ފުރަތަމަ ސަފްހާ | ފޯރަމް | ގދ. އަތޮޅުމަދަރުސާގެ ކިޔެވުމުގެ ހާލަތު ރަނގަޅުކުރުން

ގދ. އަތޮޅުމަދަރުސާގެ ކިޔެވުމުގެ ހާލަތު ރަނގަޅުކުރުން

ފޮންޓް ސައިޒް: Decrease font Enlarge font

ސްކޫލްގެ ކިޔެވުމުގެ ފެންވަރުވަނީ ހީވެސް ނުކުރާފަދަ ދަށުދަރަޖައަކަށް ވެއްޓިފައި

ގދ. އަތޮޅުމަދަރުސާ އަކީ 1985 ވަނަ އަހަރު ވުޖޫދަށް އައި ގައްދޫގެ ގިނަ ދަރިންތަކެއް ތައުލީމް ހާސިލްކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މަދަރުސާއެކެވެ. މަދަރުސާގެ ހާލަތު މަޑުމަޑުން ގޯސްވަމުން އައިސް މިހާރުވަނީ ހީވެސް ނުކުރާހާ ދަށު ދަރަޖައަކަށް ވެއްޓިފައެވެ. މަދަރުސާ އިން އޯލެވެލް ހެދުމަށް ފަހު ނުކުންނަ ގިނަ ދަރިވަރުންނަކީ ތައުލީމީގޮތުން އެކަށީގެންވާ ނަތީޖާއެއް ހާސިލް ނުކުރެވޭ ކުދިންނެވެ. އެހެންކަމުން ސްކޫލަށް ދިމާވެފައިވާ ހާލަތު ބަދަލުކުރުމަށްޓަކައި އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ވެސް ޒިންމާތަކެއް ވާކަން ގަބޫލްކުރަން ޖެހެއެވެ. މިހާލަތު ބަދަލުކުރުމަށް ގައްދުއަށް އުފަން ދަރިން ބޭނުންވެފައިވާ މިންވަރު މި ސައިޓްގެ ލިޔުންތަކަށް ފޮނުއްވަމުންދާ ޚިޔާލުތަކުން ވަރަށް ރަނގަޅަށް ވަޒަންކުރެވެއެވެ.

ސްކޫލަށް ލިބޭ ކޮންމެ ރީތި ނަމަކީ ހަމަ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ލިބޭ ރީތި ނަމެކެވެ. ގައްދޫގެ ދަރިން މާލޭ ސްކޫލްތަކުން ފަޚުރުވެރި ނަތީޖާތައް ހާސިލްކުރަމުންގެންދާއިރު ގައްދޫގެ މަދަރުސާއިން ނުކުންނަ ދަރިވަރުންނަކީވެސް އެހާމެ ފަޚުރުވެރި ކާމިޔާބީތައް ހާސިލްކުރާނެ ދަރިވަރުންތަކަކަށް ހެދޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ. މަދަރުސާގައި ކިޔަވައިދޭ މުދައްރިސުންނާއި، ބެލެނެވެރިން އަދި މެނޭޖްމެންޓްގެ މައްސަލަތަކެއް ވާކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އެހެންކަމުން މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި އަދި އެކުލަވާލަންޖެހޭ ޕްލޭން ތައްޔާރުކުރުމުގައި ތިޔައިން ކޮންމެބޭފުޅެއްގެ ޚިޔާލަކީވެސް ވަރަށް މުހިއްމު ހިއްސާއެއް ވާނެ ޚިޔާލުތަކަކަށް ވާނެކަން ޔަގީނެވެ.

