ފުރަތަމަ ސަފްހާ | ޚަބަރު | ގައްދުއާއި ގެމަނަފުށީ ސީއެފުން ގުޅިގެން ގެމަނަފުށީގައި ކުޑަކުދިންގެ ހަވީރެއް ބާއްވާއިފި

ގައްދުއާއި ގެމަނަފުށީ ސީއެފުން ގުޅިގެން ގެމަނަފުށީގައި ކުޑަކުދިންގެ ހަވީރެއް ބާއްވާއިފި

ފޮންޓް ސައިޒް: Decrease font Enlarge font
image ޕްރިސްކޫލް ކުދިން ކޮޅެއް އައިޓަމެއް ހުށަހަޅައިދެނީ

މިއީ ދެރަށުގެ ސީއެފުންނާއި އެސްއެފުން އެއްތާކުން ބައްދަލުވެ ގުޅުން ބަދަހިކުރުމަށް އެޅުނު ވަރަށް މުހިންމު ދަތުރެއް

ގައްދޫ އާއި ގެމަނަފުށީ ސީއެފުން ގުޅިގެން ގެމަނަފުށީ ސްކޫލްގައި ކުޑަކުދިންގެ ހަވީރެއް ބާއްވާފިއެވެ. މި ހަވީރުގައި ގައްދޫގެ  ދެ ޕްރީ ސްކޫލްގެ ދަރިވަރުންގެ އިތުރުން  ގެމަނަފުށީގެ ޕްރީ ސްކޫލް ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރި ވެލެއްވިއެވެ. މިއަދު ހެނދުނު 7:30 ހާކަންހާއިރުގައި ގައްދޫގެ ސީއެފުންނާއި އެސް އެފުން،  އަދި ޕްރީ ސްކޫލްގެ ކުދިން ގެމަނަފުށްޓަށް ޒިޔާރަތް ކުރުމުން ގެމަނަފުށީގެ ރައްޔިތުން ވަނީ މިބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގައްދޫގެ ކުދިންނަށް މަރުހަބާ ކިޔުމަށްޓަކާ ގެމަނަފުށީގެ ސްކޫލްގެ ހުރިހާ މުއައްޒަފުންނާއި، ސީއެފުން، އަދި އެސް އެފުންގެ އިތުރުން ބެލެނިވެރިން ނާއި ގިނަ އަދަދެއްގެ ފިރިހެނުން ބައިވެރި ވިއެވެ. 

ދަތުރުގައި ވަޑައިގެންނެވި މެހުމާނުންނަށް މަރުހަބާ ކިޔުމަށްފަހު ގައްދޫގެ ޕްރީ ސްކޫލްގެ ކުދިންނާއި ހަވާލުވީ ގެމަނަފުށީ ޕްރީސްކޫލްގެ ދަރިވަރުންނެވެ. ހެނދުނުގެ ސަޔަށްފަހު ރަށުތެރެ ބަލާލުމަށްޓަކައި ހިނގާލުމެއް ބޭއްވުނެވެ. މިހިގާލުމުގައި ގައްދޫ އާއި ގެމަނަފުށީގެ ޒަމާންވީ އެކުވެރިކަމާއި ގުޅުންތެރިކަން ގެމަނަފުށީ ބެލެނިވެރިން ގެ ޝުއޫރުތަކުންފާޅުކުރަމުންދިޔައެވެ. "މިއީ އަހަރުމެންގެ ދަރިން. މިކުޑަދަރިންނަށް މިއަދު އިހުތިރާމް ކުރަންޖެހޭ. އެއީ އަހަރުމެންގެ ދަރިންވެސް ގައްދޫގައި ތިބި ދުވަސްވަރު ގައްދޫގެ ރައްޔިތުންގެ ފަރާތުން އެކުދިންނަށް ލިބުނީ ވަރަށްވެސް ހިތްހަމަޖެހޭފަދަ ލޯތްބަކާއި އެހީތެރިކަމެއް." ގެމަނަފުށީގެ ބެލެނިވެރިއަކު އޭނާގެ ޝުއޫރު ފާޅުކުރަމުން ވިދާޅުވިއެވެ. ހަވީރު  03:50 ގައިފެށުނު މި ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތަކުގައި ތަފާތު ގިނަކުޅިވަރު އައިޓަމްތައް ހިމެނުނެވެ. މިއައިޓަމް ތަކުގެތެރޭގައި ފޭސް ޕެއިންޓިންގ،  ފުއްޕާހަންފެޅުން،  ފައިގަތަޅާ،  ކުޑަކުދިންގެ ދުވުން،  ދެރަށުގެ ކުދިންގެ ސްޓޭޖް ޑާންސް ފަދަ ކުޅިވަރުތަކުގެ އިތުރުން އެކުދިންގެ ހުނަރު ދައްކާލުމުގެ ތަފާތު ހަރަކާތްތައް ބޭއްވުނެވެ.

"މިއީ އަދި އަޅުގަނޑުމެންގެ ފެށުން. ހަގީގަތުގައި މިދަތުރަކީ މިދެރަށުގެ ހުރިހާ ސީއެފުންނާއި އެސްއެފުން އެއްތާކުން ބައްދަލުވެ، އެއްބަޔަކު އަނެއްބަޔަކަށް ތައާރަފުވެ، ގުޅުންއުފެއްދުން. ހުރިހާ ސީއެފުންގެ މެދުގައި އޮންނަންޖެހެނީ ވަރަށް ގާތްގުޅުމެއް. އަޅުގަނޑުމެންގެ އެންމެންނަކީ އެއްމަގުސަދެއް ހާސިލްކުރުމަށް މަސައްކަތް ކުރާބައެއް. މިމަގުސަދު ހާސިލް ކުރުމަށްޓަކައި ގިނަ ސީއެފުންނާއި ގުޅުންތެރިކަން އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް." ގައްދޫ އިން މިދަތުރުގައި އިސްކޮށް ހަރަކާތްތެރިވި އަލީ މުނީރު ބުނުއްވިއެވެ. އަދި މިދަތުރުގައި ގައްދޫ އިން  ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް ގެމަނަފުށީ ސްކޫލްގެ މުއައްޒަފުންނާއި ރައްޔިތުން ދެއްވި އެއްބާރުލުމާއި މެހުމާންދާރީ އަށްޓަކައި އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމުގައިވެސް މުނީރު ވިދާޅުވިއެވެ. ގެމަނަފުއްޓާއި ގައްދު އަކީ ޒަމާނުއްސުރެންފެށިގެން ވަރަށް ގާތް އެކުވެރި ގުޅުންތަކެއް ގާއިމް ވެފައިވާ ދެރަށެވެ.

 

ކޮމެންޓް ފީޑް އަށް ސަބްސްކްރައިބް ކުރައްވާ. ކޮމެންޓްސް (0 ލިބިއްޖެ):

ޖުމްލަ: | ތިޔަ ފެނިވަޑައިގަންނަވަނީ:

ކޮމެންޓްސް ފުނުއްވާ comment

  • email ރަށްޓެއްސަކަށް އީމެއިލް ކުރުމަށް
  • print ޕްރިންޓް ކުރުމަށް
  • Plain text ހަމަ އެކަނި ޓެކްސްޓް
ޓެގްސް
ރޭޓިންގ އެއް ދިނުމަށް
4.00