ފުރަތަމަ ސަފްހާ | ސިއްހަތު | ނަރުހުންގެ ދުވަހަށް ގައްދޫ ސިއްހީ މަރުކަޒުން ތައްޔާރުވަނީ.

ނަރުހުންގެ ދުވަހަށް ގައްދޫ ސިއްހީ މަރުކަޒުން ތައްޔާރުވަނީ.

ފޮންޓް ސައިޒް: Decrease font Enlarge font
image

ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ޕޮރްގުރާމްތަކަށް ގައްދޫ ސިއްހީ މަރުކަޒުން ތައްޔާރު ވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މިގޮތުން އެދުވަހާއި ގުޅިގެން ތަފާތު ގިނަ ޕޮރްގުރާމްތަށް ހިންގާގޮތަށް ރޭވިފައިވާކަމަށް ސިއްހީ މަރުކަޒުން ގައްދޫ ޑޮޓް ކޮމް އަށް މައުލޫމާތު ދެއްވިއެވެ. މިދުވަހާއި ގުޅިގެން ބޭއްވޭ އެންމެ ޚާއްސަ އައިޓަމަކީ އެދުވަހު ބާއްވާ ޚާއްސަ ޖަލްސާއެވެ. އޭގެފަހުގައި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ހަރަކާތްތައް ކުރިޔަށްދާނެއެވެ. މި ހަރަކާތްތައް ފެށޭނީ ނަރުހުންގެ ދުވަހަށް ޚާއްސަ ކުރެވިފައިވާ ކޭކެއް ފެޅުމުންނެވެ. އޭގެ ފަހުގައި ސްކޫލް ގްރޭޑް 8،9،10 ގެ ދަރިވަރުންނަށް ނާސިންގ ކެރިއާ އާއި ބެހޭގޮތުން އެވެޔާނަސް ޕޮރްގުރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި 12/05/2008 ދުވަހު އުފަންވާ ކުދީންނަށް ހަދިޔާބެހުމުގެ އިތުރުން ތަފާތު ކުޅިވަރު ހަރަކާތްތައްވެސް ރޭވިފައިވެއެވެ. މިގޮތަށް ރޭވިފައިވާ ކުޅިވަރު އައިޓަމްތަކަކީ' ވޮލީ' ފައިގަތަޅާ' ވާދެމުން' ހޭވައްލާ' އަދި އޮބްސްޓަކަލް ރޭހެވެ. ކުޅިވަރު ކުޅޭނެ ގޮތް އިތުރަށް ތަފްސީލް ކޮށް ދެއްވަމުން މަރުކަޒުން ހާމަކުރެއްވީ، ވޮލީ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ސްކޫލް ޓީމަކާއި މަރުރުކަޒުގެ ޓީމަކާ ދެމެދުގައެވެ. އަދި ފައިގަ ތަޅާ އާއި ވާދެމުން ކުރިޔަށް ގެންދާނީ އެންސީޑީ ކުލިނިކާއި މަރުކަޒާއި ގުޅިގެންކަމަށެވެ. އަދި ހޭވައްލާގެ ބައިވެރީންނަކީ ރަށުތެރެއިން ހޮވާލެވޭ ދެ ޓީމު އެވެ. އޮބްސްޓަކަލް' ރޭހުގައި ބައިވެރިވާނީ ލޭމަތި މީހުންނާއި އަދި ހަކުރުބަލީގެ މީހުންނެވެ. ތިންދުވަހަށް ދިގުދެމިގެންދާ މި ޕޮރްގުރާމް ނިންމާލާނީ ގޭގައި ތިބޭ ބަލިމީހުންނަށް ނަރުހުން ޒިޔާރަތްކުރުމަކުންނެވެ.

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.00