ފުރަތަމަ ސަފްހާ | ސިއްހަތު | ނަރުހުންގެ ދުވަހާއި ގުޅިގެން ގައްދޫ ސިއްހީ މަރުކަޒުން ޖަލްސާއެއް ބާއްވައިފި

ނަރުހުންގެ ދުވަހާއި ގުޅިގެން ގައްދޫ ސިއްހީ މަރުކަޒުން ޖަލްސާއެއް ބާއްވައިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ޖަލްސާ އަށް ފަހު މަރުކަޒުން ހުށަހަޅައިދިން މުނިފޫހިފިލުވުމުގެ އައިޓަމް ގެ ތެރެއިން

ޖަލްސާ އަށް ފަހު މުނިފޫހިފިލުވުމުގެ އައިޓަމަކާއި ހާޒިރުވި ބޭފުޅުންނަށް ބިލެތް މީރުކޮށްލެއްވުމެއް އޮތް.

ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގައްދޫ ސިއްހީ މަރުކަޒުން ރޭ ގދ އަތޮޅުމަދަރުސާގެ ހޯލްގައި ޖަލްސާއެއް ބާއްވައިފިއެވެ.

މުހަންމަދު މުޚުތާރު ކީރިތި ގުރުއާނުގެ ބަރަކާތުން ޖަލްސާ ފައްޓަވައި ދެއްވައި އަދި ކިޔެވިދިޔަ އާޔަތްތަކުގެ ތަރުޖަމާ އިއްވަވައިދެއްވި މިޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ގައްދޫ ކަތީބު އިސްމާއީލް ޝަމީމެވެ. ޖަލްސާ ތައާރަފު ކޮށްދެއްވައި ޝުކުރު ދެންނެވީ އާއިލާގެ އެހީތެރިއެއްކަމަށްވާ އާމިނަތު ރަޝީދާ އެވެ. އެއަށްފަހު ދުވަހާއި ބެހެހޭ ގޮތުން ސިއްހީ މަރުކަޒު ހިންގެވުމާއި ހަވާލު ވެހުންނެވި އަދީލާ ރަޝީދު ވާހަކަފުޅު ދެއްކެވުން އޮތެވެ. އަދީލާގެ ވާހަކަފުޅުގައި އެހާރާއިމިހާރުގެ ނަރުހުންގެ ޚިދުމަތްތަކަށް އަލިއަޅުވައި ދެއްވަމުން، އެންމެ ފުޅިބައްތިއެއްގެ އަލީގައި އެހާބުރަކޮށް މަދު ނަރުހުންކޮޅެއް ދެއްވި މިޚިދުމަތް މިހާރު ފުޅާވެފައިވާ މިންވަރުގެ މައްޗަށް ވަރަށް ތަފްސީލުކޮށް ބައްލަވައިލެއްވިއެވެ. އަދި ނަރުހުންނަކީ ބަލިމީހަކު އައުމުން އެމީހަކަށް ފަރުވާދެއްވުމުގައި އެންމެ އިސްކަމެއްދެއްވާ އަދި ނަރުހުންގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ބަލިމީހާއަށް އޯގާތެރިވާބަޔެއްކަމާއި ކިތަންމެ ކުޑަބައްޔެއް ޖެހިގެން އަޔަސް އަދި ކިތަންމެ ނުރައްކާތެރި ބައްޔެއް ޖެހިގެން އަޔަސް އެންމެ ހެޔޮހިތުން އޯގާތެރިކަމާއެކު އެބަލިމީހާއާއި ކުރިމަތިލާކަމީ ނަރުހުންގެ ހިތްހެޔޮކަމުގެ އަލިގަދަ ދަލީލެއްކަމުގައި ވިދާޅުވިއެވެ. "ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނަރުހުންގެ ނަމުގައި ދުވަހެއް ފާހަގަކުރާކަމީ މުޅިދުނިޔެ އެބަޔަކަށްޓަކައި ފަޚުރުވެރިވާކަން ހާމަކޮށްދޭ ހެއްކެއް. މުޅި ދުނިޔެ މިހާރުވެސް ނަރުހުންގެ ޚިދުމަތަށް ބޭނުންވާކަމީ އެންމެން ދަންނަ ހަގީގަތެއް. ހަމަ އެހެންމެ އަޅުގަނޑުމެންގެ ރާއްޖެ ވެސް އިތުރު ނަރުހުންނަށް ވަނީ ނިހާޔަތަށް ބޭނުންވެފައި. ނަރުހުންނަކީ އިންސާނީ ޚިދުމަތް ދިނިމުގައި ފަރުވާތެރިވެ ޒިންމާ އުފުލާ ވަރަށް ގާބިލް ބަޔެއް." އަދީލާ ވިދާޅުވިއެވެ.

