ފުރަތަމަ ސަފްހާ | ސިއްހަތު | ގައްދޫއިން މަދިރި މަދުކުރުމަށްޓަކައި ރަށުތެރެ ސްޕްރޭ ކޮށްފި

ގައްދޫއިން މަދިރި މަދުކުރުމަށްޓަކައި ރަށުތެރެ ސްޕްރޭ ކޮށްފި

ފޮންޓް ސައިޒް: Decrease font Enlarge font
image ރަށުތެރެ ސްޕްރޭކުރުމުގެ މަސައްކަތް ކުރަމުންދަނީ

މިމަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 19 އިން 21 އާއި ހަމައަށް.

ގައްދޫގައި މަދިރީގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ އިތުރުވެފައިވާތީވެ އެކަން ހައްލުކުރުމުގެ ގޮތުން ރަށުތެރެ ސްޕްރޭ ކުރުމުގެ ހަރަކާތެއް ގައްދޫ ސިއްހީ މަރުކަޒާއި ގައްދޫ އޮފީސް ގުޅިގެން ބާއްވައިފިއެވެ.

މިމަހުގެ 19 އިންފެށިގެން 21 އާއި ހަމައަށް ކުރިއަށްގެންދިޔަ މިމަސައްކަތް ކޮންމެ އަހަރަކުވެސް 3 ފަހަރު ކުރިޔަށް ގެންދާގޮތަށް ގައްދޫ ސިއްހީ މަރުކަޒުން ޚިޔާލުކޮށްފައިވީ ނަމަވެސް ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ލަފާދެއްވާފައިވަނީ މަދިރި ރަށުތެރޭގައި ގިނަވެއްޖެނަމަ ސްޕްރޭކުރާ ގޮތަށް ކަމަށް ގައްދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާފައިވެއެވެ.

މިދުވަސްކޮޅު ގައްދޫގައި އާދަޔާޚިލާފަށް މަދިރީގެ އުނދަގޫ ބޮޑުވެފައިވާތީ ރައްޔިތުންގެ ޝަކުވާ ވަރަށްބޮޑަށް އިތުރުވެފައިވެއެވެ.

މަދިރިކޮންޓްރޯލް ކުރުމަށްޓަކައި ކުރިން ގައްދޫގައި ބޭނުންކުރަމުން އަންނަނީ ރީޖަނަލް ހޮސްޕިޓަލުގެ ފޮގް މެޝިނެއް ނަމަވެސް މިހާރު ގައްދޫ ސިއްހީމަރުކަޒަށް މެޝިނެއް ލިބިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

ފޮޓޯގައިވާ ކޯޑް ލިޔުއްވާ

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
3.67