ގައްދޫ ސިއްހީ މަރުކަޒަށް ސްޕީޑް ލޯންޗެއް ގެނެސްފި
ލޯންޗް ގައްދޫ ޖެޓީ އަށް ކައިރި ކުރުމާއި އެކު ފުލުހުންވަނީ ލޯންޗަށް އަރައި ޗެކް ކޮށްފައި.
އިމަރޖެންސީ ހާލަތްތަކުގައި ދަތުރު ކުރުމަށްޓަކައި ގައްދޫ ސިއްހީ މަރުކަޒަށް ގަލްފް ކްރާފްޓް މަރުކާގެ ލޯންޗެއް ގެނެސްފިއެވެ. މިލޯންޗް ގެނައުމުގެ ކުރިންވެސް އެހެން ދެލޯންޗެއް ގައްދޫ ސިއްހީ މަރުކަޒަށް ގެނެސްފައި ވެއެވެ. އެހެންނަމަވެސް މިލޯންޗްތަކުގައި އަޅާފައިވާ އިންޖީނުތަކަށް ރާއްޖެއިން ސްޕެއަރ ލިބުމުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން މާކަ އެދެވޭގޮތެއްގައި ރައްޔިތުންނަށް ވަނީ ޚިދުމަތް ފޯރުކޮށް ނުދެވިފައެވެ.
ގައްދޫ ސިއްހީ މަރުކަޒަށް އަލަށް ގެނައި ލޯންޗް ގައްދޫ ޖެޓީއަށް ކައިރިކުރިތަނުން އެލޯންޗުން މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުންވަނީ ލޯންޗަށް އަރައި މުދާތައް ފާސްކޮށްފައެވެ. އަދި އޭގެން ދަތުރުކުރި ފަރާތްތަށްވެސް ގައްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްގެން ޗެކް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެމީހުންގެ އަތުން އެއްވެސް އެއްޗެއް ނުފެންނަ ކަމަށްވެއެވެ.
ގައްދޫ ސިއްހީ މަރުކަޒުގެ ލޯންޗުން އިމަރޖެންސީގެގޮތުގައި ކުރިން ދަތުރު ކޮށްދޭ ގޮތަށް ހަމަޖެހިފައިވަނީ ތެލަށްދާ ޚަރަދުގެ އިތުރަށް ތެލުގެ 50% ވަގުތުން ދައްކައިގެންނެވެ. އެހެންކަމުން ގައްދޫ އިން ތިނަދުއަށް ދަތުރެއް ކުރުމަށްޓަކައި ގާތްގަނޑަކަށް 6500/- އެއްހާ ރުފިޔާ ހޭދަކުރަންޖެހެއެވެ. މިއަދަދަކީ ނިސްބަތުން ބަލާއިރު އާންމު ފަރުދަކަށް ހިފޭވަރަށްވުރެ ބޮޑު އަދަދެއް ކަމަށް ފާހަނގަ ކުރެވެއެވެ. އެހެންނަމަވެސް އިންފްލޭޝަން ރޭޓް މަތިވަމުން ދިޔުމާއި ގުޅިގެން މިހާރު ދަތުރެއް ކޮށްދޭގޮތަށްހަމަޖެހިފައިވަނީ ތެލުގެ އިތުރުން ތެލުގެ 25% އަށްވާ ފައިސާ ކަމަށްމައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް ހުވަދު އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅު ކަމަށްވުމުގެ ސަބަބުން ގައްދޫ ރައްޔިތުން ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށްޓަކައި އަދިވެސް ވަރަށް ބޮޑު އެއްޗެއް ހޭދަކުރަންޖެހޭނެއެވެ.
ގައްދޫއިން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 30 މޭލުގެ ރާސްތާއެއް ކަނޑައްތު ކުރުމަށްފަހު އިމަރޖެންސީގެ ގޮތުގައާއި އަދި އެހެނިހެން ބަލިތަކަށް ފަރުވާ ހޯދުމަށްދާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށްޓަކައި ގައްދޫ ސިއްހީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތް މިއަށްވުރެ ރަނގަޅު ވާންއެބަޖެހެއެވެ. ހަމަ މިއާއި އެކު މިހާރުވެސް ގައްދޫ ސިއްހީ މަރުކަޒުން ފޯރުކޮށްދޭ ކިދުމަތުގެ ފެންވަރު ރަނގަޅުކޮށްނުމަށްޓަކައި ސަރުކާރުން ކޮށްދެއްވަމުން ގެންދާ މަސައްކަތްތައް ވެސް ޝުކުރުވެރިކަމާއި އެކު ގައްދޫ ރައްޔިތުން ބަލައިގަނެއެވެ.
ގައްދޫ ސިއްހީ މަރުކަޒުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވަމުން ދިޔުމަކީ ގައްދު އާއި ގައްދޫގެ ކައިރި ރައްރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެއްކަން ޔަގީނެވެ.



ގައްދޫ މީހުންނަކީ މިންވަރަށް އީމާންވާން ދަންނަ ބައެއްނޫން. އެހެންނުވާނީ ގިނަ ޒުވާނުންނަކީ ވާނުވާ ނޭގޭ މީހުން.
ކޮމެންޓްސް ފުނުއްވާ