އަދީލާގެ ވާހަކަފުޅަށްފަހު ދެން އޮތީ ދެހާސް ހަވަނަ އަހަރު މާރިޗު މަހުން ފެށިގެން ދެހާސް ހަތެއް ފެބުރުއަރީގެ ނިޔަލަށް ކިރާ ބަރުދަން އެއްވަރެއްގައި ތިބި ދިހަ ކުދިންނަށް އިނާމު ހަވާކުރުމެވެ. މި އިނާމާއި ހަވާލު ކޮށްދެއްވީ ގައްދޫ ސްކޫލްގެ ސިނިއަރ އެސިސްޓެންޓް ޕރިންސިޕަލް މިސްޓަރ ފްރެދްރިކު ސޭމް އެވެ. އަދި މަރުކަޒުގެ ފަރާތުން ގައްދޫ މަރުކަޒުގައި މަސައްކަތް ކުރައްވާ ނަރުހުންނަށް ދެއްވި އިނާމުވެސް ހަވާލު ކޮށްދެއްވީ މިސްޓަރ ފްރެޑްރިކު ސޭމް އެވެ. މިއައިޓަމަށްފަހު ނަރުހުންގެ ފަރާތުން ވާހަކަ ދެއްކެވުން އޮތެވެ. މި އައިޓަމް ފުރިހަމަ ކޮށްދެއްވީ ގައްދޫ ސިއްހީ މަރުކަޒުގެ ނަރުހެއް ކަމަށްވާ އާމިނަތު އަޒީނާ އެވެ. އަޒީނާގެ ވާހަކާގައި ބަލިމީހާ އައުމުން އެންމެ ފުރަތަމަ ހިނިތުންވުމާއެކު އެބަލިމީހާ އާއި ކުރިމަތިލާބަޔަކީ ނަރުހުންކަން ހާމަކުރެއްވި އެވެ. އަދި ބަލިމީހާއަށް ދޭ ފަރުވާ އަކަށްވުރެ ބޮޑަށް ބަލިމީހާއަށް ބޭނުންވާނީ ނަރުހުންގެ އޯގާތެރިކަމާއި ހިތްހެޔޮ ކަމާއެކު މުޚާތަބުކުރެވޭ ބަސްތަކެއްކަމާއި އަދި މިއީ ބަލިމީހާ ހިތްހަމަ ޖައްސާލަދޭ އެންމެ ރަގަނޅު ހަތިޔާރުވެސްކަމަށް ވިދާޅުވިއެވެ. މިގޮތަށް ކަންތައްތައް ކޮށްދެއްވުމަށް ހުރިހާ ނަރުހުންނަށް އަޒީނާ ގޮވާލެއްވިއެވެ. އެއަށްފަހު  ބިދޭސީ ނަރުހެއްގެ ފަރާތުން މިނީ ނަމަކަށްކިޔާ ނަރުހަކު ވާހަކަދެއްކެވިއެވެ.

ޝަރަފުވެރިމެހުމާނު ގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ނަރުހުންގެ ޚިދުމަތް އުފުދުނު ގޮތާއި އެޚިދުމަތް ދެމިގެން އައިގޮތުގެ މައްޗަށެވެ. އަދި ނަރުހުންގެ ބުރަ ޒިންމާދާރު މަސައްކަތުގައި ދެމިތިއްބެވުމަށް ހުރިހާ ނަރުހުންނަށް އިލްތިމާސް ކުރެއްވެވިއެވެ. ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ހުޅުވާލި ރަފްލް ބާސްކެޓުގެ ހައްގުވެރިޔާ ގުރުއަތުން ނަންގަވައިދެއްވީ ގައްދޫ މާކަނާގެ އަޙުމަދު މަނިކު އެވެ. މި ރަފްލްބާސްކެޓުގެ ހައްގުވެރިއަކަށް ހޮވުނީ ގައްދޫ ފަހާގެ ސާނިމް އެވެ. އަދިމި ރަފްލް ބާސްކެޓް ސާނިމް އާއި ހަވާލު ކޮށްދެއްވީ ޝަރަފުވެރި މެހުމާނު ގައްދޫ ކަތީބު އިސްމާއީލް ޝަމީމު އެވެ. މިޖަލްސާ ނިމުނީ ޖަލްސާ އަށް ވަޑައިގެންނެވި ބޭފުޅުންނަށް ބޭއްވި ބިލެތްމީރުކޮށް ލެއްވުމަކާއެކު ޑާންސްގެ އައިޓަމް ތަކަކުންނެވެ.  