 އެހެންކަމުން މި ޓޮޕިކަށް ތިޔަބޭފުޅުންގެ އުފެއްދުންތެރި، އޮއްޓަރުހުރި ޚިޔާލުތައް ފޮނުވުމުގެ ދޮރު މިފޯރަމް މެދުވެރިކޮށް އާންމުކޮށް ހުޅުވާލަމެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (13 ލިބިއްޖެ):

  28 April, 2011 03:29:42
avatar
ސްކޫލް ގެ ހާލަތު ރަގަޅު ކުރެވޭނީ ޓީޗަރުން ގެ ފެންވަރު ނެއްތާގަ ދަރިވަރުން ގެ ކުރިމަތީގައި ބިޓު ހިއްލުން ވެސް ހުއްޓާލެވިގެން..
ކނގ
ބަރާބަރު ސަކަރާތް
15
  27 October, 2010 01:55:13
avatar
ރަށްޔިތުން ނާ ދިމާލަށް އިގިލި ދިގުކޮށްލެވޭކަށް ނެތް އިސްލާހު ކުރަންވީ ރަށުގެ ހުރިހާ ދާއިރާ އެއްގަ އިސް ކޮއް ތިބި ވެރިން

= ފަނޑުނުވާ =
ބަރާބަރު ސަކަރާތް
-19
  13 July, 2009 02:46:03
avatar
އަޅުގަނޑު ހަމަ އެއްގޮތަކަށްވެސް ރައްޔިތުންނާ ދޭތެރޭ ކޮމެންޓް ކުރި ފަރާތްތަކާ އެއްބަހެއް ނުވާނަން. އެއީ ގައްދޫގެ ފަސްމަންޒަރު ވަރަށް ސާފުވީމަ. ގައްދޫ އަކީ މީގެ ކުރިން ވަރަށް ވާދަވެރި ރައްޔިތުން ތިބި ރަށެއް. އަދި ހަމަ އެހެންމެ އެހާ އެއްބައިވަންތަވެސް ބައެއް. ރަށަށް ކަމެއް ކުރަން ވެއްޖެއްޔާ އެއްމެން އެކަތިވާނެ..އަމިއްލަ ކަންތަކުގައި ވާދަވެރިވާނެ. އޭގެ ނަތީޖާ އޭރު ވަރަށްވެސް ރަނގަޅު ކަމަށް ފެނޭ. އެކަމަކު މިހާރު މިއޮތީ ވާދަވެރިކަން ފައިސާއަށް ބަދަލުވެފަ. އެކަކަށް ކުރިއެރުން ލިބިދާނެތީ އަނެކަކު އެކަން ހުއަޓުވުމަށް ނުކުމެ މިތިބީ. އަޅުގަނޑު ބުނަން ބޭނުންވާ އެއްޗަކީ ރައްޔިތުންނަށް ކުރީގެ ދުވަސްތައް ހަނދުމަކޮށްދިނުން މުހިންމޭ.ދެން ހަމަ އެއާއެކު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ތަކެއް ހިންގުން މުހިއްމު. ވާގޮތަކީ މިކަހަލަ ކަމެއްވެސް ކުރަނީ ޖީބަށް ގިނަ ލާރިތަކެއް ވަންނަ މަގެއް ފަހި ވީމަ. އެއީ މައްސަލައަކީ. ރަށށުގަ ތިބި ޒުވާނުންނަށް އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށްވެސް މިކަހަލަ ކަންތަކެއް ކުރަން ތެދުވެރިކަމާއެކު. ހަމަ ޔަޤީން ކާމިޔާބު ވާނެކަން.. އަތުން ލާރި ދިޔަ ކަމުގައި ވިޔަސް އެއިން ލިބޭނެ ފައިދާ މާބޮޑުވާނެ ކަމަށް ދެކެން . އަމިއްލަ ޖީބަށް ގިނަ ކުރަން ހަދައިގެން އެކަން ކާމިޔާބުވީ ކިތަށް މީހުނަށްބާ؟ ރަށުގެ ސްކޫލާ ދޭތެރޭ ބުނެލަން އޮތީ ސްކޫލް ހަލާކުކުރީ ރަށުގައި ކުރިން ކިޔަވައިދިން ޓީޗަރުންނޭ . ސްކޫލް އެމީހުނަށް ބޭނުންވިއިރު އެމީހުން ސްކޫލް ދޫކޮށް ދިޔައީ. އަމިއްލަ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށް. އެކަމަކު އަޅުގަނދުގެ ސުވާލަކީ ކިތަށް މީހުންގެ ކިތައް ދަރިން ތޯ ރަނގަޅު ތައުލީމެއް ހާސިލު ކުރީ. ހަމަ މަދު ކުއްޖެއް. އެހެންކަމުން އަޅުގަނޑު އެބޭފުޅުންނަށް ގޮވާލަން މިހާރުން މިހާރަށް ވެސް ރަށަށް އައުމަށް. ހަމަ ޔަޤީން ބަދަލުވާނެކަން ސްކޫލުގެ ހާލަތު . ރަށުގައި ތިބި ޒުވާނުންނަށް އަޅުގަނޑު ގޮވާލަން ރައްޔިތުން އެއްބައި ކުރެވޭތޯ މަސައްކަތް ކޮށްދޭށޭ. ސްކޫލް އިމާރާތް އެޅުމަށް ބިމެއް ނެތިގެން އެއިމާރާތް އެހެން ރަށަކަށް ދޭން އުޅެނިކޮށް 24 ގަޑި އިރުތެރޭގައި ބިން ހިއްކައިގެން ސްކޫލް އިމާރާތް ހޯދިހޯދުން ބޭކާރުވެގެން ގޮސްދާނޭ.
ބަރާބަރު ސަކަރާތް
1
  22 June, 2009 09:05:32
avatar
ޒިނޭކުރާ އަންހެން ޓީޗަރުން ގައްދޫ ސްކޫލްގައި އުޅޭތީ ކުދިންގެ އަޙްލާގީ ފެންވަރު ދައްވަނީ ، ޒިނޭކުރާ އަންހެން ޓީޗަރު ކައިރިއަށް ކިޔަވާ ކުދިންވެސް ދަނީ އެހެންވެ އެއީ އެންމެ ބޮޑު މައްސަލަ .
ބަރާބަރު ސަކަރާތް
1
  25 May, 2009 09:21:45
avatar
އަޅުގަނޑު ވެސް ތިކަމުގައި ކޮންމެވެސް އެއްޗެއް ބުނެލަން ބޭނުން! ދަންނަވަންތޯ އަޅުގަނޑުމެންގެ ރަށުގެ ހުރިހާ ރައްޔިތުންނަށް ހޭލުންތެރި ކުރުވުމުގެ ޕޮރުގުރާމް ތަކެއް ހިންގަން އެބަޖެހޭ ކޮންމެ ބޭފުޅަކުވެސް ވިސްނާލީމަ އެގިވަޑާއިގަންނަވާނެފަދައިން "އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންނަކީ ދޭތެރެޖެއްސުމާއި، ފިތުނަ ފަސާދައާއިގެ، ވަރަށް ބޮޑު ބައެކެވެ. މިކަމަކީ ހުސްއެކަނި މިއަދަކު ހިގާ ކަމެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ކާބަފައިންގެ ދުވަސް ވަރުން ފެށިގެންވެސް