ބޭވަފާތްތެރިކަން: ފިރިހެނުން ގެ ނަޒަރިއްޔާތުން
އެކަކު އަނެކަކަށް ބޭވަފާތްތެރި ވުމުގެ ސަބަބުން ގިނަ އާއިލާ ތަކެއް ދަނީ ރޫޅެމުން
21 ވަނަ ގަރުނާއި ދުނިޔެ ބައްދަލުކުރުމުގައި ތަޖްރިބާ ކުރަން ޖެހުނު ކަންތައް ތަކުގެ ތެރޭގައި އެކަކު އަނެކަކަށް ބޭވަފާތްތެރި ވުމުގެ ދާއިރާގައި އަންހެނުން ނާއި ފިރިހެނުން ހަމަ ހަމަކަމަށް ބެލެވިގެން ދިޔައެވެ. ދުވަސްކޮޅެއް ކުރީގައި މިމައްސަލައަކީ މައިގަނޑު ގޮތެއްގައި ފިރިހެނުންގެ ފަރާތުން ދިމާވާ ކަމެއްކަމަށް ބެލެވިފައި ވިޔަސް މިހާރު މިކަމަކީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ދާދި ހަމަހަމަ ގޮތެއްގައި ކުރަމުން އަންނަ ކަމެކެވެ. 2008 ވަނަ އަހަރު އެމެރިކާގައި ނެގި ޚިޔާލު ހޯދުމަކުން ދައްކާ ގޮތުގައި ކައިވެނީގެ ފުރަތަމަ 5 އަހަރުގެ ތެރޭގައި ފިރިމީހާ އަށް ބޭ ވަފާތްތެރިވާ ކަމަށް ބެލެވޭ އަންހެނުން ގެ އަދަދު ފިރިހެނުންނަށް ވުރެ 2 ގުނަ ގިނައެވެ.
މުޖްތަމައުގެ ފަރުދުން ދެކޭގޮތުގައި އާންމު ގޮތެއްގައި ކައިވެނި ކުރުމަށްފަހު އޭނާގެ ބައިވެރިއާ އަށް ބޭވަފާތްތެރިވާ ކަމަށް ބޮޑަށް އަޑުފެތުރިފައިވަނީ ފިރިހެނުން ކަމަށް ވުމުގެ ސަބަބުން ހުރިހާ އަނިޔާތަކެއް ތަހައްމަލް ކޮށް އެކަމުގެ ޝިކާރައަކަށް ވެގެންދަނީ އަނބިމީހާ ކަމަށް ގަބޫލު ކުރެވިފައި ވެއެވެ. އެމީހުންގެ ފިރިންނަށް ކުރަމުން އައި އިތުބާރު ފިރިމީހާ ފުނޑުފުޑު ކޮށްލީއެވެ.މި ގޮތަށް މުޖުތަމައުގެ ގިނަ ފަރުދުން ގަބޫލު ކުރިކަމުގައި ވިޔަސް އަނބިން ފިރިންނަށް ވެވޭ ބޭވަފާތްތެރިކަން އާންމު ގޮތެއްގައި ނޭނގޭ މައިގަނޑު ސަބަބީ ފިރިހެނުންނަކީ އެމީހުންގެ އިހްސާސްތައް އެހެންފަރާތްތަކާއި ހިއްސާ ކުރުމަށް ބޭނުން ނުވާ ބައެއް ކަމަށް ވުމެވެ. އެހެން ކަމުން މި ފަދަ މައްސަލަތައް ގިނަ ފަހަރަށް އޮންނަނީ މާކަ ގިނަ ބައަކަށް އެނގޭ ގޮތްނުވެފައެވެ. ގިނަ ފިރިހެނުން މި ކަން ހިތުގެ އަޑިގައި ފޮރުވުމަށްފަހު އެކަމަކީ އެމީހުންގެ ޝަޚްސިއްޔަތުގައި ލެވިފައިވާ ޒަޚަމެއްގެ ގޮތުގައި ބާއްވައެވެ.