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (4 ލިބިއްޖެ):

  05 July, 2008 08:36:57
avatar
ހުސްދޮގު، ތީހައްތާވެސް ދޮގު، ބުހުތާން ދޮގު! ތިޔަތަނުގެ މުވައްޡަފުން، ތިޔަތަނުގެ މަސްލަހަތު ގެއްލިގެން ތިތަން ހަމައަކަށް އެޅުވުމަށް އެހެންމީހުންގެވެސް އެހީތެރިކަން ބޭނުން ކަމަށް ތިޔަމަރުކަޒުގެ އިސްމީހަކު އަޅުގަނޑަށް މަޢުލޫމާތުދިން، އެހެންވީމާ ތިޔަހެން އަމިއްލައަށް ޙުޝާމަދުނުކޮށް ކިޔުންތެރިންގެ ފާޑުތައް ވިދާޅުވުން ރަގަޅުވާނެ، މުޚުތާރުލައްވައި ޑާންސެއް ޖެއްސުނީމާ އެއީ މާމޮޅުކަމެއްކުރެވުނީތަ؟ މަ
ބަރާބަރު ސަކަރާތް
0
  09 June, 2008 06:36:57
avatar
ގައްދޫ ސިއްހީ މަރުކަޒުގެ ކުދިންނަކީ ވަރަށް ހުނަރުވެރި ގުޅިގެން މަސައްކަތް ކުރާ ވުވައްޒަފުންތަކެއް އުޅޭ ތަނެއް ކަމަށް ފާހަގަ ކުރެވޭ. ތި ގޮތުގައި ހިފަހައްޓާލާނެ ކަމަށް ހީކުރަން. ތަން ކޮޅެއް ކުރިން މިސައިޓުގައި މަރުކަޒުގެ ގެ ފަރާތުން ވަރަށް ގިނަ ކުޅިވަރުގެ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް ލިޔެފައިވޭ. އެކަންތައް މިހާރު ވީ ނިފައިބާ؟
ބަރާބަރު ސަކަރާތް
0
  08 June, 2008 01:36:33
avatar
ޙަޤީގަތުގައިވެސް ގައްދޫގެ ސިއްޙީ މަރުކަޒުގެ ނަރުހުންނަކީ ވަރަށް ހިތްހެޔޮ މުރާލި އެހާމެ ހުނަރުވެރިބައެއް. ކޮންމެކަމެއް ކުރަންޖެހުނުކަމުގައިވިޔަސް ފަހަށްޖެހޭ ބައެއްނޫން. އެހެންކަމުން މިވަގުތު ދަންނަވާލަންއޮތީ ގައްދޫ ސިއްޚީ މަރުކަޒުގެ ނަރުހުންނަށް ޝުކުރިއްޔާ އަދި އައްސަރިބަހާއި ސާބަހޭ.
- ސ -
ބަރާބަރު ސަކަރާތް
0
  08 June, 2008 12:58:08
avatar
ގައްދޫ ސިއްޚީމަރުކަޒު ހުރިހާ ސްޓާފުންގެ އެހީތެރިކަމާއިއެކު ތި ފާހަގަކުރި ނަރުހުންގެ ދުވަހުގެ ހަފްލާ ކޮށްމެއަކަސް ވަރަށް ފުރިހަމަ އެހެންނުންތޯ؟
ސާބަސް ! ސާބަސް!
ބަރާބަރު ސަކަރާތް
0
ޖުމްލަ: 4 | ތިޔަ ފެނިވަޑައިގަންނަވަނީ: 1 - 4

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ލިޔުމާއިގުޅޭ ފޮޓޯތައް
ރޭޓިންގ އެއް ދިނުމަށް
2.20