ނިއުސް ލެޓަރ
އީމެއިލް:
ގައްދޫ ސިއްހީ މަރުކަޒުގެ ފަރާތުން ދުންފަތާއި ދުރުހެލި ކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި | ސިއްހަތު | ފުރަތަމަ ސަފްހާ

ގައްދޫ ސިއްހީ މަރުކަޒުގެ ފަރާތުން ދުންފަތާއި ދުރުހެލި ކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވަނީ

މިބައްދަލުވުމަކީ ދުނިޔޭގެ ދުންފަތުން އިސްތިޢުމާލު ނުކުރާ ދުވަހާއި ގުޅިގެން ދުންފަތާއި ބެހޭ ބައެއް މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވުނު ބައްދަލުވުމެއް

ދުންފަތުން ލިބޭގެއްލުން އަންގާދިނު މައް ޓަކައި ގައްދޫ ސިއްޙީ މަރުކަޒުގައި ރޭ ބައްދަލު ވުމެއް ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވުނީ ދުނިޔޭގެ ދުންފަތުން އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމުގެ ގޮތުންހިންގާ ޕްރޮގުރާމުގެ ދަށުންނެވެ.  މިގޮތުން މިއަހަރުގެ ތީމް ކަމުގައިވާ "ޓުބެކޯ ފުރީ ޔޫތު" މިތީމާއި ގުޅުވައިގެން ދެޖިންސުގެ ޒުވާނުންނަށް މިބައްދަލުވުމުގައި ތަފާތު މައުލޫމާތު ދެވުނެވެ. 

 ދުނިޔޭގެ ދުންފަތުން އިސްތިޢުމާލު ނުކުރާ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް  މެއިމަހުގެ 31 ވަނަ ދުވަހެވެ.

 ގައްދޫ ސިއްހީ މަރުކަޒުން ރޭ ބޭއްވި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އެމަރުކަޒު ޑޮކްޓަރެއްކަމުގައިވާ ޑރ ދިލާނީ އާއި އާއިލާގެ އެހީތެރިޔާ އާމިނަތު ރަޝީދާ އެވެ.    

ކޮމެންޓްސް (1 ލިބިއްޖެ):

  07 September, 2008 03:39:15
avatar
ބައްދަލުވުމުގެ މުހިންމުކަމެއް ނުވިސްނޭ. އެއީ އެންމެ ބޭނުންވާ ވަގުތު ކުރަންޖެހޭ މުހިންމުކަން ނުވޭވިއްޔާ، މިކަމުގައި ސިއްޚީމަރުކަޒުގެ މެނޭޖްމަންޓް ވަރަށް ކުއްވެރިކުރަން. އަޅުގަނޑުގެ އާއިލާގެ ގިނަމީހުންނަކީ ވަރަށްގިނަ ފަހަރު އެކިކަންކަމާހުރެ ސިއްޚީމަރުކަޒުގައި އެޑްމިޓްކޮށްގެން ގިނަދުވަސްތައް އެތަނުގައި ހޭދަކޮށްފައިވާ ބަޔެއް. އެމަޖެންސީވެގެން އެމްބިޔުލާންސް ހޯދުމަށް ފޯންކުރާއިރު ތިންހަތަރު ފަހަރު ގުޅާފަ ހުންނައިރު ނޫނީ ފޯން ރިސީވް ނުކުރެވޭ އަނެއްކާ ދަންވަރުގެ ވަގުތެއްނަމަ ސިއްޚީމަރުކަޒަށް ފޯންކުރީމަ އެތަނުން އެމްބިޔުލާންސް ޑްރައިވަރު ގޭގަ ނިދަން އޮންނައިރު ތިންހަތަރު ފަހަރު ގުޅާފަ ހުންނައިރު ފޯންނެގެނީ ދެން ފުއްޖަހާލައިގެން އެގެއްކަށް ދެވޭއިރު މަރުވާ މީހަކުވިއްޔާމު އޮންނާނީ މަރުވެފައި. މިފަދަ ކިތަންމެ ކަމެއް. ދެން މީގެ ކަމަކާ ބެހޭގޮތުންވެސް ވާހަކައެއް ދައްކާއިރަށް އެ ޒާތީވީ.. ކީކޭ ބުނާނީ. އަޅުގަނޑު މިފުރުސަތުގައި ޝީޒާ އަށް ވަރަށް ޝުކުރު ދަންނަވަން. އެއީ އެއްދުވަހު އަޅުގަނޑު މަންމަ ބަލިވެގެން އެމްބިޔުލާންސް ހޯދުމަށް ކުރި ފޯންކޯލަކަށް ސިއްޚީމަރުކަޒުގެ އިސް ބޭފުޅެއްގެ ޙައިޞިއްޔަތުން ދެއްކެވި ރިވެތި ވާހަކަތަކަށް. ތަންތަނުގެ އިސް މަޤާމްތަކުގައި ބައިތިއްބަންވާނީ އެފަދަ ބޭބޭފުޅުން. (މަނިކު)

ކޮމެންޓްސް ފުނުއްވާ comment

ރޭޓިންގ އެއް ދިނުމަށް
0