ފުރަތަމަ ސަފްހާ | ސިއްހަތު | ގައްދޫ ސިއްހީ މަރުކަޒަށް ސްޕީޑް ލޯންޗެއް ގެނެސްފި

ގައްދޫ ސިއްހީ މަރުކަޒަށް ސްޕީޑް ލޯންޗެއް ގެނެސްފި

ފޮންޓް ސައިޒް: Decrease font Enlarge font
image ސިއްހީ މަރުކަޒުން އަލަށްގެނައި ލޯންޗް

ލޯންޗް ގައްދޫ ޖެޓީ އަށް ކައިރި ކުރުމާއި އެކު ފުލުހުންވަނީ ލޯންޗަށް އަރައި ޗެކް ކޮށްފައި.

އިމަރޖެންސީ ހާލަތްތަކުގައި ދަތުރު ކުރުމަށްޓަކައި ގައްދޫ ސިއްހީ މަރުކަޒަށް ގަލްފް ކްރާފްޓް މަރުކާގެ ލޯންޗެއް ގެނެސްފިއެވެ. މިލޯންޗް ގެނައުމުގެ ކުރިންވެސް އެހެން ދެލޯންޗެއް ގައްދޫ ސިއްހީ މަރުކަޒަށް ގެނެސްފައި ވެއެވެ. އެހެންނަމަވެސް މިލޯންޗްތަކުގައި އަޅާފައިވާ އިންޖީނުތަކަށް ރާއްޖެއިން ސްޕެއަރ ލިބުމުގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން  މާކަ އެދެވޭގޮތެއްގައި ރައްޔިތުންނަށް ވަނީ ޚިދުމަތް ފޯރުކޮށް ނުދެވިފައެވެ.

ގައްދޫ ސިއްހީ މަރުކަޒަށް އަލަށް ގެނައި ލޯންޗް ގައްދޫ ޖެޓީއަށް ކައިރިކުރިތަނުން އެލޯންޗުން މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ފުލުހުންވަނީ ލޯންޗަށް އަރައި މުދާތައް ފާސްކޮށްފައެވެ. އަދި އޭގެން ދަތުރުކުރި ފަރާތްތަށްވެސް ގައްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްގެން ޗެކް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އެމީހުންގެ އަތުން އެއްވެސް އެއްޗެއް ނުފެންނަ ކަމަށްވެއެވެ.

ގައްދޫ ސިއްހީ މަރުކަޒުގެ ލޯންޗުން އިމަރޖެންސީގެގޮތުގައި ކުރިން ދަތުރު ކޮށްދޭ ގޮތަށް ހަމަޖެހިފައިވަނީ ތެލަށްދާ ޚަރަދުގެ އިތުރަށް ތެލުގެ 50% ވަގުތުން ދައްކައިގެންނެވެ. އެހެންކަމުން ގައްދޫ އިން ތިނަދުއަށް ދަތުރެއް ކުރުމަށްޓަކައި ގާތްގަނޑަކަށް 6500/- އެއްހާ ރުފިޔާ ހޭދަކުރަންޖެހެއެވެ. މިއަދަދަކީ ނިސްބަތުން ބަލާއިރު އާންމު ފަރުދަކަށް ހިފޭވަރަށްވުރެ ބޮޑު އަދަދެއް ކަމަށް ފާހަނގަ ކުރެވެއެވެ. އެހެންނަމަވެސް އިންފްލޭޝަން ރޭޓް މަތިވަމުން ދިޔުމާއި ގުޅިގެން މިހާރު ދަތުރެއް ކޮށްދޭގޮތަށްހަމަޖެހިފައިވަނީ ތެލުގެ އިތުރުން ތެލުގެ 25% އަށްވާ ފައިސާ ކަމަށްމައުލޫމާތު ލިބިފައި ވެއެވެ. އެހެންނަމަވެސް ހުވަދު އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅު ކަމަށްވުމުގެ ސަބަބުން ގައްދޫ ރައްޔިތުން ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށްޓަކައި އަދިވެސް ވަރަށް ބޮޑު އެއްޗެއް ހޭދަކުރަންޖެހޭނެއެވެ.  

 ގައްދޫއިން ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް 30 މޭލުގެ ރާސްތާއެއް ކަނޑައްތު ކުރުމަށްފަހު އިމަރޖެންސީގެ ގޮތުގައާއި އަދި އެހެނިހެން ބަލިތަކަށް ފަރުވާ ހޯދުމަށްދާ މީހުންގެ އަދަދު ވީހާވެސް މަދުކުރުމަށްޓަކައި ގައްދޫ ސިއްހީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތް މިއަށްވުރެ ރަނގަޅު ވާންއެބަޖެހެއެވެ. ހަމަ މިއާއި އެކު މިހާރުވެސް ގައްދޫ ސިއްހީ މަރުކަޒުން ފޯރުކޮށްދޭ ކިދުމަތުގެ ފެންވަރު ރަނގަޅުކޮށްނުމަށްޓަކައި ސަރުކާރުން ކޮށްދެއްވަމުން ގެންދާ މަސައްކަތްތައް ވެސް ޝުކުރުވެރިކަމާއި އެކު ގައްދޫ ރައްޔިތުން ބަލައިގަނެއެވެ.

ގައްދޫ ސިއްހީ މަރުކަޒުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވަމުން ދިޔުމަކީ ގައްދު އާއި ގައްދޫގެ ކައިރި ރައްރަށުގެ ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ފަސޭހައެއްކަން ޔަގީނެވެ. 