ހިނގަމުން އަންނަ ކަމެކެވެ. ވީމާ ރަށް ކުރިއެރުވުމަށްޓަކާ ނުވަތަ ރަށަށް ހެވާއި ލާބަ ހޯދަ ދިނުމައްޓަކާ އަދި އަންނަން އޮތް ޖީލު ހެޔޮގޮތުގައި ގެނައުމައްޓަކާއި، އަދި ރަށުގެ ތައަލީމާއި ސިއްހަތާއި އުމްރާނީ ތަރަށްގީ އައްޓަކާއި އަޅުގަނޑުމެންގެ ތެރެއިން ވިސްނޭ ބަޔަކު ނުކުމެ މީހުން ހޭލުންތެރިކޮށް ރައްޔިތުން އެކަތިގަޑަކަށް ހަދަމާ ހިގާށެވެ. އެއްގަލަކަށް އަރާތިބޭ، އެއްބައިވަންތަ ބަޔަކަށް ހަދަމާ ހިގާށެވެ. މިއީ މިކަމަށް އޮތް ހައްލެއް ކަމުގާ އަޅުގަނޑު ދެކެމެވެ. ޝުކުރިއްޔާ: ސައީދު
ބަރާބަރު ސަކަރާތް
0
  28 April, 2009 11:27:41
avatar
އަޅުގަނޑުމެން މިހެން ވާހަކަ ތަކެއް ދެއްކިޔަސް ނުވާނެ ރަނގަޅެއް. ކޮންމެ މީހަކުވެސް އަނެކާގެ ކުށް ދެއްކޭތޯ އުޅެނީ. އޭގެ ބަދަލުގައި ކޮންމެ މީހަކުވެސް ތިމާއަށް ސްކޫލަށްޓަކައި ކޮށްދެވުނީ ކޮންކަމެއްތޯ އަމިއްލަ ނަފްސާ ސުވާލި ކޮށްލުން މުހިންމު.ހަޤީގަތަކީ ރަށުގެ އެއްވެސް ޒުވާނަކު ސުކޫލާ ދޭތެރޭ ނުވިސްނާކަން.މިހެން ބުނާއިރު މަވެސް ޝާމިލު ވާނެ.ދެން އޮތް ވާހަކަ އަކީ ސުކޫލުގެ އިސް ދަރިވަރުންގެ ޖަމްއިއްޔާގެ ވާހަކަ. ސްކޫލުގެ އިސް ދަރިވަރުންގެ ޖަމްއިއްޔާއެއްގެ އެއްމެ މުހިންމު ކަމަކަށް ވާންޖެހޭނީ ސްކޫލަށް ޚިދުމަތް ކުރުން،އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ފެނުނީ އާއިލީ ގުޅުން ބަދަހި ކުރާ ބައެއްގެ ގޮތުގައި އެޖަމްއިއަޔާވެސް. ދެން ކިހިނެއްތޯ ރަނގަޅުވާނީ. ޝިޔާޒް
ބަރާބަރު ސަކަރާތް
3
  26 April, 2009 01:29:19
avatar
އަޅުގަނޑަށް ހީވަނީ މައްސަލައަކީ މަދަރުސާގެ ގިނަ މުދައްރިސުންގެ އިޚްލާސްތެރިކަމެއް ނެތީހެން ނުވަތަ ބައެއް ޓީޗަރުންގެ ފެންވަރު ދަށީހެން. ތަނެއް ކުރިއަރާނީ އެތަނެއްގައި މަސައްކަތް ކުރާބައެއްގެ ހިތުގައި ކުރިއަށް ދިޔުމުގެ ރޫހު ހުރެގެން. މިހާރަށްވުރެ ބޮޑަށް މުދައްރިސުންނާއި ދަރިވަރުންގެ ހަރަކާތްތައް މޮނިޓަރ ކުރަން ޖެހޭ.މިކަކުގެ ޒިންމާ ގައްދޫގެ ބެލެނިވެރީން ފުރިހަމައަށް ނަގައިގެން ނޫނިއްޔާ ރަގަޅު ނުވާނެ.