މިފަދަ ހާދިސާ އެއް ހިނގުމަށްފަހު އެކަމުގެ ސަބަބު ތަކާއި ބެހޭ ގޮތުން އަންހެންމީހާ އޭނާގެ ފިރިމީހާގެ ގާތުގައި ވާހަކަ ދެއްކަން ބޭނުންވި ކަމުގައި ވީނަމަވެސް ފިރިހެނުން އެވާހަކަ އިތުރަށް ދައްކާ ކަށް ބޭނުމެއް ނުވެއެވެ. އަދި އަނބިމީހާގެ ބަދަލުގައި އެކަން ގާތް އެހެން ރައްޓެއްސަކާއި އެކުވެސް ހިއްސާ ކޮށްލުމަށް ބޭނުމެއް ނުވެއެވެ. މިހެން ކަންތައް ދިމާވުމުން ފިރިމީހާއަކީ ފޭލްވެފައިވާމީހެއް ކަމުގެ އިހްސާސް އަމިއްލަ އަށް ލިބިގަނެއެވެ. މި ބޭވަފާތްތެރިކަން އޭނާގެ ދިރިއުޅުމުގެ ކުރިހާ ކަމަކަށްވެސް އަސަރު ފޯރުވައެވެ. އާއިލާ ބެލެހެއްޓުމުގެ ޒިންމާދާރު މީހެއްގެ ގޮތުންނާއި، ފިރިއެއްގެ ގޮތުންނާއި، ބައްޕައެއްގެ ގޮތުންނާއި އަދި ވަކިން ޚާއްސަކޮށް ލޯބިވެރިއެއްގެ ގޮތުގައި ދިރިއުޅުމާއިގެން ކުރިއަށް ދިޔުމައްޓަކައި ފޫހިވާ ގޮތްވެއެވެ. މި މާޔޫސް ކަމަކީ ހަގީގަތުގައި ވެސް ފިރިހެނުންނަށް ދިމާވާނެ މައްސަލައެކެވެ.
ބޭވަފާތްތެރި ކައިވެންޏެއްގެ އިތުރަށް ދިރިއުޅުމުގެ އެހެނިހެން ކަންތަކާއިވެސް ފިރިމީހާ އިތުރަށް ވިސްނަންޖެހެއެވެ. އޭގެ ތެރޭގައި ކުދިންނާއި، ވަރިވުން ހިމެނެއެވެ. " އަހަރެންގެ އަނބިމީހާ އަހަރެންގެ ކައިރީގައި ހިލޭފިރިހެނަކާއި ގުޅުން ބާއްވަމުންދާތާ 1 އަހަރު ވެއްޖެ ކަމަށް ބުނި ވަގުތު އަހަރެން ވަގުތުން ބޭނުންވީ އޭނާ ވަރިކޮށްލާފައި ދާން. އެކަމަކު ދެން އަހަންނަށް ވިސްނުނީ އަހަރެންގެ ދަރިންގެ މަތިން. އަހަންނަކަށް ނުދެވުނު. އަހަރެންގެ ދަރިންނާއި ވަކިވާންޖެހޭނެތީ." މި ތަޖްރިބާ އިހްސާސް ކޮށްފައިވާ ފިރިހެނަކު ބުންޏެވެ.
ބޭވަފާތްތެރި ވެފައިވާ ފިރިހެނަކާއި އެކީ އަލުން އަންހެނަކަށް ދިރިއުޅުން ފަށައިގަނެވި، ދެމަފިރި ކަމުގެ ގުޅުންތައް ކުރިއަށް ގެންދިޔުމަށް ބޭނުންވި ކަމުގައި ވިޔަސް މިކަމަކީ ފިރިހެނުންނަށް ވަރަށް އުނދަގޫ މައްސަލައެކެވެ. "އެހެން ފިރިހެނެއްގެ އަންހެނަކަށް" ތިމާގެ އަނބިމީހާ ވެފައިވާކަން ގަބޫލްކުރުމަކީ ފިރިހެނުންގެ ޒަމީރު ގަބޫލު ކުރާކަމެއް ނޫނެވެ.
ފިރިހެނުންނަށް ދިމާވެފައިވާ މިފަދަ ދަތި އުނދަގޫ މައްސަލަތަކަށް ފަރުވާދިނުމަށްޓަކައި ކައުންސިލިންގ ދޭފަރާތްތައް މިހާރު ގާއިމްވެފައި އެބަ ހުއްޓެވެ. އެހެންކަމުން ބޭވަފާތްތެރިވުމުގެ ހިތިކަން އިހްސާސް ކުރަން ޖެހިފައިވާ ފަރާތްތަކަށް ލިބިފައިވާ ޒަޚަމް ތައް ފިލުވާލުމަށްޓަކައި ކައުންސިލިންގ އާއި ވަގުތަކީ އެންމެ މުހިއްމު ދޭއްޗެވެ.



ކޮމެންޓްސް ފުނުއްވާ