންޓަރހައުސް އެތުލެޓިކު މުބާރާތް ވަނީ ހުސްވި މާރޗް މަހުގައި ބާއްވާފައެވެ. އެހެންނަމަވެސް މުބާރާތުގެ އިނާމު ދިނުން ލަސްކުރެވިފައިވަނީ ވޮލީ ޓޯނަމެންޓު ނިމުމުން ދެމުބާރާތަށް އެއްދުވަހަކު އިނާމުދޭގޮތަށް ހަމަޖެހިފައި އޮތުމުން ކަމަށް ސްކޫލުން މައުލޫމާތު ލިބިފައި ވެއެވެ. މިގޮތުން އެޕްރީލް 18 ވަނަ ދުވަހު ފެށުނު ވޮލީ މުބާރާތް ނިމިފައިވަނީ މިއަދު ހަވީރުގައެވެ. އަތޮޅު މަދުރަސާގެ ހަތަރު ހައުސްގެ މެދުގައި ބޭއްވުނު މިމުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ ފިރިހެން ދެޓީމާއި އަންހެން ދެޓީމެވެ. މިގޮތުން މިއަދުހެނދުނު ކުޅެފައިވާ އަންހެން ކުދީންގެ ފައިނަލް މެޗްގައި ބައްދަލުކޮށްފައިވަނީ ޖަމާލުއްދީނު ހައުސް އާއި ރަންނަވަލޯކަ ހައުސް އެވެ. މިމެޗް 2 ސެޓް 0 ސެޓުން ކާމިޔާބު ކުރީ ރަންނަވަލޯކަ ހައުސް އެވެ. އަދި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަންނަވަލޯކު ހައުސްގެ ސުހާނާ މުހަންމަދެވެ. އަދި މިއަދު ހަވީރު ވަނީ ފިރިހެން ކުދިންގެ މެޗެއްވެސް ބާއްވާފައެވެ. މިމެޗުގައި ބައްދަލުކުރީ ކުލަރަންމީބަ ހައުސް އާއި ޝަނިވިރާޒާ ހައުސް އެވެ. މިމެޗްގެ ޗެމްޕިޔަން ކަން ހޯދާފައިވަނީ ޝަނިވިރާޒާ ހައުސް އެވެ. އަދި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަނިވިރާޒާ ހައުސްގެ އަހުމަދު ރިފްޝާނު އެވެ. ކުޅިބަލަން ގިނަ ބެލެނިވެރިން ހާޒިރުވި މި މުބާރާތުގެ ޗެމްޕިޔަންކަން ހޯދި ދެ ޓީމުން ވަނީ ޗެމްޕިޔަންކަން ލިބުމުގެ އުފަލުގައި ޕިކަޕް ބުރެއްވެސް ބާއްވާފައެވެ.