ބަރާބަރު ސަކަރާތް
23
  22 April, 2009 11:15:59
avatar
އިގިރޭސިބަސްވެސް މުހިންމު، އަޅުގަޑަށް ފެންނަ ގޮތުގައި، ކިޔަވައި ދިނުމަށް ބަދަލް ތަކެށް ބޭނުވޭ. މިސާލަކަށް، ކުލާސް ތިންފަންތި އަކަށް ބަހާލައިގެން، ހުރިހާފަންތިއަކަށް ވިސްނައިގަންނަން ފަސޭހަވާ ގޮތަށް ކިޔަވައި ދިނުން މުހިންމު. މީގެ އިތުރަށް، ދަރިވަރުންނާއި ބެލެނިވެރިންނަށް ކައުންސެލަރ އެއް ހުރުން ވަރައްމުހިންމު.. މީގެ އިތުރަށް ދަރިވަރުން ބަލާ ޓިވީ ޕްރޮގުރާމް ތައް ކޮންޓުރޯލު ކޮއްލުން ރަގަޅުވާނެ ކަމަށް ފެނޭ.. ނާސިރު އަހުމަދު
ބަރާބަރު ސަކަރާތް
31
  21 April, 2009 02:56:17
avatar
މުޢާޒުގެ ގިނަ ވާހަކަތަށް ހުރީ ހަޤީޤަތާއި ޚިލާފަށް ކަން ފާހަގަ ކުރެވޭ. ތިގޮތަށް ހަޤީގަތް ނުބަލާ ވާހަކަ ދައްކާ މީހުން ގިނަވުމުގެ ސަބަބުން ގައްދޫ ސްކޫލް މިހާ ދަށު ފެންވަރަކަށް ވެއްޓެން މިޖެހެނީ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ކޮން ގަވާޢިދެއްގައި ބާ ސްކޫލް ކުދިން 11 ނުވަތަ 12 ޖަހަންދެން ޔުނިފޯމްގައި މަގުމަތީގައި ތިބުމަށް ހުއްދަ ކޮއްފަ އޮތީ. ތިވަރު ކަމެއް ހިނގާ ނަމަ މިނިސްޓްރީ އޮފް އެދިޔުކޭޝަން ވެސް އެކަން ބަލާނެހެން ހީވަނީ. ރޭގަނޑު ކުދިން މިހާރު ސްކޫލަށް އާއްމު ކޮށް އަންނަނީ 7-8 އަށް ބައެއް ފަހަރު 09:00 ޖަހަންދެން ތިބެ ދާނެ އެކަމަކު 11- 12 ޖަހަންދެނެ ނުތިބޭނެ ކަން ޔަގީން. ދެން އަނެއްވާހަކަޔަކީ 10:30 އިން ނިމެނީ ލިމިޓެޑް ކަރިކިއުލަމް ގެ ކުދިން. އެހެންވީމާ މުޢާޒް މެން ކަހަލަ ތަޢުލީމަކީ ކޯއްޗެއްކަން ނޭގޭ މީހުން މިކަހަލަ ކަންތައްތަކަށް ފާޑު ކިޔުމަކީ ދެން ވަރަށް ބޭ އަދަބީ ކަމެއް
ބަރާބަރު ސަކަރާތް
60
  21 April, 2009 01:36:52
avatar
އަމީޒާގެ ވާހަކައަށް ތާޢީދު ކުރެވޭ، ނަމަވެސް ފޮތާ އެއްޗެހި ކިޔެވޭނީ ކިޔެވުމާކީ ކިހާ މުހިންމު ކަމެއްކަން ބަޔަކަށް އެގިގެންތާ! އަޅުގަޑުވެސް ދުވަސްކޮޅަކު ރަށުގައި ހުރުމުން ވަރަށް ރަނގަޅަށް ރަށުގެ ޙާލަތު އެނގިގެން ހިގައްޖެ ޙާއްސަ ކޮށް މަދަރުސާގެ ހާލަތު ހުރިގޮތް ފެނިފައި ހިތައްއެރީ މަދަރުސާގަ ވެރިން އުޅޭބާވައޭ، ކިޔަވާ ކުދީންގެ ޑެސްކުތަކުގައި ލިޔެފަ ހުރި