     

އެޑް ކުރޭ : Add to your del.icio.us del.icio.us | Digg this story Digg

ކޮމެންޓްސް (6 ލިބިއްޖެ):

ޝިވާ   26 July, 2008 03:16:58
avatar
ގައްދޫ ސިއްޚީ މަރުކަޒު ގެ ފެންވަރު ދުވަހެއް ދުވަހަކައް ދަނީ ދަށަށް.
0
އައްޕު   27 July, 2008 09:37:45
avatar
ގައްދޫ ރައްޔިތުން ހައްދަން ލޯންޗެއް ގައްދުއައް ގެންދިޔަސް ސިއްޚީމަރުކަޒުގެ ފެންވަރު ރަނގަޅުވީކަމަށް ގަބޫލެއްނުކުރަން. ތިހާ ޚަރަދުބޮޑުކޮށް ލޯންޗުން ދަތުރުކުރުމަކީ އާދައިގެ ނިކަމެތި ރައްޔިތުންގެ ފެންވަރެއްނޫން.
0
  30 July, 2008 08:50:32
avatar
ކުޑަ ލޯނެޗެއްގެނައިމަވެސް ކަމުނުދިޔަ.ބޮޑު ލޯންޗްވެސް ކަމުނުދިޔަ؟ ހުރިހާޚިދުމަތެއް ހިލޭ ދޭންފެށީމަ ބުނާނެ މިހާރު ޚިދުމަތް ރަގަޅޭ. ބަލަޚިދުމަތް ތިމާނަ ކުރަނީ ކިހިނެއްތަ؟ ގައްދޫ ސިއްޙީ މަރުކަޒުން އާޚިމަތްތައް ދެމުން ދާއިރު ރައްޔިތުންނަށް ނުފެންނަނީތަ؟ ނޫނީ ރައްޔިތުންނަށް ފެންނަނީ އެއްލޮލުންތަ؟
ގައްދޫ މީހުންނަކީ މިންވަރަށް އީމާންވާން ދަންނަ ބައެއްނޫން. އެހެންނުވާނީ ގިނަ ޒުވާނުންނަކީ ވާނުވާ ނޭގޭ މީހުން.
0
  01 August, 2008 10:44:48
avatar
ގައްދޫ ސިއްޙީމަރުކަޒަށް މިހާރު ވަޒީފާތަކަށް ވައްދަމުންދަނީ ރަގަޅު ބައެއް ނޫން. ރަށުގައިތިބި އެންމެ ގޯސް މީހުން ވައްދަމުންދަނީ. އެމީހުން އެފަދަ އަމަލުތައް ހިންގާފާނެ. ގައްދޫ ސިއްޙީމަރުކަޒަށް މިހާރުވައްދަމުންދާ މުވައްޒަފުންނަކީ ގައްދޫ މަރުކަޒާއި އަދި ގައްދޫ ރައްޔިތުންނަށް ހުރި ބޮޑު ނުރައްކަލެއް. މިކަމާ ޒިންމާވާންޖެހޭފަރާތެއްވާނެ. ގައްދޫ ރައްޔިތުންނަށް މިކަމާމެދު ވިސްނުމަށް ގޮވާލަން
0
  02 August, 2008 12:34:09
avatar
ގައްދޫ މީހުންގެ ވިޔާނުދާ ވާހަކަ އަބަދު މިސައިޓަށް ކޮމެންޓްލިޔާ މީހުންގެ ފަރާތުން ފެންނާތީ ހިތާމަކުރަން..މިއީ އެހެންމީހުންވެސް ބަލާ ސައިޓެއް....ބުނަންތަ އެމެރިކާމީހުންވެސް އެމެރިކަނުންނޭ ކިޔާފަ ދުވަހަކުވެސް ގޯސްކޮށް ނުލިޔާނެ.. ގިނަފަހަރު ޖަގިޔާ ބުރުޝިއަރުވެސް ހުންނަނީ އެމެރިކަން ފްލޭގް އިން... ވީމާ ތަހުޒީބް ބަޔަކަށްވާން ބޭނުމިއްޔާ ތިމާގެ ބުއްދި އިސްކުރަން އަބަދުވެސް ޖެހޭނެ...ފަހަރެއްގައި މިއީ ގައްދުއަށް ހެޔޮނޭދޭ މީހަކާއިދެގެން އުޅޭ ރަށުމީހަކު ލިޔާ ވިޔާނުދާ އެއްޗެހިކަމަށްވެސް ވެދާނެ... ބުނޭ އެކަހަލަ މީހުންކައިރީ ގައްދޫއޭ ، އަދި ގައްދޫ މީހުންނޭ ކިޔާފައި ފާޑު ފާޑު ގޮތްގޮތަށް ނުލިޔާށޭ....ގައްދޫ މިޙުންނަކީ ތަނަވަސް ބަޔެއް މީގެ 40އަހަރުކުރިންފެށިގެންވެސް...ދިރިއުޅެނީ 12ފޫޓްގެ ގޮޅިއެއްލިބިގެން އެތާގައިނޫނޭ...
0
  18 August, 2008 11:06:30
avatar
ގައްދޫ ގައި ސިއްޙީ ޕްރޮގްރާމް ވަރައްމަދު ދޯ!!!!!!!!!!!
0

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ރޭޓިންގ އެއް ދިނުމަށް
0