ލިޔުންތައް ފެނުމުން ލަދުން ބޯފަޅައިގެންދާވަރުވި. ފަހަރެއްގަ ވެދާނެ 10ވަނަ ގުރޭޑަށް ކިޔަވައިދެނީ ހުސް ބޭރުމީހުންކަމަށްވެސް ނަމަވެސް ބޮޑުމުސާރަ ދީފައި ވެރިންއެބަތިބި، ކޮބާތޯ އެމީހުންގެ ޒިންމާ އެމީހުންގެ ޒިންމާ އަކީ 8 ގަޑި ހަމަކޮށްފަ ކެމްޕޭނު ކުރުންކަމުގައި ވާނަމަ މިއަށްވުރެން ހާލަތު ދައްވާނެ، ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު (16.04.09) ދިމާވި ގުރޭޑް 9 ނޫނީ 10 ގަ އުޅޭ ކުއްޖެއް އެއީ ގަތްގަޑަކަށް 10:30ގައި އަޅުގަޑުއެހިން މިއަދު ސްކޫލަށް ނުދަނީހޭ އެކުއްޖާ ޖަވާބުގައި ބުނީ "މިއަދަށް ނިމުނީއޭ ސްކޫލް" އަޅުގަޑު އަހައިފިން ޓީޗަރުން ނެތީހޭ ބުނީ" ހުރިހާ މާއްދާއެއްވެސް ކިޔަވައިދިނޭ" މިހިރީ މަދަރުސާގައި ކުދިން ހޭދަ ކުރާ ވަގުތު ދެން އަޅުގަޑަށް ފާހަގަ ކުރެވުނު އަނެއްކަމަކީ ދުވާލަށްވުރެން ގިނަވަގުތު ރޭގަނޑު މަދަރުސާ ގައި ކުދީން ހޭދަ ކުރާކަން ކޮންމެ ރެއަކުވެސް 11:30، 12:00 ޖަހާ އިރު ސްކޫލު ކުދީން މަގުމަތީން ޔުނިފޯމުގައި އުޅޭ ކަމީ މަދަރުސާގެ މެނޭޖްމަންޓާމެދު ސުވާލު އުފެދޭ ކަމެއް، އަދި މިފަދަ އެއްވެސް ކަމެއްގައި ބެލެނިވެރީންގެ ހޭލުނަތެރިކަން ކުޑަކަން ސާބިތުވޭ، ފަހަރެއްގަ ވެދާނެ ބެލެނިވެރިޔަކު މިފަދަ ވާހައެއްދައްކައިފި ނަމަ ކުއްޖާއަށް ވެދާނެ ގޮތަކާދޭތެރޭ ބެލެނިވެރީން ވިސްނަނީ ކަމަށްވެސް. ނަމަވެސް ކުދީން ތަރުބިއްޔަތު ކުރެވޭނީ އެކަން ކުރަން ތިބި މީހުންނަކީ އެކަމަށް އެކަށޭނެ ބަޔަކަށްވެގެން ކަން ޔަޤީން، އެއީ ބެލެނިވެރީން ކަމަށްވިޔަސް، ސްކޫލުގެ މެނޭޖަމަންޓު ކަމަށްވިޔަސް ނޫނީ ޓީޗަރުންކަމަށްވިޔަސް، މިކަކުގެ ޒިންމާ ގައްދޫގެ ބެލެނިވެރީން ފުރިހަމައަށް ނަގައިގެން ނޫނިއްޔާ ރަގަޅު ނުވާނެ ކަން ޔަޤީން.. މުޢާޒު...
ބަރާބަރު ސަކަރާތް
-56
1 2 next ޖުމްލަ: 13 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 10

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

ފޯރަމް ޓޮޕިކްތައް
ތިޔަ ފެނިވަޑައިގަންނަވަނީ 1 - 1 ޖުމްލަ 1
  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
މިލިޔުމަށް ޓެގެއް ނެތް
ރޭޓިންގ އެއް ދިނުމަށް
5.00